ބޮޑު މޮޅެއް ހޯދައި ނިއު ރޭޑިއަންޓުން އީގަލްސްގެ ރެކޯޑް ނިމުމަކަށް ގެނެސްފި

Oct 24, 2026, 5:51 PM
ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން ނިއު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން ނިއު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ. 

މިއަދުގެ ނަތީޖާއާ އެކު، އީގަލްސް ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. މި މެޗުގެ ކުރިން، އީގަލްސް އިން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވެ އެެވެ. 

ނިއު އިން ދެ ވަނައިގައި އޮތީ ތިން ވަނައިގައި އޮތް އީގަލްސްއާ އެއްވަރަށް ޕޮއިންޓު ހޯދައިގެންނެވެ. ނިއު އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އަށް 11 ޕޮއިންޓް ލިބުނީ ހަ މެޗުންނެވެ. ނިއުގެ އެއް މެޗު މަދުވެފައިވަނީ، ވިއްސާރައިގެ ސަބަބުން ނިިއު އާއި ބުރު ސްޕޯޓްސް ކްލަބްގެ މެޗު ފަސްކުރަން ޖެހުމުންނެވެ. 

މިހާރު ލީގުގައި ކުޅޭ 10 ޓީމުގެ ތެރެއިން ބަލިނުވެ އޮތީ ނިއުގެ އިތުރުން ތާވަލުގެ އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ވިކްޓަރީ، އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. 

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއު އިން ވަނީ ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. ނިއުގެ އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ޑޯރީ ފޮނުވާލުމުން، ގޯލަށް ވަނީ އީގަލްސްގެ ޕާކިސްތާން ކީޕަރު، ހަނީފް ސާގިބް ފައިގައި ޖެހިފަ އެވެ. 

ނިއު އިން 22 ވަނަ މިނިޓްގައި ލީޑުފުޅާކުރި އެވެ. މިއީ، ޕެނަލްޓީ އަކުން ސެންޓޭ ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް އީގަލްސްގެ ވިޝާހު އަބްދުލް މަޖީދު (ވިއްޓު) ކުރި ފައުލަކަށެވެ. އީގަލްސް ކުޅުންތެރިން ވަނީ އެ ފައުލު ހިނގީ އޭރިއާބޭރުން ކަމަށް ބުނެ އެޕީލްކޮށްފަ އެވެ. އެކަމަކު، ރެފްރީ އިސްމާއިލް މުހައްމަދު ވަނީ ޕެނަލްޓީއެއް ކަމަށް ނިންމައިފަ އެވެ. 

އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ، ލަނޑެއް ޖެހޭތޯ މަަސައްކަތް ކުރަމުން ދިޔަ އެވެ. އެކަމަކު، ދެން ވެސް މެޗުގައި ލަނޑު ޖެހީ ނިއު އިންނެވެ. މިއީ، މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާތެރެއިން ދަގަނޑޭ ނެގި ހުރަހަކުން މުޅިން ހުސްކޮށް ހުރެފައި ޑޯރީ ބޮލުން ޖެހި ގޯލެކެވެ. 

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާެތެރެއަށް އީގަލްސް އިން ނެގި ބޯޅެއް ނިއުގެ މުހައްމަދު ރަޒާން ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. 

ނިއު އިން ވަނީ ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މެޗުގެ 50 ވަނަ  މިނިޓްގައި އީގަލްސްގެ ކީޕަރު، ސާގިބު ކުރިއަށްއެރި ވަގުތެއްގައި ސެންޓޭ ދިން ބޯޅައަކުން އިބްރާހިމް މައިޝާން (މައި) ޖެހި ގޯލެކެވެ. ނިއު އިން ވަނީ 68 ވަނަ މިނިޓްގައި ފަސް ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މިއީ، ބޯޅަ ހިފައިގެން އޭރިއާތެރެއިން ސެންޓޭ ޖެހި ގޯލެކެވެ. 

މެޗުގެ 77 ވަނަ މިނިޓްގައި، ނިއު އިން ވަނީ ހަ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މިއީ، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު، ބިލިޓީ ޖެހި ލަނޑެކެވެ. އޭރިއާބޭރުން ބިލިޓީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. 

އީގަލްސް އިން ވަނީ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ، އެ ޓީމަށް ކުޅޭ މިސްރުގެ އެލް ސަޑެކް މުހައްމަދު ޖެހި ލަނޑެކެވެ. އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، އީގަލްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) އަށް ލަނޑު ޖަހަން ލިބުނު ބޯޅައެއް ފޮނުވާލުމުން، ނިއުގެ ކީޕަރު، އަހުމަދު ސަމީރު ވަނީ މަތަކޮށްފަ އެވެ. 

މެޗުގެ 88 ވަނަ މިނިޓްގައި ނިއުގެ ހަތް ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އީގަލްސް އޭރިއާތެރެއިން ހަންނަ ވަނީ ލިބުުނު ފުރުސަތުގައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox