ރާއްޖޭގައި ބޭސް ލިބުން ދަތިކަން އދ. ގެ ރެޕަޓުއާ ވެސް ފާހަގަކުރައްވައިފި

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ، ޑރ. ތްލަލެންގް މޮފޮކެންގް: ރާއްޖޭގައި ބޭސްލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ އޭނާ ވަނީ ފާހަގަކުރައްވާފައި

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ، ޑރ. ތްލަލެންގް މޮފޮކެންގް: ރާއްޖޭގައި ބޭސްލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ އޭނާ ވަނީ ފާހަގަކުރައްވާފައި

ދިވެހިރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް މިއަދު ފާހަގަކުރައްވައިފި އެވެ.

ރާއްޖޭގައި ސިއްހީ ހައްގުތައް ލިބޭ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޑރ. މޮފޮކެންގް މިނިސްޓްރީތަކާއި އިދާރާތަކާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކަށް އަސާސީ ބޭސްތައް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އަސާސީ ބޭސްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންވާ ބޭސްތަކާއި، ހޮސްޕިޓަލްތަކުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރަންޖެހޭ މުހިންމު ބޭސްތައް ލިބުމުގައި ވެސް ދަތިތައް ދިމާވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

Advertisement

ޑރ. މޮފޮކެންގް ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނާއި ބޭސް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖެއަށް ބޭނުންވާ މިންވަރު މަދުވުމުގެ ސަބަބުން ވިޔަފާރީގެ ފައިދާއަށް ބަލާ ބޭރުގެ ކުންފުނިތަކުން ބޭސް އެތެރެކުރުމަށް ޝައުގުވެރިކަން ކުޑަވުމެވެ. އޭގެ ސަބަބުން ޑޮކްޓަރުންނަށް ބޭނުންވާ އާލާތްތަކާއި ސާމާނު ނުލިބި މަސައްކަތް ކުރަންޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، މިފަދަ އެއްބަސްވުންތައް ގާއިމުކުރުމުގައި ސަރުކާރުން މިހާރަށްވުރެ ބޮޑަށް މަޝްވަރާކޮށް، ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރެޕަޓުއާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ހަރަދުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ސިއްހީ ބިލުގެ ގާތްގަނޑަކަށް 60 ޕަސަންޓަކީ ބޭހަށް ކުރާ ހަރަދު ކަމަށެވެ. 

"މިކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭސް ވިއްކޭނެ އެންމެ މަތީ އަގުތައް ކަނޑައެޅުމާއި، ބޭސްވެރިކަމުގެ ދާއިރާއަކީ ހަމައެކަނި ފައިދާ ހޯދުމަށް ކުރާ މަސައްކަތަކަށް ނުހަދައި، ސިއްހީ އިގްތިސާދާއި ބޭސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން ކުރިއަށްދާ ކަމެއްކަން ކަށަވަރުކުރަންޖެހޭ. ބޭސް ގަތުމުގެ ނިޒާމަކީ ދެފުށް ފެންނަ، އިސްރާފު ކުޑަ އަދި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމަކަށް ވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ ވިޔަފާރި މުއައްސަސާ އެސްޓީއޯ އާއި ޑޮކްޓަރުންގެ ޖަމިއްޔާ އަދި އެހެނިހެން ގުޅުންހުރި އިދާރާތަކުން ބައްދަލުކޮށް، ބޭސް ލިބުމުގެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަން މޮފޮކެންގް ފާހަގަކުރެއްވިއެވެ.

ރެޕަޓުއާ ވިދާޅުވީ، މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ސަބަބުން ބޭސް ހުރި މިންވަރު ވަގުތުން ވަގުތަށް ބަލައި، ބޭސް ހުސްވުމުގެ ކުރިން އަލުން ހޯދޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރާއްޖޭގައި 800 އަށް ވުރެ ގިނަ ބޭސް ފިހާރަ ހުރިއިރު، އަދި އާސަންދައިގެ ބަޖެޓުގެ ބޮޑު ބައެއް ފާމަސީތަކުގެ ބިލަށް ދައްކާއިރު ވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލި ގައުމީ މައްސަލައަކަށް އެކަން ވެފައިވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ މިދިޔަ އަންގާރަ ދުވަހު ވިދާޅުވި އެވެ.

ބޭހުގެ ބާޒާރުގައި ހުރި އެންމެ ބޮޑު އެއް މައްސަލައަކީ ބޭސް ވިއްކައިގެން ފާމަސީތަކުން ނަގާ ނަފާ އިންތިހާއަށް ބޮޑުވުން ކަމަށް ޒީނިޔާ ވިދާޅުވި އެވެ. ބައެއް ފާމަސީތަކުން 500 ޕަސެންޓާއި 600 ޕަސެންޓާ ދެމެދުގެ ނަފާއެއް ބޭހުން ނަގަމުންދާއިރު، ހޯލްސޭލް ރޭޓް ކޮންޓްރޯލް ކުރާނެ ނިޒާމެއް މިހާތަނަށް ގާއިމުކުރެވިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ ބޭސް ހުސްވަމުންދާ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭހާއި، ކުޑަކުދިންނަށް ދޭ ބައެއް ބޭސްތައް ބާޒާރުން ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އާންމުން ފާހަގަކުރެއެވެ.

މީގެ އިތުރުން އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގައި ގެނެވުނު ބައެއް ބަދަލުތަކާ ގުޅިގެންވެސް އާންމުންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ. އެންމެ އާދައިގެ ބައެއް ބޭސްތައް ނުލިބޭއިރު، ހާއްސަ ބައެއް ބަލިތަކަށް ދާއިމީ ގޮތެއްގައި ބޭނުންކުރާ ބައެއް ބޭސްތައް ވެސް ނުލިބެ އެވެ. 

އެސްޓީއޯއިން ބޭސް އެތެރެކުރަމުން ދާއިރާ، ބޭހުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު،  ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދި ނަމަވެސް ބޭހުގެ މައްސަލައަކަށް ހައްލެއް ނާދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox