ބޯހިޔާވަހިކަމަށް އަޅާ ފްލެޓްތައް ދިގު މުއްދަތަށް ބޭރު މީހުންނަށް ދަނީ ދެމުން: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ވިދާޅުވީ ބޭރު މީހުންނަށް ދިގު މުއްދަތަށް ފްލެޓް ދެމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް -- ފޮޓޯ: މަޖިލިސް

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ވިދާޅުވީ ބޭރު މީހުންނަށް ދިގު މުއްދަތަށް ފްލެޓް ދެމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް -- ފޮޓޯ: މަޖިލިސް

ބޯހިޔާވަހިކަމަށް އަޅާ ފްލެޓްތައް ދިވެހި ރައްޔިތުންނަށް ނުވިއްކާ ދިގު މުއްދަތަށް ބޭރު މީހުންނަށް ކުއްޔަށް ދެމުން އަންނަ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމްހީދު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި އަޅަމުންދާ އިމާރާތްތައް އެއްކޮށްކަހަލަ ގޮތަކަށް ބޭރު މީހުންނަށް ކުއްޔަށް ދެމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. 

"އަޅުގަނޑު ކަންބޮޑުވޭ މިއަދު އަދި އެހެން ގޮތަކަށްވެސް ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅުންހުރި އަޅާ ފްލެޓްތައް ބޭރު މީހުން އެބަ މިލްކު ކުރޭ. މިލްކު ކުރުމުގެ މާނައަކީ ދިގު މުއްދަތަށް އެބޭފުޅުން ކުއްޔަށް މި ނަގަނީ. މިހާރު ހުޅުމާލޭގައި އަޅާ ބައެއް ކޮންޑަމީނިއަމް އެއްކޮށް ކަހަލަ ގޮތަކަށް ބޭރުގެ ފަރާތްތަކަށް މިދެނީ ކުލީގެ މުއްދަތު އެއްކޮށް ވިއްކާލަނީ،" ޝަމްހީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފްލެޓްތައް ބޭރު މީހުންނަށް ކުއްޔަށް ދިނުމާއެކު އެތަނުގައި ބޭރު މީހުން ދިރިއުޅެން އައުމާއެކު ގާނޫނީގޮތުން ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމަށާއި އެކަމުގައި ކޮޅެއް މެދެއް ވެސް ނުފެންނަ ކަމަށެވެ. 

"އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އަޅާ ފްލެޓްތަކެއް. ރައްޔިތުންނަށް ނުވިއްކާ ކުލީގެ އެއްބަސްވުމެއްގެ ދަށުން ބޭރު މީހުންނަަށް ދޭ ކަހަލަ މައުލޫމާތެއް އަޅުގަނޑަށް ލިބިފައި އެބަހުރި. ބައެއް ކޮންޑަމީނިއަމްއާ، އިމާރާތް ހުރިގޮތަށް ކުއްޔަށް ދީފައި ހުރީ. މިތަންތަނުގައި ދިރިއުޅެން އަންނަ ބައެއް ވެސް މިއީ ގާނޫނީގޮތުން އެއްވެސް ކޮޅެއް މެދެއް ނޭނގޭ ކަންކަން،" ޝަމްހީދު ވިދާޅުވި އެވެ.

ނ. އަތޮޅުގައި ތަރައްގީކުރާ އައިލާ ޓައުންޝިޕް މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް ހުސްނުވާ 99 އަހަރަށް ވިއްކަން އެބަހުރިކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ ރަސްމާލެއިން އެއްބައި ވިއްކާލުމުން އެތަނުން ވިއްކާ ޕްރޮޕަޓީތަކަށްވެސް ހިނގާނީ އެ އުސޫލުކަމުން އެ ދެ މަޝްރޫއާ ދެކޮޅު ހަދަން ޖެހޭ ކަމަށެވެ. 

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، 1،153 ހެކްޓަރުގެ ރަސްމާލޭގެ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއާ ހަވާލުކުރަނީ 99 އަހަރަށެވެ. އެކަމަކު އެ ބިމުގައި އެ ކުންފުނިން ތަރައްގީކުރާ ތަންތަން ގަންނަ ބަޔަކަށް ލިބެނީ ތާއަބަދަށް ކަމަށް ރިއަލް އެސްޓޭޓު ވިޔަފާރި ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox