އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ތިން ގުނައަށް އިތުރުކޮށްފި

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް: އެ މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު 54 އަށް ވަނީ އިތުރުވެފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް: އެ މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު 54 އަށް ވަނީ އިތުރުވެފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދަށް ބޮޑު ބަދަލެއް ނައި ނަމަވެސް، އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ތިން ގުނައަށް ވުރެ އިތުރުވެފައިވާކަން ރަސްމީ ހިސާބުތަކުން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަދަދު ނޫހުން ހޯދާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްލާމިކް މިނިސްޓްރީގައި، ޖެނުއަރީ 2023، ގައި ތިބީ 15 ސިޔާސީ މުވައްޒަފުންނެވެ. ނަމަވެސް އޮކްޓޫބަރު 2026، އާ ހަމައަށް އައިއިރު މި އަދަދު ވަނީ 54 އަށް އަރާފަ އެވެ.

މިއީ ގާތްގަނޑަކަށް 260 ޕަސެންޓުގެ އިތުރުވުމެކެވެ. ޖެނުއަރީ 2023، އިން އޮކްޓޯބަރު 2026، ގެ ނިޔަލަށް ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު 708 އިން 720 އަށް ބަދަލުވެފައިވާއިރު، މިއީ އެންމެ ދެ ޕަސެންޓުގެ ކުރިއެރުމެކެވެ.

Advertisement

ސިޔާސީ މުވައްޒަފުންގެ މުސާރައަށް އިސްލާމިކް މިނިސްޓްރީން ޖެނުއަރީ 2023 ގައި 414،923 ރުފިޔާ ހޭދަކުރިއިރު، އޮކްޓޫބަރު 2026 ގައި މި އަދަދު ވަނީ 1.33 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މިއީ 221 ޕަސެންޓު އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 2023 އިން އޮކްޓޫބަރު 2026، އާ ހަމައަށް ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރީ 43.05 މިލިއަން ރުފިޔާ އެވެ. ހަމަ މި މުއްދަތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ހޭދަކުރީ 431.74 މިލިއަން ރުފިޔާ އެވެ.

ހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރަކީ ސިޔާސީ މުވައްޒަފުންނަށް އެންމެ ބޮޑު ހޭދައެއް ކުރާ އަހަރަށް ވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން 2026 ގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 12.54 މިލިއަން ރުފިޔާ ސިޔާސީ މުވައްޒަފުންނަށް ވަނީ ދީފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދުވަހު ހޭދަކުރި 12.61 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެކެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ އަދަދަށް ބޮޑު ބަދަލެއް ނައި ނަމަވެސް، އެ މުވައްޒަފުންނަށް ކުރާ ހޭދަ ވެސް ވަނީ އިތުރުވެފަ އެވެ. ޖެނުއަރީ 2023، ގައި ސިވިލް މުވައްޒަފުންނަށް 7.6 މިލިއަން ރުފިޔާ ހޭދަކުރިއިރު، އޮކްޓޫބަރު 2026، ގައި އެ އަދަދު ވަނީ 13.0 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox