ފޮރިން ސާވިސްގެ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު ހޯދަން މެންބަރު ކުޑޫ ހުށަހަޅުއްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ރައީސް އޮފީސް

ފޮރިން ސާވިސްގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު ހާމަކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހަޅުއްވައިފި އެވެ.

ފޮރިން މިނިސްޓަރު، އިރުތިޝާމް އާދަމްއަށް ކުޑޫ ފޮނުއްވާފައިވާ ސުވާލުގައި ވަނީ އިއްޔެގެ ނިޔަލަށް ފޮރިން ސާވިސް ގާނޫނުގެ ދަށުން ފޮރިން ސާވިސްގެ ހުރިހާ ގިންތިއަކުން އައްޔަނުކޮށްފައިވާ ޖުމުލަ މުވައްޒަފުންގެ އަދަދު ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭގެ އިތުރުން، ފޮރިން ސާވިސް ގާނޫނުގެ ދަށުން ވަކި ޒިންމާއެއް އަދާކުރުމަށްޓަކައި އައްޔަނުކޮށްފައިވާ މުވައްޒަފުންގެ ޖުމުލަ އަދަދާއި އެ މުވައްޒަފުން އައްޔަނުކޮށްފައި ވަނީ ކޮން ޒިންމާއެއް އަދާކުރުމަށްޓަކައިކަން ސާފުކޮށްދިނުމަށް ވެސް ކުޑޫ ސުވާލު ހުށަހަޅުއްވައިފައިވެ އެވެ.

އަދި، ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށްޓަކައި މުވައްޒަފުން ނަގާއިރު، ފޮރިން މިނިސްޓްރީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ ބަދަލުގައި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ މިޝަންތަކާއި އާންމު ކޮންސިއުލާ މަގާމުތަކަށް މިނިސްޓްރީން ބޭރުން މީހުން އައްޔަނުކޮށްފައިވާ ސަބަބުތައް ސާފުކޮށްދިނުމަށް ވެސް ކުޑޫ ސުވާލު ހުށަހަޅުއްވާފައިވެ އެވެ.

ފޮރިން ސާވިސްގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު ހޯދަން ކުޑޫ ހުށަހަޅުއްވާފައިވާއިރު، ވެރިކަމަށް ތިން އަހަރުވާން ގާތްވެފައިވާއިރު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ތަކުރާރުކޮށް އެކި ފަހަރުމަތިން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަސް ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

މި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މުސާރަ އަދި އިނާޔަތްތަކުގެ ތަފްސީލު 14 ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އަންގައިފި. މިގޮތަށް އެންގީ "އަދަދު" ނޫހުން އެދިފައިވާ މައުލޫމާތުތައް ގާނޫނީ މުއްދަތުގައި ފޯރުކޮށްދީފައި ނުވާތީ، އެ މައުލޫމާތު ހިފޭއްޓޭނެ މަގުބޫލު ސަބަބެއް ނެތުމުން.

އެންމެފަހުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން ހުށަހެޅުމުން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. އަދި، ޖުލައި 5، އިން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އެންގުމުން ވެސް އެ އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީއަކީ އެންމެ ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައި ތިބި އެއް މިނިސްޓްރީއަށް ވާއިރު، އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މިހައިތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox