ބޭސް ނުލިބުން
4 ލިޔުން
ފަހުގެ
ހަބަރުތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް
ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.
ހަބަރުރައްޔިތުންނަށް ބޭސް ލިބެން ދަތިވާކަން މުއިއްޒު ގަބޫލުކުރައްވައިފި
ރާއްޖޭގައި ބޭސް ލިބުން މިހާ ބޮޑަށް ދަތިވެފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގަ އެވެ. އެކަން ފެށުނީ ވެރިކަމުގެ ފުރަތަމަ ކޮޅު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އިއުލާނު ކުރެއްވި އިންޑިއާއާ ދުރުވުމުގެ މަގުޗާޓަށްފަހު އެވެ. މުއިއްޒު ބޭނުންވެވަޑައިގަތީ އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުމަށެވެ.
