ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Oct 28, 2026, 8:30 AM
ވިލާ ކޮލެޖުގެ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ސެމެސްޓަރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ސެމެސްޓަރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުން ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ރަސްމީކޮށް ހުޅުވާލައިފި އެވެ.

މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް، ތަފާތު އެކި ދާއިރާތަކުން 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 26 ޑިސެމްބަރު 2026 އެވެ.

މި އިންޓޭކްގައި ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ލޯ، ޝަރީޢާ، އިސްލާމީ ފައިނޭންސް، ޕޮލިޓިކަލް ސައިންސް، އަދި ތަޢުލީމީ ދާއިރާގެ އެކި ސްޕެޝަލައިޒޭޝަންތައް ހިމެނެއެވެ. މީގެ އިތުރުން ބިޒްނަސް މެނޭޖްމަންޓް، އެކައުންޓިންގ، އިންޖިނިއަރިންގ، ނަރސިންގ، ސައިކޮލޮޖީ، އަދި ކަލިނަރީ އާރޓްސް ފަދަ މުޖުތަމަޢަށް ބޭނުންތެރި ގިނަ ދާއިރާތަކަކުން ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

Advertisement

ވިލާ ކޮލެޖަކީ ރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ހޯދުމަށް އޮތް އެންމެ އިތުބާރު ހުރި އެއް މުއައްސަސާއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫ.ޑަބްލިޔު.އީ ބްރިސްޓަލް) އާއި ޕޯޓްސްމޯތް ޔުނިވަރސިޓީ، އަދި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް އެ ކޮލެޖުގައި ކުރިއަށް ގެންދެއެވެ. ޚާއްޞަކޮށް ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ ފަހު އަހަރުތައް އިނގިރޭސިވިލާތުގައި ފުރިހަމަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

ތަޢުލީމީ ފެންވަރުގެ ގޮތުން ބަލާއިރު، ވިލާ ކޮލެޖަކީ ކިއު.އެސް ސްޓާޒް ރޭޓިން ސިސްޓަމުން ފައިވް ސްޓާރ އެކްސެލެންޓް ރޭޓިންގ ލިބިފައިވާ ރާއްޖޭގެ ހަމައެކަނި މަތީ ތަޢުލީމުދޭ މުއައްސަސާއެވެ. އަދި ޓައިމްސް ހަޔާ އެޑިއުކޭޝަންގެ އިމްޕެކްޓް ރޭންކިންގްސްގައި، ފެންވަރު ރަނގަޅު ތަޢުލީމުގެ ގިންތިން ދުނިޔޭގެ އެންމެ މަތީ 100 މުއައްސަސާގެ ތެރޭގައި އެ ކޮލެޖު ހިމެނެއެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖުގެ ގޮތުގައި ފެށި މި މުއައްސަސާއިން މިހާތަނަށް 27،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

ވިލާ ކޮލެޖުގެ އެކައުންޓިން އެންޑް ފައިނޭންސް ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި އިޢުތިރާފުތަކެއް ލިބިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ސީމާ (ސީ.އައި.އެމް.އޭ) އިން މެނޭޖްމަންޓް ލެވެލްއާ ހަމައަށް އެގްޒެމްޕްޝަން ދީފައިވާއިރު، އޭ.ސީ.ސީ.އޭ އިން ވަނީ މި ޕްރޮގްރާމަށް ހަ އެގްޒެމްޕްޝަން ދީފައެވެ. މިއީ ރާއްޖޭގެ ޑިގްރީއަކަށް މިހާތަނަށް އޭ.ސީ.ސީ.އޭ އިން ދީފައިވާ އެންމެ ގިނަ އެގްޒެމްޕްޝަނެވެ.

ދަރިވަރުންގެ ކިޔެވުން ބައްޓަންކޮށްފައިވަނީ މަސައްކަތުގެ މާހައުލަށް ބޭނުންވާ އަމަލީ ތަޖުރިބާ ލިބޭނެ ގޮތަށެވެ. މިގޮތުން އިންޓާންޝިޕްތަކާއި، ސިމިއުލޭޝަންތަކުގެ އިތުރުން މިއަހަރު އަލަށް ތައާރަފުކުރި "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓަރ" އާއި "ގްރެޖުއޭޓް ލާރނިންގ ޕްރޮފައިލް" މެދުވެރިކޮށް ދަރިވަރުންގެ ހުނަރުތައް ވަޒީފާދޭ ފަރާތްތަކަށް ހާމަކޮށްދެވެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް "ވީ-ކެއަރ" ކައުންސެލިންގ ހިދުމަތާއި، ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ލާރނިންގ ހަބްތަކާއި ލެބޯޓަރީތައް ކޮލެޖުގައި ޤާއިމުކޮށްފައިވެ އެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކަށް ލުއިފަސޭހަވާނޭހެން ގިނަ ޕްރޮގްރާމްތަކެއް އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ވެސް ވިލާ ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުންނަށް ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި އޯ ލެވެލް އާއި އޭ ލެވެލް ނަތީޖާ ފަހުން ލިބޭ ދަރިވަރުންނަށް ވެސް މި އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

ޓެކްސް އެޕީލްތަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Newsletter

Get the latest news delivered straight to your inbox