ނިއު ރޭޑިއަންޓް ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

Nov 22, 2026, 11:13 PM
ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ގޭރޯ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ގޭރޯ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ. 

މިއީ، މި ފަހަރު ލީގުގައި ނިއު ބަލިވި ފުރަތަަމަ މެޗެވެ. ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން މި ވަގުތު ބަލިނުވެ އޮތީ ވިކްޓަރީ އެކަންޏެވެ. 

ވިކްޓަރީ، އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ވިކްޓަރީ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު އާއި ހަތަރެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އަދި ފަސް ވަަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. 

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ނިއުގެ ޑިފެންޑަރު، މަޓިއަސް ހެނާންޑޭޒް އަތުން ބޯޅައެއް ހޯދައިގެން، އޭރިއާތެރެއިން ވިކްޓަރީގެ ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ ނިއުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ފައިސަލް ކުޅެން އެނބުރި އައިސްފައި މި ވަނީ އަނިޔާ އަކުން ރިކަވާވުމަށް ފަހު އެވެ. 

މެޗުގެ 19 ވަނަ މިނިޓްގައި ވިކްޓަރީން ލީޑުނެގި އެވެ. ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން އޭރިއާތެރެއިން ވިކްޓަރީގެ ނައިޖީިރިއާ ފޯވާޑް، އަލްހާޖީ ގޭރޯ ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި، ގޯލުގެ ރޮނގު ހުރަސްކުރީ ކީޕަރު ފައިސަލް އަތުގައި ވެސް ޖެހިފަ އެވެ. 

ނިއުގެ ބްރެޒިލް މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާ، އޭރިއާބޭރުން ފޮނުވާލި ބޯޅެއް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ. 

މެޗުގައި ނިއު އިން އެއްވަރުކުރި ލަނޑު ޖެހީ 31 ވަނަ މިނިޓްގަ އެވެ. ނިއުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ނަސިމެންޓޯ (ޑޯރީ) ހުރަސްކޮށްލި ބޯޅައެއް، އެ ޓީމުގެ މުހައްމަދު ނާއިމް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. 

ނިއު އާއި ވިކްޓަރީން ވެސް ފުރަތަމަ ހާފު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ހިނގި ހަމަނުޖެހުމަކަށް ފަހު، ނިއުގެ ނާއިމް އާއި ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު، މިރްޖަލޯލް ކަސީމޯވް އަށް ރަތެއް ދެއްކުމުންނެވެ. 

މެޗުން މޮޅުވި ލަނޑު ވިކްޓަރީން ޖެހީ 78 ވަނަ މިނިޓްގަ އެވެ. މިއީ، ދާދު ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، އަހުމަދު ރިޒްވާން (ރިޒޭ)، މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ގޭރޯ ޖެހި ގޯލެކެވެ. ގޭރޯ އަކީ މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުނު ކުޅުންތެރިއެކެވެ. 

ނިއު އިން ބަދަލަކަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިގެން ގޯލެއް ޖަހައި އެއްވަރުކުރޭވޭތޯ ބެލި އެވެ. އިތުރު ވަގުތުގެ ތެރޭގައި ދަގަނޑޭ ނެގި ހުރަހަކުން ޑޯރީ ބޮލުން ޖެހި ބޯޅަ ވިކްޓަރީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox