ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި 54 ދަރިވަރަކަށް އެވޯޑު ދީފި

Oct 4, 2026, 5:45 PM
ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް 2026" ބާއްވައިފި

ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް 2026" ބާއްވައިފި

ވިލާ ކޮލެޖުން ހިންގާ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހާސިލުކުރި 54 ދަރިވަރެއްގެ ފަހުރުވެރި އިލްމީ ކާމިޔާބީ ފާހަގަކޮށް، "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ހަފްލާގައި އެވޯޑު ހަވާލުކޮށްފި އެވެ.

ވިލާ ކޮލެޖުން 2021 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި އެވޯޑު ދިން މިއީ ހަ ވަނަ ފަހަރެވެ.

މުޅި ރާއްޖެއަށް ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކި މި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ނައިބު ރައީސް  ހުސައިން މުޙައްމަދު ލަތީފެވެ. މި ހަފުލާގައި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް (ޔޫޑަބްލިޔުއީ ބްރިސްޓަލް) ގެ ވައިސް ޗާންސެލާ، ޕްރޮފެސާ ސާ ސްޓީވަން ވެސްޓް، ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާއި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ 29 އިންޑަސްޓްރީ ޕާޓްނަރުންގެ އިސް މަންދޫބުންނާއި ދަސްވެނިންނާއި ބެލެނިވެރިން ބައިވެރިވި އެވެ.

Advertisement

އެވޯޑު ދިނުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ހުސެއިން މުހައްމަދު ލަތީފު ވަނީ، ދަސްވެނިންނާއި އެ ދަރިވަރުންގެ ލޮބުވެތި އާއިލާތަކުގެ މޫނުމަތިން ފެނުނު އުފާވެރިކަމަކީ، ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވާފަ އެވެ. އަދި ތަފާތު އެކި ދާއިރާތަކުން ދިވެހި ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޮޑެތި ކާމިޔާބީތަކެއް މިއަދު ވިލާ ކޮލެޖުން ހާސިލުކުރަމުންދާކަން ފާހަގަކުރައްވައި، ވިލާ ކޮލެޖުގެ ބާނީ ގާސިމް އިބްރާހީމަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި، ގައުމީ ޚިދުމަތްތެރި ބަތަލެއްކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ވިލާ ކޮލެޖުން ތަމްރީނުވެ ނިކުތް ގާތްގަނޑަކަށް 27,000 ދަސްވެނިން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްކުރަމުންދާއިރު، ދިވެހިރާއްޖޭގައި ދިވެހިންގެ އަމިއްލަ މުއައްސަސާއަކަށް މިތަން ވުމަކީ ކޮލެޖަށާއި މުޅި ގައުމަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި، ދިވެހި ދަރިންނަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގެ މަތީ ތައުލީމު ހާސިލުކުރުމުގެ މަގު ވިލާ ކޮލެޖުން ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ދެއްކެވި ވާހަކައިގައި، ދަސްވެނިން ދެއްކި ހިތްވަރާއި ބުރަ މަސައްކަތުން ސާބިތުކޮށްދިނީ ކުރިއަށް އޮތް ތައުލީމީ މަރުހަލާތަކަށާއި ވަޒީފާގެ ކުރިއެރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ މިންވަރުކަން ފާހަގަކުރެއްވި އެވެ. އަދި ދަސްވެނިން މި ކާމިޔާބީ ހާސިލުކުރީ އާއިލާގެ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންކަން ފާހަގަކުރައްވައި، ދަސްވެނިންގެ ކާމިޔާބީއަށް ވާސިލުވުމުގައި މަގުދައްކައި އެހީތެރިވެދެވުނުކަމީ ވިލާ ކޮލެޖް ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ވިލާ ކޮލެޖުގެ ގްރެޖުއޭޓުންގެ ސިފަތައް އަމަލީ ގޮތުން ދެއްކެވުމުގައި ދެމިތިބުމަށް ރެކްޓާ އިލްތިމާސްކުރެއްވި އެވެ.

ކޮލެޖުގެ ވައިސް ރެކްޓާ އެސޯސިއޭޓް ޕްރޮފެސާ ޑރ. އަލީ ނަޖީބު ދެއްކެވި ވާހަކައިގައި، ކޮލެޖް މެޑަލް ހާސިލްކުރާ ދަރިވަރުންނަށް ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ޕްރޮފެޝަނަލް ބޮޑީތަކާއި ފައުންޑޭޝަންތަކުގެ ތެރެއިން 29 ފަރާތަކުން އިންޑަސްޓްރީ ޕްރައިޒް ހުށަހަޅުއްވާކަން ފާހަގަކުރެއްވި އެވެ.

އެ ފަރާތްތައް ކޮލެޖުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ، ކޮލެޖާއި އިންޑަސްޓްރީތަކުގެ މުހިންމު ބައިވެރިންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އަދި ކޮލެޖުގެ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ނިންމައި ވަޒީފާގެ ބާޒާރަށް ނިކުންނަ ދަސްވެނިންނަށް އިންޑަސްޓްރީގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށް ޑރ. ނަޖީބު ވިދާޅުވި އެވެ.

މީގެއިތުރުން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޕްރޮގްރާމްތަކުން ގިނަ ދަރިވަރުންތަކެއް މަތީ ވަނަތައް ހޯދާފައިވުމަކީ، ވިލާ ކޮލެޖުގައި ތިބެގެން ކިޔަވާ ދަރިވަރުން ވެސް، ޔޫކޭގެ ބްރިސްޓޮލްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނާ އެއް ފެންވަރެއްގައި ކުރިއަރަމުންދާ ކަމުގެ ހެއްކެއްކަން ވައިސް ރެކްޓާ ފާހަގަކުރެއްވި އެވެ. އަދި މިފަދަ ފަހުރުވެރި ވަނަތަކެއް ހޯދި ދަރިވަރުންގެ ތެރޭގައި، ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތަކާއި ޢާއިލީ ޒިންމާތައް އަދާކުރަމުން ކިޔެވި ގިނަ ދަރިވަރުންތަކެއް ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮލެޖުގެ ތަސައްވުރާ ގުޅޭގޮތުން ނަޖީބު ވިދާޅުވީ، ކޮލެޖުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ކުރިމަގުގެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ (ފިއުޗަރ ޕްރޫފް) ދަސްވެނިންތަކެއް ބިނާކުރުމަށް ކަމަށެވެ.

އެ ގޮތުން ޔޫކޭގެ ކޮލިޓީ އެޝުއަރެންސް އޭޖެންސީ (QAA UK) ގެ އިންޓަރނޭޝަނަލް އެކްރެޑިޓޭޝަންގެ ފައިނަލް މަރުޙަލާ ވިލާ ކޮލެޖުން ނިންމާފައިވާއިރު، ކިއުއެސް ސްޓާޒް ރޭޓިން ސިސްޓަމުން ފަސް ތަރީގެ ރޭޓިން ލިބުނު ރާއްޖޭގެ ހަމައެކަނި ތަޢުލީމީ މުއައްސަސާއަކީ ވިލާ ކޮލެޖްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ދަރިވަރުންގެ އަމަލީ ތަޖުރިބާ މުއްސަނދިކޮށް މުޖުތަމައާ ގުޅުވައިލުމަށްޓަކައި، ކޮލެޖުން އަލަށް ތައާރަފުކުރި "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓާ" އާއި، ކްލާސްރޫމުން ބޭރުން ދަރިވަރުން ހޯދާ ތަޖުރިބާތަކާއި ހުނަރުތައް ވަޒީފާދޭ ފަރާތްތަކަށް ހާމަކޮށްދޭ "ލާނިން ޕްރޮފައިލް" ވެސް ވައިސް ރެކްޓަރގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ހަފްލާގައި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަކޮށްގެން، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ ސީޖީޕީއޭ ނުވަތަ އެވްރެޖް މާކްސް ހޯދައިގެން ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް 36 ދަރިވަރަކު ހާސިލުކުރިއިރު، ކޮންމެ ބެޗަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ލިބޭ ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް 53 ދަރިވަރުން ވަނީ ހާސިލުކޮށްފަ އެވެ.

ގާސިމް އިބްރާހީމް އެވޯޑް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް ކޮލެޖް މެޑަލް ވެސް ލިބިފައިވުމާއެކު، ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން ހޯދި ދަރިވަރާއެކު މި ހަފްލާގައި ޖުމްލަ 54 ދަރިވަރެއްގެ ކާމިޔާބީ ރަސްމީކޮށް ވަނީ ފާހަގަކޮށްފަ އެވެ.

މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކުން ގާސިމް އިބްރާހީމް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ. އަދި ބެޗްލާސް ޑިގްރީ ޕްރޮގްރާމްތަކުން މި އެވޯޑު ހާސިލްކުރި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރެކްޓާ އަހުމަދު އަންވަރާއި، ވިލާ ކޮލެޖް ކައުންސިލްގެ ސަރުކާރުގެ މަންދޫބު ޑރ. އަހުމަދު މުހައްމަދާއި، ސްޓީވަން ވެސްޓެވެ. 

ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ 29 އިންޑަސްޓްރީ ޕާޓްނަރުންގެ ފަރާތުން ބައިވެރިވެވަޑައިގަތް އިސް މަންދޫބުންނެވެ. އޭސީސީއޭ ގެ 2026 ވަނަ އަހަރުގެ ޖޫން ސެޝަންގެ އިމްތިހާނުގައި 'ފައިނޭންޝަލް މެނޭޖްމަންޓް' މާއްދާއިން ރާއްޖެއިން އެއް ވަނަ އަދި މުޅި ދުނިޔެއިން 30 ވަނަ ހޯދި އާއިޝަތު އަފްނާން އިބްރާހީމް އަހުމަދަށް ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން ހަވާލުކޮށްދެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.

މި އަހަރުގެ އެވޯޑް ހަފްލާގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެ ދަރިވަރުންނަށް އިނާމު ހުށަހެޅި ފަރާތްތަކަކީ:

  • ދަ ހޯކްސް
  • ވިލާ ހަކަތަ
  • ފައިސަލް ފައުންޑޭޝަން
  • އީވް ކްލިނިކް
  • ރެއިންބޯ އެންޓަޕްރައިޒަސް
  • ލިއޯ ޓްރޭޑިން
  • މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)
  • ދިރާގު
  • އަޒްމީ-ނައީމް މެޑިކަލް އެންޑް ޑައިގްނޮސްޓިކް ސެންޓަ (އޭއެމްޑީސީ)
  • އެސްއެޗްސީ ލޯ އެންޑް ޓެކްސް
  • ލިލީ އިންޓަރނޭޝަނަލް
  • ހައިރައިޒް
  • ކްރޯ މޯލްޑިވްސް
  • މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
  • މޯލްޑިވިއަން
  • އަމާނާ ތަކާފުލް (މޯލްޑިވްސް)
  • ޔުނިވާސަލް ފައުންޑޭޝަން
  • ވިލާ ފައުންޑޭޝަން
  • މައުމޫން ފައުންޑޭޝަން
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް)
  • އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ)
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)
  • އުރީދޫ މޯލްޑިވްސް
  • އެސް އެންޑް އޭ ލޯޔާސް
  • އެޑްވޮގާޑޯ ލޯ ފާމް
  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • ކޮކޯ ކަލެކްޝަން ބައި ސަންލޭންޑް ހޮޓެލްސް
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
  • ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

މި ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ވިލާ ކޮލެޖުން ވަނީ އިހުލާސްތެރި ޝުކުރެއް އަދާކޮށްފަ އެވެ.

ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް' ލިބެނީ، ކްލާހުގެ ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަން ހާސިލުކޮށް، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ ސީޖީޕީއޭ ނުވަތަ އެންމެ މަތީ އެވްރެޖް މާކްސް ހޯދާ ދަރިވަރުންނަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އިންޑަސްޓްރީ ލީޑަރުންނާ ގުޅިގެން ދެމުން އަންނަ 'ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް' ދެވެނީ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗަކުން ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަނާއެކު އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށެވެ.

މީގެ އިތުރުން 'ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން' އަކީ ބައިނަލްއަޤްވާމީ އިމްތިޙާނުތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ކޮލެޖުން ދޭ ސެޓްފިކެޓް އޮފް އެޗީވްމަންޓެކެވެ.

ވިލާ ކޮލެޖުން ބުނީ މި އެވޯޑު ނައިޓަކީ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންނާއި މޮޅު ދަރިވަރުން ގުޅުވައިދީ، ގައުމީ ހިދުމަތަށް ގާބިލު ޖީލެއް ނެރެދިނުމުގައި ވިލާ ކޮލެޖުން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.

މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން، 2007 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖުގެ ގޮތުގައި ޤާއިމުކުރެވުނު ވިލާ ކޮލެޖުން މިހާތަނަށް 27,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ފުރިހަމަކޮށް ދަސްވެނިވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox