ޑީއެމްއާރްއާރްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

Nov 16, 2026, 10:47 AM
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފި.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފި.

މި މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި  ރައްކާތެރިކުރުމަށްް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2019 ވަނަ އަހަރުން ފެށިގެން މި ދުވުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައިވާ ހަރަކާތެކެވެ. މިއީ ޑީއެމްއާރްއާރް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އާދަތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، މިފަހަރުގެ ދުވުމުގައިވެސް ދުވުންތެރިންނަށް ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރުދާސް ތަށީގައެވެ. މީގެއިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި، ރީ-ޔޫސް ކުރެވޭ ފެންފުޅި ގެންގުޅުމަށް ހުރިހާ ދުވުންތެރިންނަށްވެސް ދިރާގުން ވަނީ ބާރުއަޅާފައެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި، މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް  18،000 ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވައިދެއެވެ. މިއީ ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، ޕްލާސްޓިކް ކުނި މަދުކުރުމަށް އެ ކުންފުނިން ކުރަމުންދާ މުހިންމު  މަސައްކަތެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެގެން ގޮސްފައިވަނީ، މިފަދަ ބޮޑެތި އިވެންޓްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެކަން ސާބިތުކޮށްދީފައިވާ ކާމިޔާބު ހަރަކާތަކަށެވެ. މިއަހަރުގެ ދުވުމުގައި 5،600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ އިރު، ޕްލާސްޓިކް ބޭނުންނުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހްތިޔާރުކުރުމަށް ހުރިހާ ބައިވެރިންނަށްވެސް ދިރާގުން ވަނީ ދައުވަތު އަރުވާފައެވެ.

އެންމެން ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ހެޔޮ ބަދަލުތަކުން، ތިމާވެއްޓަށް ރައްކާތެރި، ސާފު ފެހި ރާއްޖެއެއް ބިނާކުރުމަކީ ދިރާގުގެ އެންމެ މައިގަނޑު އެއް އަމާޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

Newsletter

Get the latest news delivered straight to your inbox