ވިއްސާރައާ ހެދި ބުރު އާއި ނިއު ރޭޑިއަންޓް މެޗު ފަސްކުރަން ޖެހިއްޖެ

Oct 21, 2026, 9:50 PM
ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެން.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެން.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ކުޅެން އޮތް މެޗު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ. 

ގަލޮޅު ދަނޑުގައި މިރޭ، 9 ޖަހާއިރު ފަށަން އޮތް މެޗަށް ބުރު އާއި ނިއު އިން ނެރޭ ފުރަތަމަ އެގާރަ ކުޅުންތެރިން ހިމަނާފައިވާ މެޗު ޝީޓް ވެސް އެފްއޭއެމް އިން މީޑިއާއާ ހިއްސާކުރި އެވެ. އެކަމަކު، މާލެ ސަރަހައްދަށް ވެހެމުންދާ ވިއްސާރައިގެ ސަބަބުން، ދަނޑުގައި ފެންބޮޑުވެ، މެޗު ކުޅެވޭނެ ހާލަތެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހު، މިރޭ ކުޅެން އޮތް މެޗު ފަސްކުރަން އެފްއޭއެމް އިން ނިންމީ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، މި މެޗުގައި ވެސް ބޯ ވިއްސާރައިގެ ސަބަބުން ދެ ޓީމަށް ކުޅުން ދައްކަން އުނދަގޫވި އެވެ. 

ބުރުން ވަނީ މި ސީޒަނުގައި އެއް ފަހަރު ނިއުއާ ދެކޮޅަށް ކުޅެފަ އެވެ. އެއީ، ސީޒަން ފަށަން ކުޅުނު ކަޕް ވިނާސް ކަޕްގަ އެވެ. އެ މުބާރާތުގެ މެޗުގައި، ކުޅުނު ފުރަތަމަ މެޗުގައި ބުރު އަތުން ނިއު ވަނީ 5-0 އިން މޮޅުވެފަ އެވެ. ބުރުން މި ސީޒަނުގައި މޮޅުވި ހަމައެކަނި މެޗަކީ، އެ ޓީމުން އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗެވެ. އެއީ، ގދ. ގައްދޫ ފުޓްބޯޅަ ޓީމު އަތުން 2-0 އިން މޮޅުވި މެެޗެވެ. 

ލީގު ތާވަލަށް ބަލާއިރު، ނިއު ހަތަރެއްގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. އަދި، ބުރު އޮތީ ހަތަރު މެޗުން ތިން ޕޮއިންޓް ހޯދައިގެން ލީގުގެ ނުވަ ވަނައިގަ އެވެ. 

ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ.

މިރޭ އިރުއޮއްސުނު ފަހުން ވާރޭ ވެހެން ފެށި ގޮތަށް، މި ވަގުތާ ހަމައަށް ވެސް މާލެއަށް ދަނީ ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހެމުންނެވެ. އޭގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox