ހަފްލާތަކަށް ލައްކައިން ފައިސާ ހަރަދުނުކޮށް، އަސާސީ ބޭސް ހޯދައިދީ: އަލީ ރަމީޒު

އަލީ ރަމީޒް އޭނާ ހުށަހަޅައިދޭ ޕްރޮގްރާމެއްގައި: އަސާސީ އެތައް ބޭހެއް ނުލިބިގެން މީހުން ތެޅިފޮޅެމުންދާ ކަމަށް އޭނާ ބުނި -- ފޮޓޯ: އަލީ ރަމީޒު

އަލީ ރަމީޒް އޭނާ ހުށަހަޅައިދޭ ޕްރޮގްރާމެއްގައި: އަސާސީ އެތައް ބޭހެއް ނުލިބިގެން މީހުން ތެޅިފޮޅެމުންދާ ކަމަށް އޭނާ ބުނި -- ފޮޓޯ: އަލީ ރަމީޒު

ހަފްލާތަކަށް ލައްކައިން ފައިސާ ހަރަދުނުކޮށް، ރައްޔިތުންނަށް އަސާސީ ބޭސް ހޯދައިދިނުމަށް ސޯޝަލް މީޑިއާގައި މަގްބޫލު ޝަހުސިއްޔަތެއް ކަމަށްވާ އަލީ ރަމީޒް މިއަދު ގޮވާލައިފި އެވެ. 

އަލީ ރަމީޒް އެކްސް ގައި ބުނީ އަސާސީ އެތައް ބޭހެއް ނުލިބިގެން މީހުން ތެޅިފޮޅެމުންދާއިރު، ސަރުކާރުން ބޮޑެތި ހަފްލާތައް ބާއްވައި ލައްކައިން ފައިސާ ހަރަދުކުރަމުންދާ ކަމަށެވެ. 

"ބޮޑެތި ހަފްލާތައް ބާއްވަން ލައްކައިން ފައިސާ އިސްރާފުނުކޮށް، އެކި އެކި ބަލިތަކަށް ކާން ޖެހޭ އަސާސީ ބޭސްކޮޅު ލިބޭވަރު ކޮށްލަދީ. ވަﷲ، އެތައް ބައިވަރު ބޭހެއް ނުލިބިގެން މީހުންތައް ތެޅިފޮޅެނީ. ހިތްފަޅައިގެންދާވަރުވޭ،" އޭނާ ބުންޏެވެ. 

އަލީ ރަމީޒް އަންނަނީ ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުކިޔަމުންނެވެ. އެގޮތުން އިޒްރޭލާއި ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލުމުގެ ތެރެއިން ހުރިހާ ދީނެއް ރާއްޖޭގައި ހިމާޔަތްކުރުމަށް ހުށަހެޅި ބިލަށް އޭނާ ފާޑުކިޔެވެ. 

"ޔަހޫދީންގެ ނުބައި ވާހަކަ ދެއްކުން މުސްލިމުންގެ ދޫތަކުން ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް. އެއީ އެމީހުންގެ [މުސްލިމުންގެ] ބޯތައް ކަނދުރާއިން ވަކި ކުރުން،" އަލީ ރަމީޒް ބުނެފައިވެ އެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ދެބައިވެގެންދިޔައިރު ވެސް ރައްޔިތުންނަށް ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރެވިފައިނުވާކަން އެމަނިކުފާނު މިދިޔަ ސެޕްޓެމްބަރުގައި ގަބޫލު ކުރެއްވި އެވެ. 

ރާއްޖޭގައި ބޭސް ލިބުން މިހާ ބޮޑަށް ދަތިވީ މުއިއްޒުގެ ވެރިކަމުގަ އެވެ. އެކަން ފެށުނީ ވެރިކަމުގެ ފުރަތަމަ ކޮޅު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އިއުލާނު ކުރެއްވި އިންޑިއާއާ ދުރުވުމުގެ މަގުޗާޓަށްފަހު އެވެ. މުއިއްޒު ބޭނުންވެވަޑައިގަތީ އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުމަށެވެ. 

އޭގެ ފަހުން ބޭހުގެ މައްސަލަ ބޮޑުވުމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ދިމާވަނީ ބޭހުގެ ވިޔަފާރި ކުރާ މީހުން ގަސްދުގައި ބޭސް އެތެރެނުކޮށް ދަތި ކުރާތީ ކަމަށެވެ. އެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ސެޕްޓެމްބަރު 9، 2025، ގައި ސްޓޭޓް ފާމާގެ ނަމުގައި ދައުލަތުގެ ބޭސް ކުންފުންޏެއް އުފައްދައިފަ އެވެ. އޭގެ ފަހުން ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox