އަސާސީ ބޭހުގެ 80 ޕަސެންޓު ބޭސްފިހާރަތަކުން ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރަން ހަ މަސްދުވަސް ދީފި

ބޭސްފިހާރައެއްގެ ބޭރުން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަދަދު

ބޭސްފިހާރައެއްގެ ބޭރުން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: އަދަދު

ބޭސްފިހާރަތަކުން ލިބެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އަސާސީ ބޭހުގެ މަދުވެގެން 80 ޕަސެންޓު އެ ފިހާރައަކުން ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.  

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭން ޖެހޭ އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަކީ އެމްއެފްޑީއޭގެ ޒިންމާއެކެވެ. އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އިއްޔެ އެ އިދާރާއިން ވަނީ ޝާއިއުކޮށްފަ އެވެ. އެ ލިސްޓާއެކު ބޭސްފިހަރާތައް ގިންތިކޮށް ގައިޑްލައިނެއް ވެސް ވަނީ އެކުލަވާލާފަ އެވެ. 

ފުރަތަމަ ގިންތީގައި ހިމެނޭ ބޭސްފިހާރަތަކަކީ ހޮސްޕިޓަލެއްގެ ގޯތި ތެރޭގައި ގާއިމުކޮށްފައި ނުވާ އާންމު ފިހަރާތަކެވެ. އެ ފިހާރަތަކުން ލިބެން ޖެހޭ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނެނީ 185 ބޭހެވެ. 

އެ ތަންތަނުން ވިއްކާ ބޭހުގެ ތެރޭގައި އާންމުކޮށް ދިމާވާ ކުއްލި ބަލިމަޑުކަމަށް ފަރުވާކުރާ ބޭހާއި، ދިގު މުއްދަތަކަށް ކާން ޖެހޭ ބޭހާއި، އަސާސީ ސިއްހީ ހިދުމަތުގެ ދަށުން ފަރުވާދެވޭ ބަލިތަކުގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ ފަރުވާތަކަށް ދޭ ބޭސްތަކެކެވެ. 

""ހުރިހާ ފާމަސީ އެއްގައި ވެސް ފާމަސީއަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 ޕަސެންޓު ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ،" އެމްއެފްޑީއޭއިން ބުނެފައިވެ އެވެ.

ދެވަނަ ގިންތީގައި ހިމެނޭ ބޭސްފިހަރާތަކަކީ ހޮސްޕިޓަލާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ތެރޭގައި ގާއިމުކޮށްފައިވާ ބޭސް ފިހާރަތަކެވެ. މި ފިހާރަކުން ފުރަތަމަ ގްރޭޑުގެ ފިހާރަތަކުން ލިބޭ ހުރިހާ ބޭހެއް ލިބެން ހުންނަން ޖެހެ އެވެ. އެ ލިސްޓުގައި 381 ބޭހެއް ހިމެނެ އެވެ.

އޭގެ އިތުރުން، ހާއްސަ އެކި ބަލިތަކަށް ދެވޭ ފަރުވާ (ސްޕެޝަލިސްޓް ކެއާ) އާއި، އެނދުމަތިކޮށްގެންނާއި އެނދުމަތިނުކޮށް ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދެވޭ ފަރުވާ އާއި، ކްރިޓިކަލް ކެއާ އަދި ނުރައްކާތެރި ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ބޭނުންވާ އިތުރު ބޭސްތައް ހިމެނެ އެވެ.

"މި ބަދަލާއެކު މިހާރު ހިންގަމުންގެންދާ ފާމަސީތައް، ގިންތި ކުރެވިފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ،" އެމްއެފްޑީއޭއިން ބުނެފައިވެ އެވެ. 

އަލަށް ރަޖިސްޓްރީކުރާ ބޭސްފިހާރަތަކަށް ހުއްދަ ދޫކުރާނީ އެ ފިހާރާއެއް ހިމެނޭ ގިންތީގައި ހަމަކުރަން ޖެހޭ ހުރިހާ ބޭހެއް ހަމަކުރުމުން ކަމަށް ވެސް އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ. 

އިއްޔެ އާންމުކުރި ގައިޑްލައިންގައި ވާ ގޮތުން ބޭސްފިހާރަތަކުން ތިން މަސްދުވަހުގެ މުއްދަތެއްގައި ދޫކުރެވުނު ބޭހުގެ މައުލޫމާތާއި އެވްރެޖް މިންވަރު ހިސާބުކޮށް ބަލަހައްޓަން ޖެހެ އެވެ. އަދި އެ މައުލޫމާތަށް ބަލައި އަސާސީ ބޭހުގެ އެއް މަސްދުވަހުގެ ސްޓޮކް ފިހާރަތަކުގައި ބަހައްޓަން ޖެހެ އެވެ. 

މި ގައިޑްލައިނަށް އަމަލުނުކުރާ ބޭސްފިހާރަތަކުގެ އޮޕަރޭޓިން ލައިސެންސް 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

ސަރުކާރުގެ ބޭސްފިހާރާތައް ހިންގަން ހާއްސަ ކުންފުންޏެއް ވެސް ވަނީ އުފައްދާފަ އެވެ. އެ ކުންފުނި ސަރުކާރުން އުފެއްދީ ބޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އަދިވެސް އެ މައްސަލައަކަށް ހައްލެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox