ބޮޑު ތަފާތަކުން ބުޓިއާ ބަލިކޮށް އިންޑިއާ ފުޓްބޯޅަ ރައީސަކަށް ޗޯބޭ

Sep 3, 2022, 5:19 AM
އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ އާ ރައީސް ޗޯބޭ.

އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ އާ ރައީސް ޗޯބޭ.

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 3) - އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ އާ ރައީސަކު ހޮވަން ބޭއްވި އިންތިހާބުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ބައިޗުން ބުޓިއާގެ މައްޗަށް ކަލްޔާން ޗޯބޭ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވައިފި އެވެ.

މިދިޔަ މެއި މަހު އިންޑިއާގެ ސުޕްރީމް ކޯޓުން އިންޑިއާގެ ފުޓްބޯޅަ ރައީސްގެ މަގާމު ތިން ދައުރަށް ވުރެން އިތުރަށް ފުރިހަމަކުުރެއްވި ޕްރަފުލް ޕަޓޭލްގެ ލީޑަޝިޕް މަގާމުން ދުރުކޮށް ތިން މެމްބަރުންގެ ކޮމިޓީއަކާ ހިންގުން ހަވާލުކުރި އެވެ. އެ މައްސަލައިގައި ފީފާ އާއި އޭއެފްސީގެ ނުރުހުން އަމާޒުވެ، އިންޑިއާ ވަނީ މިދިޔަ މަހު 15 ވަނަ ދުވަހު ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އެކަމަކު، އިންޑިއާ ސުޕްރީމް ކޯޓުން ފީފާގެ އެންގުމަށް ބޯލަނބައި، ކޮމިޓީގެ ދައުރު ނިމުމަކަށް ގެނެސް، ފީފާ ބުނާ އުސޫލާ އެއްގޮތަށް ފެޑެރޭޝަން ހިންގައި، އާ އިންތިހާބެއް ބާއްވަން ވަނީ ފުރުސަތު ފަހިކޮށްދީފަ އެވެ. ފީފާ އިން ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ފަހު އިންޑިއާގެ ސަސްޕެންޝަން އުވާލައިފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލި 34 ސްޓޭޓް އެސޯސިއޭޝަންގެ ތެރެއިން 33 އެސޯސިއޭޝަނުގެ ވޯޓު ލިބުނީ ކުރިން އިންޑިއާ ގައުމީ ޓީމުގެ ގޯލްކީޕަރަކަށް ކުޅުނު ޗޯބޭ އަށެވެ. އިންޑިއާ ފުޓްބޯޅައިގެ ހާއްސަ ލެޖެންޑް، ބުޓިއާ އަށް ލިބުނީ އެންމެ ސްޓޭޓް އެސޯސިއޭޝަންގެ ވޯޓެވެ. ނައިބު ރައީސަކަށް ހޮވުނީ އެން އޭ ހާރިސް އެވެ. އެއީ 29 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި މަންވެންދުރަ ސިންގަަށް ލިބުނީ ފަސް ވޯޓެވެ.

އިންޑިއާ އާ ފުޓްބޯޅަ ރައީސް ޗޯބޭ އަކީ ކާކު؟

ބީޖޭޕީގެ ސިޔާސީ މަގާމެއް ފުރަމުން އަންނަ ޗޯބޭ އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް އަންނަން ކެންޑިޑެސީ ދިނީ ގުޖުރާތު ފުޓްބޯލް އެސޯސިއޭޝަން އިންނެވެ. އެ ކެންޑިޑެސީ އަށް ތާއީދުކުރީ އަރުނާޗަލް ޕްރަދޭޝް ފުޓްބޯލް އެސޯސިއޭޝަނުންނެވެ.

އިންޑިއާގެ ޓާޓާ ފުޓްބޯލް އެކެޑަމީން 1995 ވަނަ އަހަރު ގްރެޖުއޭޓްވި ޗޯބޭ އަކީ އިންޑިއާގެ ކުރީގެ ކެޕްޓަން ރެނެޑީ ސިންގްއާ އެއް ބެޗެއްގެ ކުޅުންތެރިއެކެވެ. ޗޯބޭ ވަނީ އިންޑިއާގެ އެކި އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އެ ގޮތުން 1994 ވަނަ އަހަރު 17 އަހަރުން ދަށުގެ އޭޝިއާ މުބާރާތާއި 1996 ވަނަ އަހަރު 20 އަހަރުން ދަށުގެ އޭޝިއާ މުބާރާތުގައި އިންޑިއާ ޓީމަށް ކުޅެފައިވެ އެވެ.

އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ އާ ރައީސް ޗޯބޭ.

އިންޑިއާގެ ސީނިއާ ގައުމީ ޓީމަށް 1999 އިން 2006 ވަނަ އަހަރާ ދެމެދު ކުޅުނުއިރު، ސާފް ޗެމްޕިއަންޝިޕް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެ އެވެ. އޭނާ ވަނީ އިންޑިއާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު 1997-1998 ސީޒަނާއި 2001-2002 ވަނަ ސީޒަނުގައި ހޯދައިފަ އެވެ. އިންޑިއާ މަޝްހޫރު ސްޓޭޓް ފުޓްބޯޅަ މުބާރާތް، ސަންތޯޝް ޓްރޮފީގައި ޗޯބޭ ވަނީ ފަސް ސްޓޭޓެއްގެ ޓީމުތަކަށް ކުޅެފަ އެވެ.

އިންޑިއާގެ މަޝްހޫރު ކްލަބްތައް ކަމަށްވާ މޯހުން ބަގާން އާއި އީސްޓް ބެންގޯލް، މަހިންދުރަ ޔުނައިޓެޑް އަދި މުމްބާއީ އެފްސީ އަށް ވެސް ޗޯބޭ ކުޅެފައިވެ އެވެ.

ކުޅުމުގެ ކެރިއަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޗޯބޭ ވަނީ ޖަރުމަނުގެ ކްލަބްތަކުގައި ޓްރަޔަލްސްތަކެއް ފުރިހަމަކޮށްފަ އެވެ.

ކެރިއަރު ނިންމާލުމަށް ފަހު ސިޔާސީ ދާއިރާގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް ފުޓްބޯޅައިގެ އެކި ރޯލުތަކުން ޗޯބޭ ފެނިފައިވެ އެވެ. އެ ގޮތުން އޭނާ ވަނީ 2010-2013 އަށް މޯހަން ބަގާންގެ އެކެޑަމީގެ ސީއީއޯގެ މަގާމު ފުރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox