ހައުސިން މިނިސްޓްރީގެ މަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ

މަޖިލިސް މެންބަރުންގެ ސުވާލުތަކަކަށް މުއްތަލިބު ޖަވާބުދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

މަޖިލިސް މެންބަރުންގެ ސުވާލުތަކަކަށް މުއްތަލިބު ޖަވާބުދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ފަށާފައިވާ މަޝްރޫއުތައް އެއްކޮށް ނިންމުމަށްޓަކައި ޖުމުލަ 58 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށް ލަފާ ކުރެވޭ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު އެހެން ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދި ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުގަ އެވެ.

ޝަމްހީދު ސުވާލު ކުރެއްވީ ހައުސިން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ބޭނުންވާނެކަމަށް ލަފާކުރާ ޖުމުލަ ބަޖެޓަކީ ކޮބައިތޯ އާއި އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ ކިހައިވަރެއްގެ ފައިސާއެއްތޯ އެވެ.

Advertisement

އެ ސުވާލުގެ ޖަވާބުގައި މުއްތަލިބު މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނީ އެ މިނިސްޓްރީން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރެއް ނޭނގޭ ކަމަށް އެ ސިޓީަގައި ބުންޏެވެ.

"މަޝްރޫއުތައް ނިންމުމަށްޓަކައި ހޭދަވާނެކަމަށް ލަފާކުރެވޭ ބަޖެޓު 58،831،473،267ރ.، 2026 ވަނަ އަހަރުގެ މަޝްރޫއުތައް ހިންގަން ހަމަޖައްސާފައި ވަނީ ޕްރޮގްރާމް ބަޖެޓެކެވެ، މި ގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓު ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން،" ހައުސިންއިން ބުންޏެވެ.

"ވުމާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވޭ."

މި އަހަރު ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ހަރަދުވާނެ މިންވަރު ނޭނގޭ ކަމަށް މުއްތަލިބު ވިދާޅުވިއިރު، މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެނގޭނެހެން ބަޖެޓުގައި ހިމަނާފައި ނެތުމުން މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ވެސް އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރޭ ބޭއްވި އަހާ ފޯރަމްގައި ފިނޭންސް މިނިސްޓަރު ވަނީ 1273 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ވަގުތުން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox