ރީތި މިސާލު ދައްކަވައި މިނިސްޓަރު ޝަހީމް ސަރުކާރާ ދުރަށް ވަޑައިގަތުމަށް ޔާމީން އެދިވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މިވަގުތު މިނިސްޓަރު ޝަހީމް ކިބައިން ރައްޔިތުން އެންމެ ބޮޑަށް އެދެނީ ސަރުކާރާ ދުރަށް ވަޑައިގަތުމަށް ކަމަށް ޔާމީން ވިދާޅުވި -- ފޮޓޯ: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މިވަގުތު މިނިސްޓަރު ޝަހީމް ކިބައިން ރައްޔިތުން އެންމެ ބޮޑަށް އެދެނީ ސަރުކާރާ ދުރަށް ވަޑައިގަތުމަށް ކަމަށް ޔާމީން ވިދާޅުވި -- ފޮޓޯ: ޕީއެންއެފް

ދިވެހި ރައްޔިތުންނަށް ރީތި މިސާލު ދައްކަވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސަރުކާރާ ދުރަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ އެދިވަޑައިގެންފި އެވެ. 

ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޝަހީމަކީ އިސްލާމީ ކަންކަމުގައި ވަރުގަދައަށް ހިފަހައްޓާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ސަމޯއާ އެގްރީމެންޓާއި ރަސްމާލެ ޑީލު ހުއްޖަތަކަށް ދައްކަވައި ޝަހީމް ސަރުކާރާ ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއަށްވުރެ ބޮޑަށް ޝަހީމްގެ ކިބައިން ދިވެހިން މިވަގުތު އެދޭނެ ކަމެއް ނޯންނާނެ ކަމަށެވެ. 

"ސަމޯއާ އެގްރީމެންޓް ތަސްދީގުކޮށް އަދި ބަލައިގަނެ، އެއީ ދިވެހިރާއްޖޭގައި ޕްރެކްޓިސް ކުރެވޭނެ އެއްޗެއް ކަމުގެ ސީލް ޖަހައިދީފައި އޮތީ މުއިއްޒު ސަރުކާރުގައި އެނގޭތޯ. ދެވަނަ ކަމަކަށް މި އޮތީ ޔަހޫދީ މާލޭގެ މައްސަލަ. މި ދެ މައްސަލައާ ގުޅިގެން ހަމަގައިމުވެސް އަޅުގަނޑު ވަރަށް އިހްތިރާމްކުރާ ބޭފުޅެއް އިސްލާމިކް މިނިސްޓަރު ޑޮކްޓާ ޝަހީމަކީ،" ޔާމީން ވިދާޅުވި އެވެ. 

"އަދި ޑޮކްޓާ ޝަހީމަކީވެސް އިސްލާމީ ކަންތައްތަކުގައި ވަރުގަދައަށް ހިފަހައްޓަވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. އެހެންވީމާ މި ދެ މައްސަލައިގައި އިނގޭތޯ، މި ދެ މައްސަލައިގައި ހައްގުގައި އަޅުގަނޑު ވަރަށް އުފާވާނެ، ވަރަށް މަރުހަބާކިޔަން މި ދެ މައްސަލައިގައި ހަމަ ހުއްޖަތަކަށް ދައްކަވާފައި ޑޮކްޓާ ޝަހީމް ދެން މި ސަރުކާރާ ދުރަށް ވަޑައިގަންނަވާ. އެއަށްވުރެން ބޮޑަކަށް ދިވެހިން އެދޭނެ ކަމެއް ނޯންނާނެ އިނގޭތޯ."

ޝަހީމަށް ނަސޭހަތްތެރިވަމުން ޔާމީން ވިދާޅުވީ ޝަހީމް މިހާތަނަށްވެސް ދައްކަވާފައިވަނީ ރީތި މިސާލު ކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒާ މިކަމާ ގުޅިގެން ވާހަކަ ދައްކަވައިފީމޭ ވިދާޅުވިޔަސް އެކަން ގަބޫލުނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑުމެން ޑޮކްޓާ ޝަހީމަށް މި ނަސޭހަތްތެރިވަނީ އިނގޭތޯ. ޑޮކްޓާ ޝަހީމް އަޅުގަނޑުމެންނަށް މިހާތަނަށް ދައްކުވައިދެއްވީ ހަމަ ރީތި މިސާލު އިނގޭތޯ. މި ކަމުގައި ދައްކަވަންޖެހޭ. އަޅުގަނޑެއް ގަބޫލެއް ނުކުރާނަން ވަކިވަކިން ރައީސުލްޖުމްހޫރިއްޔާއާ ތިމަންނަމެން މި ވާހަކަ ދައްކައިފީމޭ މި ބުނުމަކުންނެއް އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ. 

އިލްމުވެރިންގެ ގުޅުމުން ވަކިވެވަޑައިގެންނެވި ޝެއިހުން އަނެއްކާވެސް އިލްމުވެރިންގެ ގުޅުމާ ގުޅިވަޑައިގަނެ، ސަލަފް ޖަމިއްޔާއިންވެސް ސަރުކާރާ ދުރަށް ވަޑައިގަތުމަށް ޔާމީން އެދިވަޑައިގެންނެވި އެވެ. 

"އަޅުގަނޑު މިއަދު ސަލަފަށް ވެސް ދަންނަވާލަން ބޭނުންވަނީ ތި ވަކިވެވަޑައިގެންނެވި ހަތަރު ޝެއިހުން ވެސް އަނބުރާ އިލްމުވެރިންގެ ގުޅުމާ ގުޅިވަޑައިގެންފައި، ތި ބޭފުޅުން މި ސަރުކާރާ ވަކިވެވަޑައިގަންނަވާ. ސަރުކާރުގެ އުސޫލުތަކަށް ތާއީދުކުރައްވާ ޖެހިވަޑައެއް ނުގަންނަވާ،" ޔާމީން ވިދާޅުވި އެވެ. 

ރަސްމާލެ ޑީލާ ގުޅިގެން ޝަހީމް މިހާތަނަށް އެއްވެސް ޕްލެޓްފޯމެއްގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެގޮތުން އޭނާ މި ޑީލާމެދު ދެކިވަޑައިގަންނަވާ ގޮތެއް މިހާތަނަށް ސާފެއް ނޫނެވެ. 

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox