މިފްކޯއަށް ގަންނަ ކަޅުބިލަމަހުގެ އަގު 21ރ. އަށް ބޮޑުކޮށްފި

މިފްކޯއަށް ބޮޑު ކަންނެލި ގަތުން: އެ ކުންފުންޏަށް ކަޅުބިލަމަސް ގަންނަ އަގު 21ރ. އަށް ވަނީ ބޮޑުކޮށްފައި -- ފޮޓޯ: މިފްކޯ

މިފްކޯއަށް ބޮޑު ކަންނެލި ގަތުން: އެ ކުންފުންޏަށް ކަޅުބިލަމަސް ގަންނަ އަގު 21ރ. އަށް ވަނީ ބޮޑުކޮށްފައި -- ފޮޓޯ: މިފްކޯ

ޑިމާންޑް އެންޑް ސަޕްލައިއަށް ރިއާޔަތްކޮށް މިފްކޯއަށް ގަންނަ ކަޅުބިލަމަހުގެ ކިލޯއެއްގެ އަގު 21ރ. އަށް ބޮޑުކޮށްފި އެވެ. 

މިފްކޯއިން ބުނީ ކަޅުބިލަމަހުގެ އަގު 21ރ. އަށް ބޮޑުކުރަން ނިންމީ މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓިނިވި މަސްވެރިކަން ހަރުދަނާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

"މިއީ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް،" އެ ކުންފުނިން ބުންޏެެވެ.

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު މިދިޔަ ޖޫން މަސް ފެށުނުއިރު 18.50 އަށް ހުރިއިރު، ފަހުން ހަމަ އެ މަހުގެ ތެރޭގައި އެ އަގު 20ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. 

މިފްކޯއަށް މަސް ގަންނަ އަގު 20ރ. އަށް ބޮޑުކުރީ ޖޫން 9، ގަ އެވެ. ޖޫން 7، އިން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު 18.50ރ. އަށް ބޮޑުކުރިއިރު، އެއީ އިރާނު ހަނގުރާމަ ފެށުމުގެކުރިން އެ ކުންފުނިން މަސް ގަންނަމުން އައި އަގެވެ. ހަނގުރާމަ ފެށުމުން މަސް ގަންނަ އަގު 17ރ. ތިރިކުރި އެވެ.

މީގެއިތުރުން މިފްކޯއަށް ބޮޑު ކަންނެލި ކިލޯއެއް 20ރ. އަށް ގަންނަމުންދާއިރު، ބޮޑުކަންނެލި 15 ކިލޯއިން މަތި ގަންނަމުންދަނީ 25ރ. އަށެވެ. 

މިފްކޯއަށް މަސް ގަންނަމުން މި ދަނީ އެ ކުންފުންޏަށް ފައިދާ ނުވާ އަގެއްގަ އެވެ. އެ ކުންފުނިން ވަނީ 16ރ. އަށް ކިލޯއެއް މަގުން އެ ކުންފުންޏަށް ގަންނަނީ ގެއްލުމުގައި ކަމަށް ސެޕްޓެމްބަރު 2024، ގައި ބުނެފަ އެވެ.

މިފްކޯއިން އޭރު ބުނި ގޮތުގައި 16ރ. އަށް މަސް ގަންނަން ވެސް ސަރުކާރުން ސަބްސިޑީ ބޭނުންވެ އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ އަދި އަމާޒަކީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު 20ރ. ގައި ހިފެހެއްޓުން ކަމަށް މުހައްމަދު މުއިއްޒު މިދިޔަ ޖޫން މަހު ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ މަހުގެ އަގު ދަށްވާނަމަ 18ރ. އަށްވުރެ ދަށް ނުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox