މިފްކޯއިން ރީޓެއިލްކޮށް މަސްދަޅު ވިއްކާ މިންވަރު ލިމިޓުކޮށްފި

މިފްކޯއިން ވިއްކާ މަސްދަޅު: މަސްދަޅު ކޭސް ވިއްކާ މިންވަރު ވަނީ ލިމިޓްކޮށްފައި -- ފޮޓޯ: އަދަދު

މިފްކޯއިން ވިއްކާ މަސްދަޅު: މަސްދަޅު ކޭސް ވިއްކާ މިންވަރު ވަނީ ލިމިޓްކޮށްފައި -- ފޮޓޯ: އަދަދު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރީޓެއިލްކޮށް މަސްދަޅު ވިއްކާ މިއްވަރު ލިމިޓްކޮށްފި އެވެ. 

މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޝިފްޒާ މުސްތަފާ އަދަދު އަށް ވިދާޅުވީ މިފްކޯއިން ރީޓެއިލްކޮށް މަސްދަޅު ވިއްކާ މިންވަރު ލިމިޓްކުރުމުގެ ގޮތުން މީހަކަށް މަސްދަޅު ކޭހެއް ވިއްކަމުންދާތާ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށެވެ. 

މަސްދަޅު ވިއްކާ މިންވަރު ލިމިޓްކުރީ ރޯދަ މަސް ބޯމަތިވަމުން އަންނަ މި ދަނޑިވަޅުގައި ސްޓޮކް މަދުނުވެ އެންމެންނަށް މަސްދަޅު ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ޝިފްޒާ ވިދާޅުވި އެވެ. 

""ކޮންމެވެސް ވަރެއްގެ ކުޑަ ކޮންޓްރޯލެއް މިދުވަސްވަރު އެބަ ގެންނަން. އެއީ އާންމުކޮށްވެސް ރޯދަ މަހާ ދިމާކޮށް ވަރަށް ޑިމާންޑު ބޮޑު. ހޯލްސޭލް ކަސްޓަމަރުންވެސް ފުދޭވަރަކަށް ގިނައިން ނަގާ. ރީޓެއިލް ކަސްޓަމާސްވެސް އާންމު އެހެން މަސްމަހު ބޭނުންކުރާ ވަރަށްވުރެ ގާތްކޮށްފައި ނަގާވަރު ގިނަ. ކޮންޓްރޯލެއް ނެތި ދޫކޮށްފިނަމަ އެއްކޮށް ހުސްވެދާނެކަމުގެ ބިރު އަބަދުވެސް އޮވޭ. ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރަންވެގެން ކުޑަކުޑަކޮށް ލިމިޓެއް މިގެންގުޅެނީ،" އޭނާ ވިދާޅުވި އެވެ. 

ރީޓެއިލްކޮށް މަސްދަޅު ވިއްކާ މިންވަރަށް މިފްކޯއިން ލިމިޓެއް ގެނައި ނަމަވެސް، ހޯލްސޭލްކޮށް މަސްދަޅު ވިއްކަމުންދާ މިންވަރަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްދަޅު ލިމިޓް ކުރިން އޮތް ގޮތަށް ބަދަލުކުރާނެ ކަމަށާއި މިއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

މިފްކޯގެ ހަރުތަކުގައި ފަހަކަށް އައިސް ކުރިން އަބަދު ލިބޭ މިންވަރަށް ސާމާނު ނުހުންނަކަން ފާހަގަކުރެވެ އެވެ. އެގޮތުން ބައެއް ބާވަތްތަކުގެ މަސްދަޅުވެސް ލިބެން ނުހުންނަކަން ފާހަގަކުރެވެ އެވެ. 

އަންނަ ފެބްރުއަރީ މަހު ރޯދަ މަސް ފެށޭއިރު، ކޮންމެ ރޯދަ މަހަކަށް ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ދަނީ ހަދިޔާކުރަމުންނެވެ. ނަމަވެސް އަންނަ ރޯދަ މަހު ރޯދަ ހަދިޔާއަށް ސަރުކާރުން މަސްދަޅު ކޭސް ދޭކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox