ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

Oct 27, 2026, 1:31 PM
އިންޑިއާގެ އަނީރުދް ތާޕާ، އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިންޑިއާގެ އަނީރުދް ތާޕާ، އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބަންގްލަދޭޝްގައި އަންނަ މަހުގެ 4-17 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް އެންމެ ފަހުގެ ގޮތެއް ނިންމަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ދިން މުއްދަތުގެ ތެރޭގައި މުބާރާތުގައި ކުޅޭ ގޮތަށް އިންޑިއާ އިން ނިންމައިފި އެވެ. 

އަންނަ މަހުގެ ފީފާ ބްރޭކުގައި، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެވެ. މިއީ، އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ އެއް ހަރަކާތެކެވެ. މި އިވެންޓްތަކުގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. 

ނިއު ޒީލެންޑް މެޗަށް އިންޑިއާ ސީނިއާ ޓީމު ފޮނުވުމަށް ފަހު، 23 އަހަރުން ދަށުގެ ޓީމެއް ސާފް ޗެމްޕިއަންޝިޕަށް ފޮނުވާ ގޮތަށް އިންޑިއާ އިން ނިންމާފައިވަނިކޮށް، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕުން ނަން ނެގި ކަމަށް ވަނީ މީޑިއާގައި ވާހަކަ ދައުރުވާން ފަށައިފަ އެެވެ. އެއީ، ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗު އޮތީ، އަންނަ މަހުގެ ފީފާ ބްރޭކުގެ ތެރޭގައި ނޫން ކަމަށްވާއިރު، ކްލަބްތަކުން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދަމުން އަންނާތީ އެވެ. 

Advertisement

ފީފާ ބްރޭކް އަންނަ މަހު 9-17 އަށް އޮތްއިރު، އިންޑިއާ އިން ޕާކިސްތާނާ ކުޅޭ މެޗު އޮތީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ނުވަ ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދާފައިވާ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަަހަރުގެ މުބާރާތުން ވަކިވި ކަމަށް ދެކެވޭ ވާހަކަ ސާފުން ދޮގުކުރީ މީޑިއާ އަށް އާންމުކުރި ބަޔާނެއްގަ އެވެ. ސާފް އިން ބުނީ، އިންޑިއާގެ ބައިވެރިވުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޮންނާނެކަން އަދިވެސް ޔަގީންކަމަށާއި، މުބާރާތަށް މިހާ ކުރު މުއްދަތެއް އޮއްވައި، ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަން އެދޭ ކަމަށެވެ. 

އެކަމަކު، އެ ފަހުން ވެސް އިންޑިއާ އިން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުމާ ބެހޭގޮތުން، ސާފްއާ އެކު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ. ސާފް އިން އިންޑިއާ އަށް ފުރުސަތު ދިނީ އެންމެ ލަސް މުއްދަތަކަށް މުބާރާތުގައި ކުޅުމާ މެދު އިއްޔެގެ ނިޔަލަށް ގޮތެއް ނިންމުމަށެެވެ. 

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ފެޑެރޭޝަންގެ ޓެކްނިކަލް ޑިޕާޓްމަންޓާއި ކްލަބްތަކާ އެކު މަޝްވަރާތަކެއް ބޭއްވުމަށް ފަހު ނިންމީ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ގޮތަށެވެ. އަދި، މުބާރާތަށް ފޮނުވާނީ، 23 އަހަރުން ދަށުގެ ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ހިމެނޭ ދެ ވަނަ ފަންތީގެ ޓީމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. 

މީގެ ކުރިން، އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމެއް ވާދަކުރާއިރު، ޓީމުގެ ކޯޗަކީ، ނައުޝަދު މޫސާ އެވެ. 

ފީފާގެ ސަސްޕެންޝަނުގައި އޮތުމުން، މި ފަހަރުގެ މުބާރާތުގައި ނޭޕާލް ވާދަނުކުރާނެ އެވެ. މިއީ، ސާފް އިން މި މުބާރާތް ބާއްވާ 15 ފަަހަރުގެ ތެރެއިން ނޭޕާލް ނުލައި، މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެެވެ. 

އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވި ދެ ފަހަރު ވެސް އިންޑިއާ އިން ކުޅުނީ 23 އަހަރުން ދަށުގެ ޓީމެކެވެ. އެއީ، 2009 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. އެ ގޮތުން، 2009 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ އަތުން ފައިނަލުގައި މޮޅުވިއިރު، 2018 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ އަތުން ވީ ބައްޔެވެ. 

އެންމެ ފަހުން އޮތް ފީފާ ބްރޭކުގައި އިންޑިއާ އިން ވަނީ އެ ގައުމުގައި، ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. ޕެނަމާއާ އެއްވަރުވިއިރު، ބްރެޒިލާއި އުރުގުއޭ އަަތުން އިންޑިއާ ވީ ބައްޔެވެ. އަންނަ މަހު ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ވެސް މުހިންމު ކުރިމަތިލުންތަކެއްގެ ގޮތުގައި، އިންޑިއާގެ ކޯޗު ހާލިދު ޖާމިލް ވަނީ ބުނެފަ އެވެ. އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ. މިއީ، އިންޑިއާ ގައުމީ ޓީމުން ނިއު ޒީލެންޑުގައި ކުޅޭ ފުރަތަަމަ މެޗުތަކެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

ތޯރިގު ފާހަގަކުރެއްވިީ ސާފް ކާމިޔާބުުކުރުމުގެ ފުރުސަތު އޮތްގޮތް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް އިންޑޮނޭޝިއާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕަކީ ގައުމީ ކޯޗު އުރްބާނީ އަށް ޓީމު އެކުލަވާލުމަށާއި ކުޅުންތެރިން މުބާރާތަށް ފޯކަސް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވި. މި ކޭމްޕްގެ ތެރެއިން ރާއްޖޭން ވާދަވެރި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވޭ

Newsletter

Get the latest news delivered straight to your inbox