މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

ބާނާފައިވާ މަސްކިރުވުމުގެ މަސައްކަތް ކުރިއަށްދަނީ: މި އަހަރަކީ މަސްވެރިކަން ވަރަށް ދަށް އަހަރެއް -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ބާނާފައިވާ މަސްކިރުވުމުގެ މަސައްކަތް ކުރިއަށްދަނީ: މި އަހަރަކީ މަސްވެރިކަން ވަރަށް ދަށް އަހަރެއް -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މިފްކޯގެ ސެންޓަރުތަކާއި މަސް ގަންނަ ބޯޓުފަހަރަށް ކަނޑު މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ ބޯޓުފަހަަރުން ބޮޑު ރޭޓެއްގައި ގަންނަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

މި ބަދަލާއެކު މިފްކޯއިން މިހާރު މަސް ގަންނަމުންދަނީ ތިން ރޭޓެއްގެ މައްޗަށް ބަހާލައިގެންނެވެ. އެ ގޮތުން އެއް ޓަނާއި ފަސް ޓަނާ ދެމެދުގެ މަސް ކިރާނަމަ ކިލޯއަކަށް ޖެހޭނީ 21ރ. އެވެ. އަދި ފަސް ޓަނާއި އަށް ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރާނަމަ ކިލޯއަކަށް 22ރ. ލިބޭނެ އެވެ.

މިފްކޯއިން އެންމެ ބޮޑު އަގު ދެނީ އަށް ޓަނަށް ވުރެ ގިނައިން މަސް ކިރާ އުޅަނދުފަހަރަށެވެ. އެ ކުންފުނިން ވަނީ މި އަދަދަށް މަސް ކިރާ ނަމަ ކިލޯއަކަށް 22.75ރ. ދިނުމަށް ނިންމާފަ އެވެ.

މި އާ އަގުތަކުގައި މިއަދު މަސް ގަންނަމުންދަނީ ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުންނެވެ.

މަަސްވެރިކަން ވަރަށް ދަށް އަހަރެއް، މަސް ކިރުވި މިންވަރު 60 ޕަސެންޓު ދަށަށް!

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސް، މަސް ކިރުވި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 60 އިންސައްތަ ވަނީ މަދުވެފަ. މީގެ ތެރެއިން ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަން ބޮޑުތަނުން ދަށަށް ދިއުމުގެ ސަބަބުން، މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވެސް ވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވެފަ.

މިފްކޯއިން ބުނި ގޮތުގައި މަސް ގަންނަ އަގަށް މި ބަދަލު ގެނައީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކުރުމަށްފަހުގަ އެވެ. އަދި، މަހުގެ އަގު 20ރ. އަށް ވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯގެ މެނޭޖްމަންޓުން ވަނީ ދީފަ އެވެ.

"މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް،" މިފްކޯއިން ބުންޏެވެ.  

މަސް ގަންނަ އަގަށް މިފްކޯއިން ބަދަލު މި ގެނައީ ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މަސް ކިރި މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 50 ޕަސެންޓު ދަށްވެފަ އެވެ.

މިއާއެކީ، މަސް ބޭރުކުރި މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 57,343.7 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައި ވެ އެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި ބޭރުކުރެވުނީ 23,554.4 މެޓްރިކް ޓަނުގެ މަހެވެ.

މަސްވެރިކަން ދަށްވުމުގެ ސަބަބުން މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ ވެސް ވަނީ 87.5 މިލިއަން ޑޮލަރުން 43.5 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox