ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

Oct 24, 2026, 10:59 PM
އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ރިޒޭ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ރިޒޭ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އަހުމަދު ރިޒްވާން (ރިޒޭ)ގެ މޮޅު ކުޅުމާ އެކު، ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 2-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ތާވަލުގެ ކުރީގައި ލީޑުފުޅާކޮށްފި އެެވެ. 

މި މޮޅާ އެކު، މި ވަގުތު ވިކްޓަރީން އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ވިކްޓަރީ އަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ނިއު އާއި ވިކްޓަރީ އަކީ މި ސީޒަނުގައި ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމެވެ. ތިން ވަނައިގައި އޮތް ކްލަބް އީގަލްސް، ފުރަތަަމަ ފަަހަރަށް މި ސީޒަނުގައި ބަލިވިއިރު، އެ ޓީމަށް ވަނީ ހަ މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީން ތަފާތު ދެއްކީ ރިޒޭ އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި، ވިކްޓަރީ އަށް ހަމަޖެހިލުމުގެ ފުރުސަތެއް ހޯދައިދީފަ އެވެ. އެ ގޮތުން، ރިޒޭ، ވިކްޓަރީގެ ފުރަތަމަ ގޯލު ޖެހީ، 20 ވަނަ މިނިޓްގަ އެވެ. ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު، މިރްޖަލޯލް ކަސިމޯވް އަރިމަތިން ނަގައިދިން ބޯޅައަށް ރަނގަޅުތަނަށް އަރައި، ރިޒޭ ވަނީ އޮޑީގެ ކީޕަރު، މުހައްމަދު އަޝްވާން އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

Advertisement

ރިޒޭ، ދެ ވަނަ ގޯލު ޖެހީ މެޗުގެ 34 ވަނަ މިނިޓްގަ އެވެ. ވިކްޓަރީގެ ކެޕްޓަން، ނާއިޒު ހަސަން (ދާދު) އަރިމައްޗަށް ކުޅެލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ރިޒޭ ވަނީ އޭރިއާ ރޮނގުކައިރީގައި ހުރެފައި، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ މަތީ ކަނަށް އަމާޒުވީ ކީޕަރު އަޝްވާން އަތްމަތިން ގޮހެވެ. 

ވިކްޓަރީ އަށް 2008 ވަނަ އަހަރު ކުޅުނު އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާ (ލޫޗޯ)ގެ ކޯޗުކަމުގައި ކުޅޭ އޮޑިން އެ ޓީމުގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ކުރިއަށް ލައިގެން ކުޅެމުންދިޔައިރު، އެޓޭކަށް ދާ ބޯޅަތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭ ގޮތެއްނުވި އެވެ. އަނެއްކޮޅުން، ވިކްޓަރީގެ ޑިފެންޑަރުން ކުޅެމުންދިޔައީ އޮޑީގެ ހަލުވި ކުޅުންތެރިންނަށް ސަމާލުވެގެން، ރަނގަޅަށް ޑިފެންސްކުރަމުންނެވެ. 

މެޗުގެ 51 ވަނަ މިނިޓްގައި ވިކްޓަރީގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރީ އަށް އޮޑީގެ އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތެއް ނަގާލި އެވެ. އެ ބޯޅަ ރިޒޭ އަށް ދީގެން ޖަހަން ފުރުސަތު ލިބިފައި އޮއްވައި، ގޭރޯ، ބޯޅަ ލަސްކޮށްލުމުން އޮޑިން ވަނީ ރަނގަޅަށް ޑިފެންސްކޮށް ނުރައްކަލުން ސަލާމަތްކޮށްފަ އެވެ. 

ހެޓްރިކް ފުރިހަމަ ކުރަން މެޗުގެ 81 ވަނަ މިނިޓްގައި، އޮޑި އޭރިއާބޭރުން ރިޒޭ ފޮނުވާލި ހިލޭޖެހުން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

ބަދަލުތަކެއް ގެނެސްގެން އޮޑިން ދެ ވަނަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި އެެެވެ. އެ ގޮތުން، އޮޑީގެ އަހުމަދު ނިޒާމް (ނިޒާމްބެ) އާއި އިސްމާއިލް ވިފާގު (އިއްސެ) އަދި، މުހައްމަދު ސަހާއު (ބޭލް) އަށް ވިކްޓަރީ އޭރިއާތެރެއިން ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 

މި މެޗުން ބަލިވުމާ އެކު، އޮޑި އޮތީ ހަ މެޗުން އަށް ޕޮއިންޓާ އެކު، ފަސް ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox