ވަގުފްތަކާއި މިސްކިތްތައް ބިނާކުރާ އައުގާފު އިންވެސްޓްމަންޓުގެ ބޯޑު އެކުލަވާލައިފި

Oct 8, 2026, 11:48 AM
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި މެންބަރުން

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި މެންބަރުން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފްތަކާއި މިސްކިތްތައް ބިނާކުރުމަށާއި މިސްކިތްތައް މަރާމާތުކުރުމަށް ކަމަށް ބުނެ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާވާ ގޮތަށް އުފެއްދި "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓު" ކުންފުނީގެ ބޯޑު އެކުލަވާލައިފި އެވެ. 

ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި މި ކުންފުނީގެ ބޯޑުގެ ޗެއާޕާސަންއަކަށް އައްޔަންކުރީ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް، އިއްޒުއްދީން އަދުނާނެވެ.

މި ކުންފުނި ހިންގުން ހަވާލުކޮށްފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި  ޕެންޝަން ބޯޑަށް މި ފަހުން އައްޔަންކުރި ޔާމީން އިދްރީސްއާ އެވެ.

Advertisement

އައުގާފު ކުންފުނީގެ ބޯޑުން ފާހަގަކޮށްލެވޭ މެންބަރުންގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޝާމް އާދަމް އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖުގެ ޑީން މުހައްމަދު ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ.

އައުގާފު އިންވެސްޓްމަންޓުގެ ބޯޑު

  • ޗެއާޕާސަން - އިއްޒުއްދީން އަދުނާން، ދަފްތަރު ނަންބަރު ރސ 12132
  • މެނޭޖިން ޑިރެކްޓަރު - ޔާމީން އިދްރީސް، ދ. ކުޑަހުވަދޫ / މަތަރަސްމާގެ
  • ބޯޑު މެންބަރު - ހުސެއިން ޝާމް އާދަމް، ނ، ފޮއްދޫ / ޔާގޫތުގު
  • ބޯޑު މެންބަރު - މުހައްމަދު ޟުޖާއު، މއ. ބަރަކަ
  • ބޯޑު މެންބަރު - މަރްޔަމް ނިހާޔަތު، ގދ. ތިނަދޫ / ވެލަގަލާ
  • ބޯޑު މެންބަރު - އަބްދުالله އަލީ، ރ. ކަނދޮޅުދޫ / މީނާޒު
  • ބޯޑު މެންބަރު - މުހައްމަދު ހިލްމީ، ހދ ވައިކަރަދޫ / ސައިމާގެ

މި ކުންފުނި އުފައްދަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ވަނީ މިއީ ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމުގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓިނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށެވެ.

މި ކުންފުނީގެ ދަށުން ވަގުފް އިމާރާތްތައް އެޅުމާއި މަރާމާތުކުރުން ހިމެނޭއިރު، އެ މަސައްކަތް މީގެ ކުރިން ކުރަމުންދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން ދުރު ރާސްތާ ޕްލޭންތަކެއް ހަދައިގެން އެކަމަށް މިނިސްޓްރީން ދިޔައީ މަސައްކަތް ކުރަމުންނެވެ. 

އެހެން އޮއްވާ، އެއްވެސް ސަަބަބެއް ދިނުމެއް ނެތި ދައުލަތުގެ ކުންފުންޏެއް އުފައްދައިގެން މި މަސައްކަތް ކުރަން ފަށާފައި މިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި، މިއީ މި ކުންފުނިތަކުގެ މާލީ ބުރަ ސަރުކާރުން އުފުލަން ޖެހޭ މައްސަލަ ބޮޑު ވެގެން، ކުންފުނިތައް މަދުކުރަން ސަަރުކާރުން ގެންގުޅޭ ސިޔާސަތާ ވެސް ނުގުޅޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. 

އައުގާފު އިންވެސްޓްމަންޓް ކުންފުނީގެ ރައުސްމާލަކީ 100ރ. ގެ އެއް މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox