ގޫގަލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީ ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކަށް އުރީދޫ

Nov 17, 2026, 1:30 PM
އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޫގަލް ޕިކްސެލް ފޯނުތަކަށް 5ޖީ ޚިދުމަތް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޫގަލް ޕިކްސެލް ފޯނުތަކަށް 5ޖީ ޚިދުމަތް ތައާރަފުކޮށްފި

ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް އުރީދޫ މެދުވެރިކޮށް ރާއްޖޭގައި ރަސްމީކޮށް 5ޖީގެ ހިދުމަތް ދޭން ފަށައިފި އެވެ. މިއާއެކު ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ހަލުވި އިންޓަނެޓް ސްޕީޑާއެކު އިތުރަށް ފުރިހަމަވެފައިވާ މޮބައިލް ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

ގޫގުލްގެ ނޮވެމްބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު، އުރީދޫ ނެޓްވޯކްގައި ޕިކްސެލް ފޯނު ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު މި ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުންކުރެވޭނެތީ، 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް މާ ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

މި އައު އަޕްޑޭޓާއެކު ގޫގުލް ޕިކްސެލްގެ ގިނަ މޮޑެލްތަކަކަށް މި ހިދުމަތް ސަޕޯޓްކުރެ އެވެ. އޭގެ ތެރޭގައި:

  • ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ސީރީޒް
  • ޕިކްސެލް ފޯލްޑް ޑިވައިސްތައް
  • މި ޚިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތައް

މި ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ގޫގުލް ޕިކްސެލް ޑިވައިސްތަކަށް 5ޖީ ލިބުމަކީ ކަސްޓަމަރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެއް ކަމަށެވެ.

"އެންމެ ފަހުން އެކަން ހަގީގަތަކަށް ހަދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އަޑުއަހައި، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަން ފަހިކޮށްދިނުން. މި ޚިދުމަތަކީވެސް މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް،" ނިޔާޒް ވިދާޅުވި އެވެ.

މި ޚިދުމަތް ސަޕޯޓުކުރާ ޕިކްސެލް ފޯނު ގެންގުޅޭ މީހުން، ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކުރުމަށްފަހު މޮބައިލް ނެޓްވޯކް ސެޓިންސްއިން 5ޖީ އެނޭބަލްކޮށްލައިގެން ފަސޭހަކަމާއެކު ބޭނުންކުރަން ފެށޭނެ އެވެ. އުރީދޫގެ 5ޖީ ކަވަރޭޖް ލިބޭ ހުރިހާ ސަރަހައްދަކުންވެސް މި ހިދުމަތް ލިބިގެންދާނެއެވެ.

ފަހުގެ ޚަބަރު

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox