އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

Nov 22, 2026, 4:36 PM
އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް، ކަލްޔާން ޗޯބޭ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް، ކަލްޔާން ޗޯބޭ.

ނިއު ދިއްލީ، އިންޑިއާ (ނޮވެމްބަރު 22) - އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް، ކަލްޔާން ޗޯބޭ، އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް، ބައިޗުން ބުޓިއާ އަށް ނުސީދާ ރައްދެއް ދީފި އެވެ. 

ޗޯބޭ، 2022 ވަނަ އަހަރު އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް އިންތިހާބުވީ، ބޮޑު ތަފާތަކުން ބުޓިއާގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ.

އޭގެ ފަހުން، ބުޓިއާ ވަނީ، އޭއައިއެފްއެފްގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ޗޯބޭގެ ލީޑަޝިޕާ ގުޅިފަ އެވެ. 

ބުޓިއާ ހިމެނޭހެން އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ މައްސަލަ ހިފައިގެން މިނިސްޓަރު އަރިހަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

އެކަމަކު، މި ފަހުން،  އިންޑިއާގެ 14 ފުޓްބޯޅަ ލެޖެންޑުން ސްޕޯޓްސް މިނިސްޓަރު، މަންސުކް މަންދާވިޔާ އަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގައި ހުރި މައްސަލަތަކާއި ޗޯބޭގެ ޝަކުވާ ހުށަހަޅަން ފޮނުވި ސިޓީގައި ބުޓިއާ ވެސް ސޮއިކޮށްފައިވާއިރު، އެކަންކަން ލީޑުކުރަނީ ވެސް އޭނާ އެވެ. 

އިންޑިއާ ފުޓްބޯޅައިގެ އިންތިހާބު އަންނަ މަހު އޮންނައިރު، ޗޯބޭ ވަނީ އެކްސް (ކުރިން ޓްވިޓާ)ގައި ކުރެއްވި ޕޯސްޓެއްގައި ފާޑުކިޔުންތަކަށް ޖަވާބު ދެއްވުމުގެ އިތުރުން، ބުޓިއާ އަށް ނުސީދާކޮށް ރައްދެއް ދީފަ އެވެ. 

އެ ގޮތުން، ޗޯބޭ ވިދާޅުވީ، އެންމެން ވެސް މަސައްކަތް ކުރަމުން އަންނަނީ އިންޑިއާ ފުޓްބޯޅައިގެ ފަހި މުސްތަގުބަލަކަށް ކަމަށާއި އެ އަމާޒަށް ދިއުމަށްޓަކައި ޒިންމާދާރު ގޮތެއްގައި ފާޑުކިޔަން ޖެހޭ ކަމަށެވެ. އަދި، ފެޑެރޭޝަނަުގެ ރައީސްގެ މަގާމުގައި ހުންނައިރު، އޭނާ ވެސް ކަންބޮޑުވުންތައް އަޑުއަހަންޖެހޭނެ ކަމަށް ޗޯބޭ ފާހަގަކުރެއްވި އެވެ. 

ޗޯބޭ ވިދާޅުވީ، ޒިންމާދާރު މަސައްކަތެއް ހަވާލުވެފައި އޮތް ކޮންމެ ބައެއް ވެސް ވީ އެންމެ ރަނގަޅަށް ކަންކަމުގައި ޖަވާބުދާރީވެވޭނެ ނިޒާމެއްގެ ތެރެއިން ވަޒީފާ އަދާކުރަން ޖެހޭނެ ކަމަށެވެ. 

"އާންމުންނަށް މައުލޫމާތު ހިއްސާކުރަން ސޯޝަލް މީޑިއާ އަކީ މިހާރު ވަރަށް ވަރުގަދަ ވަސީލަތަކަށް ވެފައި މި އޮތީ. އޭއިއެފްއެފްގައި އަހަރެންގެ ހަތަރު އަހަރުގެ ރިޕޯޓް ހިއްސާކުރާނަން މި ތަނުގައި. ހަމަ އެ ރޫހުގައި އަހަރެން އެދެން މީގެ އެންމެ ރަނގަޅު ގޮތަކީ އިންޑިއާގެ ފުޓްބޯޅައިިގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ވެސް އެ ގޮތަށް އަމަލުކުރަން. އިންޑިއާ ފުޓްބޯޅަ އަށް ބޭނުންވަނީ ދެމެހެއްޓެނިވި އުސޫލުން ޒިންމާދާރު ކުރުވައިގެން ކުރިއަށްދެވޭނެ ނިޒާމެއް،" ބުޓިއާ ވެސް އޭއައިއެފްއެފްގެ ލީޑަޝިޕްގައި ހިމެނޭ ކަމަށް އިޝާރާތްކުރައްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓްގައި ޗޯބޭ ލިޔުއްވި އެވެ. 

އިންޑިއާގެ ފުޓްބޯޅަ އިންތިހާބު އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި އޭއައިއެފްއެފްގެ ކުރީގެ ރައީސް، ޕްރަފުލް ޕަޓޭލް ވާދަކުރައްވަން އުޅޭ ކަމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ. 

ބީޖޭޕީގެ ސިޔާސީ މަގާމެއް ފުރަމުން އަންނަ ޗޯބޭ އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް އަންނަން ކެންޑިޑެސީ ދިނީ ގުޖުރާތު ފުޓްބޯލް އެސޯސިއޭޝަން އިންނެވެ. އެ ކެންޑިޑެސީ އަށް ތާއީދުކުރީ އަރުނާޗަލް ޕްރަދޭޝް ފުޓްބޯލް އެސޯސިއޭޝަނުންނެވެ.

އިންޑިއާގެ ޓާޓާ ފުޓްބޯލް އެކެޑަމީން 1995 ވަނަ އަހަރު ގްރެޖުއޭޓްވި ޗޯބޭ އަކީ އިންޑިއާގެ ކުރީގެ ކެޕްޓަން ރެނެޑީ ސިންގްއާ އެއް ބެޗެއްގެ ކުޅުންތެރިއެކެވެ. ޗޯބޭ ވަނީ އިންޑިއާގެ އެކި އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އެ ގޮތުން 1994 ވަނަ އަހަރު 17 އަހަރުން ދަށުގެ އޭޝިއާ މުބާރާތާއި 1996 ވަނަ އަހަރު 20 އަހަރުން ދަށުގެ އޭޝިއާ މުބާރާތުގައި އިންޑިއާ ޓީމަށް ކުޅެފައިވެ އެވެ.

އިންޑިއާގެ ސީނިއާ ގައުމީ ޓީމަށް 1999 އިން 2006 ވަނަ އަހަރާ ދެމެދު ކުޅުނުއިރު، ސާފް ޗެމްޕިއަންޝިޕް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެ އެވެ. އޭނާ ވަނީ އިންޑިއާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު 1997-1998 ސީޒަނާއި 2001-2002 ވަނަ ސީޒަނުގައި ހޯދައިފަ އެވެ. އިންޑިއާ މަޝްހޫރު ސްޓޭޓް ފުޓްބޯޅަ މުބާރާތް، ސަންތޯޝް ޓްރޮފީގައި ޗޯބޭ ވަނީ ފަސް ސްޓޭޓެއްގެ ޓީމުތަކަށް ކުޅެފަ އެވެ.

އިންޑިއާގެ މަޝްހޫރު ކްލަބްތައް ކަމަށްވާ މޯހުން ބަގާން އާއި އީސްޓް ބެންގޯލް، މަހިންދުރަ ޔުނައިޓެޑް އަދި މުމްބާއީ އެފްސީ އަށް ވެސް ޗޯބޭ ކުޅެފައިވެ އެވެ.

ކުޅުމުގެ ކެރިއަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޗޯބޭ ވަނީ ޖަރުމަނުގެ ކްލަބްތަކުގައި ޓްރަޔަލްސްތަކެއް ފުރިހަމަކޮށްފަ އެވެ.

ކެރިއަރު ނިންމާލުމަށް ފަހު ސިޔާސީ ދާއިރާގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް ފުޓްބޯޅައިގެ އެކި ރޯލުތަކުން ޗޯބޭ ފެނިފައިވެ އެވެ. އެ ގޮތުން އޭނާ ވަނީ 2010-2013 އަށް މޯހަން ބަގާންގެ އެކެޑަމީގެ ސީއީއޯގެ މަގާމު ފުރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox