ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

Nov 22, 2026, 6:05 PM
ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑީގެ އިއްބެ އާއި ސާމިރު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑީގެ އިއްބެ އާއި ސާމިރު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލިގުގައި މިއަދު ހަވީރު ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ. 

މިއީ، ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށް ފަހު 30 ދުވަހަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. 

އޮޑިން ހަތަރު ވަނަ އަށް ޖެހިލީ ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް މެޗުން 11 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވެ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ކުރިއަށް ޖެހިގެން ކުޅެން ލިބޭ ފުރުސަތުތަކުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔަ އެވެ، މެޗުގައި ލީޑުނެގީ ޓީސީންނެވެ. ޓީސީ އަށް ލަނޑު ޖަހައިދިނީ މުހައްމަދު ދާނިޝް އިބްރާހިމް އެވެ. އެ ގޮތުން، 33 ވަނަ މިިނިޓްގައި އޭރިއާތެރެއަށް، ޓީސީގެ އާދަމް ޝަހީމް (އާނާ)، މަތިން ހުރަސްކޮށްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ދާނިޝް ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. 

ޓީސީން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އޮޑިން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ، ލިބުނު ޕެނަލްޓީ އަކުން އޮޑީގެ ބްރެޒިލް ފޯވާޑް ހަޑްސަން ޑިއާޒް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ ހަޑްސަން އަށް ޓީސީ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު އެމަނުއަލް އެޔިބޯ ކުރި ފައުލަކަށެވެ. 

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފަހު މިނިޓްގައި އޮޑިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އޮޑީގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މުޒްދާން ހަސަން އާއި އިއްބެގެ ކޮމްބިނޭޝަން ފެނިގެންދިޔަ މި އެޓޭކުގައި، އިއްބެ ވަނީ އޭރިއާތެރެއިން ބޯޅަ ލިބުމާއެކު، ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ. 

ދެ ވަނަ ހާފުގައި ވެސް އޮޑިން ގިނަ އެޓޭކްތަކެއް ކުރިއިރު، މި ހާފުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި މި ލަނޑު ޖެހި ހަޑްސަން އެވެ. މިއީ، އޭރިއާތެރެއަށް އަހުޒަމް ރަޝީދު (އަހު) ނަގައިދިން ހުރަހަކުން ވެއްޓިގެންފައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ހަޑްސަން ޖެހި ގޯލެކެވެ. އަހު އަށް ލަނޑު ޖަހަން ހުސްކޮށް ލިބުނު ފުރުސަތެއްގައި ބޭނުންނުހިފުނީ ކީޕަރު އެޔިބޯގެ ހުށިޔާރުކަމާ ހެދި އެވެ. 

ލީގުގެ ހަތް ވަނައިގައި އޮތް ޓީސީ އަށް ވަނީ ހަތް މެޗުން ހަ ޕޮއިންޓް ލިިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox