އިންޑިއަން ވެލްސް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 12) - ފަހަތުން އަަރައި ދުނިޔޭގެ ދެ ވަނަ ޓެނިސް ކުޅުންތެރިޔާ، އަރީނާ ސަބަލެންކާ ބަލިކޮށް ރަޝިއާގެ މީރާ އަންޑްރީވާ ޖެހިޖެހިގެން 11 ވަނަ މޮޅު ހޯދައިފި އެވެ.
މި އަހަރުގެ ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް ތަށި އުފުލާލި 19 އަހަރުގެ އަންޑްރީވާ ވަނީ ސަބަލެންކާ އަތުން ހޯދި މޮޅާ އެކު، ޑަބްލިއުޓީއޭ ފައިނަލްސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފުރަަަތަމަ ސެޓުގައި، 4-1 އިން ފަހަތުގައި އޮތް އަންޑްރީވާ ވަނީ ސަބަލެންކާ ކައިރީގައި ނަތީޖާ އަނބުރާލަން މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގްރޭންޑް ސްލޭމް ހަތަރު ޓެނިސް މުބާރާތުގެ ތަށި ހޯދާފައިވާ ސަބަލެންކާގެ މައްޗަށް އަންޑްރީވާ ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ 6-4، 6-0 އިންނެވެ. އެކަމަކު، މެޗަށް ފަހު، އަންޑްރީވާ ވަނީ އޭނާ އަށް ފުރިހަމަ ކްރެޑިޓް ނެގުމުގެ ބަދަލުގައި ސަބަލެންކާ އަށް ވެސް ތައުރީފުކޮށްފަ އެވެ.
"އަހަރެން ތެދަށް މި ބުނަނީ. އަހަންނަށް ފެންނަ ގޮތުގައި އަރީނާ (ސަބަލެންކާ) އަށް މިއީ އެންމެ ރަނގަޅު ދުވަހެއް ނޫން،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އަންޑްރީވާ ބުންޏެވެ.
"އަހަންނަށް ފެންނަ ގޮތުގައި މިއަދު ހުރިހާ ކްރެޑިޓެއް އަހަންނަށް ނެގެން ނެތް. އަހަންނަށް މި ކަހަލަ ދުވަސް ފެންނަނީ ހުރިހާ ކަމެއް އިންސާފުން ހަމަހަމަކޮށް ކަންކަން އޮތްގޮތަކަށް ނޫން،"
އެ ވާހަކަތައް ފާހަަގަކޮށް އަންޑްރީވާ ބުނީ، މި މެޗުން މޮޅުވުމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށާއި މެޗުން މޮޅުވުމުގެ އަމާޒުގައި އަމިއްލަ ނަފްސަށްޓަކައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހުމުގެ އިތުރުން ފަހުރުވެރިވާ ކަމަށެެވެ.







