ވިލާ ކޮލެޖު ސޯޝަލް ރިސާޗު އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ ޖުލައި މަހު

Nov 19, 2026, 1:15 PM
ވިލާ ކޮލެޖްގެ  ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ އަހަރު ޖުލައި މަހު

ވިލާ ކޮލެޖްގެ ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ އަހަރު ޖުލައި މަހު

ވިލާ ކޮލެޖުގެ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި 2027) އަންނަ އަހަރުގެ ޖުލައި މަހު ބާއްވަން ތާވަލުކޮށްފި އެވެ.

އެ ކޮލެޖުން ހާމަކޮށްފައިވާ ގޮތުގައި މި ކޮންފަރެންސް އޮންނާނީ ޖުލައި ތިނަކުން ހަތަރަކަށެވެ. ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރުއައި) އިން އިންތިޒާމުކޮށް ކޮންމެ އަހަރަކު ބާއްވާ މި ރިސަރޗް ކޮންފަރެންސަކީ ތައުލީމީ ދާއިރާއާއި، ސިނާއަތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ތަފާތު ފަންތީގެ ބައިވެރިންގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރާ ހަރަކާތެކެވެ. 

މި ކޮންފަރެންސްގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމާއި، އިޖުތިމާއީ އަދި އިގްތިސާދީ ހަމަހަމަކަމުގެ އިތުރުން ޒިންމާދާރުކަމާއެކު ޓެކްނޮލޮޖީ ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް އެއްބާރުލުން ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަންނަ އަހަރުގެ އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ކޯ-ކްރިއޭޓިންގ ޓުމޯރޯ؛ ޕީޕަލް، ޕާޓްނަޝިޕްސް އެންޑް ޕާޕަސްފުލް އިނޮވޭޝަން" މި ޝިއާރުގެ ދަށުންނެވެ.

މި ޝިއާރުގެ ދަށުން ދިރާސާވެރިންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނަށް ދައުވަތު އަރުވަނީ އާންމު ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. މި ބައްދަލުވުމުގައި ފާހަގަކޮށްލެވޭ ކީނޯޓް ސްޕީކަރުންގެ ވާހަކަދެއްކެވުމާއި، ސިނާއަތުގެ ލޯކަލް އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށްދާނެ އެވެ.

ކޮންފަރެންސްގެ ތަފްސީލުތައް ހާމަކުރެއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ ޑރ. މުހައްމަދު އާދިލް ވަނީ މިއީ ހައިބްރިޑް ފޯމެޓަށް ކުރިއަށްދާނެ ހަރަކާތެއްކަން އިއުލާން ކުރައްވާފަ އެވެ. އަދި އިތުރު މައުލޫމާތު ހިއްސާކުރެއްވީ އައިސީއެސްއާރުއައިގެ ކޯޑިނޭޓަރު ޑރ. މަމްދޫހާ އިސްމާއީލް އެވެ.

މި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 4، 2027 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބައިވެރިވާން އެދޭ ފަރާތްތަކަށް ޖޫން 7، 2027 ގެ ނިޔަލަށް އެ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox