ޒްވެރެވް، 35 އަހަރަށް ފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

Oct 30, 2026, 8:20 PM
ޖަރުމަނުގެ ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް.

ޖަރުމަނުގެ ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް.

ވިއޭނާ، އޮސްޓްރިއާ (އޮކްޓޫބަރު 30) - ޖަރުމަނުގެ ޓެނިސް ތަރި، އަލެކްސަންޑަ ޒްވެރެވް، ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ކަށަވަރުކޮށް ޖަރުމަނުގެ ޓެނިސް ތާރީހު ބަދަލުކޮށްލައިފި އެވެ. 

މި މަހު ކުރީކޮޅުގައި، ޗައިނާގައި ކުރިއަށްދިޔަ، ޝަންހާއީ މާސްޓާސްގެ ދެ ވަނަ ބުރުން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިވުމާ އެކު، ޒްވެރެވް އަށް މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއް ވަނަ ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފަ އެެވެ.

ވިއޭނާގައި މިހާރު ކުރިއަށްދާ، އޭސްޓް ބޭންކް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ޒްވެރެވް ޖާގަ ހޯދުމާ އެކު، ޓެނިސް ރޭންކިން އެއް ވަނަ އަށް އަރަން ލިބުނު އެންމެ އަވަސް ފުރުސަތުގެ ބޭނުން ވަނީ ހިފައިފަ އެވެ. ކުއާޓާ ފައިނަލުން، ޒްވެރެވް ޖާގަ ހޯދީ، ޓަލޯން ގްރިއެޖްސްޕޫރް އަތުން 6-4، 7-5 އިން މޮޅުވެގެންނެވެ. 

އުމުރުން، 29 އަހަރުގެ ޒްވެރެވް އަކީ ޓެނިސް ރޭންކިން އެއް ވަނަ އަށް މިދިޔަ 35 އަހަރު ތެރޭގައި ޖެހިލި ޖަރުމަނުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ޓެނިސް ރޭންކިންގެ އެއް ވަނަ އަށް ޖެހިލި ޖަރުމަނުގެ ހަމައެކަނި ކުޅުންތެރިއަކީ، 1991 ވަނަ އަހަރު އެ މަގާމަށް ޖެހިލި، ބޮރިސް ބެކާ އެވެ. 

ޖަރުމަނުގެ ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް.
ޖަރުމަނުގެ ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް.

ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް ދިއުމަށްޓަކައި، ޒްވެރެވް ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި ކުޅުނު 80 މެޗުން 64 މެޗުން މޮޅުވެފަ އެވެ. އަދި، ގްރޭންޑް ސްލޭމް ޓެނިސް ދެ މުބާރާތް ކާމިޔާބުކުރި އެވެ. އެއީ، ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަން އެވެ. 

"ހަޔާތުގެ އެންމެ ބޮޑު އުފާވެރިކަން ހާސިލްކުރުމުގެ ދަތުރުގައި ވަރަށް ދުވަސް ހޭދަވެއްޖެ. ވަރަށް އުފަލުން މި ހުރީ. އެއްވެސް ވަރަކަށް މި އިހުސާސެއް ލަފްޒުތަކަކުން ބަޔާނެއް ނުކުރެވޭނެ،" ޓެނިސް ރޭންކިން އެއް ވަނަ އަށް އަލަށް އެރި ދެ ވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ، ޒްވެރެވް ބުންޏެވެ. 

މި ވަގުތަށް ބަލާއިރު، ޓެނިސް ރޭންކިންގެ އެއް ވަނައިގައި އޮތް ޒްވެރެވް އާއި އިޓަލީގެ ޖަނިކް ސިނާ އަށް ވަނީ 9450 ޕޮއިންޓް ލިބިފަ އެވެ. ޒްވެރެވް ދެން ކުޅޭ މެޗުން ލިބޭ ޕޮއިންޓްތަކާ އެކު، އެއް ވަނައިގައި ލީޑެއް ލިބޭނެ އެވެ. 

މީގެ ހަަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ފްރެންްޗް އޯޕަންގައި ކަކުލަށް ސީރިއަސް އަނިޔާއެއްވީ ނަމަވެސް އަލުން އެނބުރި އައިސް ޒްވެރެވް ފެންނަނީ ވަރުގަދަކޮށެވެ. އަދި، މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން، ޒްވެރެވް އައީ ފޯމު ރަނގަޅު ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

Newsletter

Get the latest news delivered straight to your inbox