އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

Nov 22, 2026, 8:58 PM
އެފްއޭއެމް ވިމެންސް ލީގުގައި މިއަދު މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން: ނިއު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން: ނިއު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 5-0 އިން މޮޅުވެއްޖެ އެވެ. 

މާޒިޔާ އިން މިދިޔަ އަހަރުގެ ވިމެންސް ލީގު ކާމިޔާބުުކުރީ މެޗަކުން ބަލިނުވެ އެވެ. އެކަމަކު، މި ފަހަރުގެ މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުން މި ވަނީ ވާދަވެރި ނިއު އަތުން ބަލިވެފަ އެވެ. ނިއު އިން ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. 

ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ މިއަދުގެ މެޗުގައި، ނިއު އިން ލީޑުނެގީ ފުރަތަަމަ ހާފުގެ ފަހު މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޖަހައިދިނީ ބަންގްލަދޭޝްގެ ތަރި، ސަބީނާ ކަތުން އެވެ. 

Advertisement

އެއް ގޯލުގެ ލީޑެއްގައި ފުރަތަަމަ ހާފު ނިންމާލި ނިއު އިން ދެ ވަނަ ހާފުގައި އިތުރު ހަތަރު ގޯލު ޖެހި އެވެ. ދެ ވަނަ ހާފުގައި ނިއު އިން ލީޑުފުޅާކުރި ގޯލު ޖެހީ 57 ވަނަ މިނިޓްގަ އެވެ. މިއީ، މާޒިޔާ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެ ޓީމުގެ ކީޕަރު، އައިޝަތު ލީޒާ ކައިރިން ނައްޓާފައި، ނިއު އަށް ކުޅޭ ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާ ޖެހި ގޯލެކެވެ.

ދެ ވަނަ ގޯލު ޖެހިތާ ތިން މިނިޓް ފަހުން، ނިއު އިން ތިން ވަނަ ލަނޑު ޖެހި އެވެ. މެޗުގެ 60 ވަނަ މިނިޓްގައި، މި ލަނޑު ޖެހީ ހުސްކޮށް ލިބުނު ފުރުސަތަކުން މަރިޔަމް ނޫރާ އެވެ. 

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން: ނިއުގެ ނޫރާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް
އެފްއޭއެމް ވިމެންސް ލީގުގައި މިއަދު މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން: ނިއުގެ ނޫރާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް

ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީ ސަބީނާ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސަބިނާ މި ގޯލު ކާމިޔާބުކުރީ އޭނާ މި މެޗުގައި ޖެހި ފުރަތަމަ ގޯލެކޭ  އެއްގޮތަކަށް ހިލޭ ޖެހުމަކުންނެވެ. މާޒިޔާ އިން ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި، ނޫރާ އެވެ. ނޫރާ ވަނީ ހުސްކޮށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. 

މުބާރާތުގައި މިރޭ ކުޅޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އެވެ. މި ދެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. 

މުބާރާތުގެ ފޯމެޓް އޮތްގޮތުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. ނިއު އެއް ވަަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަ ޕޮއިންޓް ލިބުނުއިރު، ފުރަތަމަ ދެ މެޗު ކުޅެގެން، ދަ ގްރާންޑޭ އާއި އެމް އެސް މޭޓްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox