އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

Oct 21, 2026, 6:21 PM
އީގަލްސްގެ ވިއްޓު ކައިރިން އޮޑީގެ އަހު ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

އީގަލްސްގެ ވިއްޓު ކައިރިން އޮޑީގެ އަހު ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ. 

މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާ ޕޮއިންޓުގެ ގޮތުން އެއްވަަރުުކުރަން އީގަލްސް އަށް ލިބުނު ފުރުސަތު މި ވަގުތަށް ވަނީ ގެއްލިފަ އެވެ. ވިކްޓަރީ އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އަށް ފަސް މެޗުން ލިބުނީ 11 ޕޮއިންޓެވެ. އީގަލްސް އާއި ވިކްޓަރީ އަދި ނިއު ރޭޑިއަންޓަކީ މި ސީޒަނުގައި މެޗަކުން ބަލިނުވެ އޮތް ތިން ޓީމެވެ. 

ލީގުގެ ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އޮޑި އަށް ވަނީ ފަސް ވަނައިގައި އޮތް ނިއުއާ އެއްވަރަށް އަށް ޕޮއިންޓް ލިބިފަ އެވެ. ނިއު އިން މިރޭ ބުރު ސްޕޯޓްސް ކްލަބާ ކުޅޭނެ އެވެ. 

Advertisement

ގަލޮޅު ދަނޑުގައި  މިއަދު ހަވީރު އީގަލްސް އާއި އޮޑިން ކުޅުނު މެޗުގެ ބޮޑުބައި ބޯ ވިއްސާރައިގައި ކުޅެން ޖެހުމުން ދެ ޓީމަށް ވެސް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ. މި މެޗުގައި އޮޑީގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި އީގަލްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ކީޕަރު، ހަނީފް ސާގިބް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން، އަހުޒަމް ރަޝީދު (އަހު) އަށް ލިބުނު ފުރުސަތެއްގައި ކީޕަރު ސާގިބް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. 

އޮޑީގެ ކުޅުންތެރިން މި މެޗުގައި ފޮނުވާލި ބައެއް ޝޮޓްތައް ގޯލާ ސީދާ ވާ ގޮތެއްނުވި އެވެ. 

އޮޑީގެ ގޯލުގައި ހުރި މިދިޔަ ސީޒަނުގައި އީގަލްސް އިން ފެނުނު، މުހައްމަދު އަޝްވާން ކައިރިން ލަނޑެއް ޖެހޭތޯ މި މެޗުގައި އީގަލްސް އިން ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. އީގަލްސްގެ ލައިބީރިއާގެ ފޯވާޑް، ވެން ޑޭމް ހާމޮން އަށް ލިބުނު ބޯޅަތަކުގައި އޭނާއާ އެކު އެޓޭކުގައި ބައިވެރިވާނެ ކުުޅުންތެރިން ރަނގަޅު ވަގުތުގައި ކުރިއަށް ޖެހިފައި ނުވާތީ ފުރުސަތުތައް ގެއްލުނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox