ވެލެންސިއާ ބަލިކޮށް ރެއާލުން އެއް ވަނައިގައި އޮތް ބާސެލޯނާ އެއްވަަރުކޮށްފި

Nov 8, 2026, 10:26 AM
ވެލެންސިއާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން އާޑާ ގުލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ވެލެންސިއާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން އާޑާ ގުލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޑްރިޑް (ނޮވްމެބަރު 8) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ވެލެންސިއާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުން އެއްވަރުކޮށްފި އެވެ. 

ބާސެލޯނާ، އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަަނީ 12 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 11 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އިން މިރޭ ކުޅޭނީ ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެވެ. 

ވެލެންސިއާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 28 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލުންނެވެ. މިއީ، ހިލޭޖެހުމަކުން ކީލިއަން އެމްބާޕޭ ޖެހި ބޯޅައެއް ދެ ވަނަ ފަހަރަށް ކުޅުމުގެ ތެރެއަށް އައި ވަގުތު އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ވަލްވޭޑޭ ޖެހި ގޯލެކެވެ. 

މެޗުގެ 36 ވަނަ މިނިޓްގައި ރެއާލުން ލީޑުފުޅާކޮށްފަ އެވެ. މިއީ، ޖޫޑް ބެލިންހަމްގެ އެޓޭކެއްގައި ވެލެންސިއާގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އާޑާ ގުލާ ވޮލީ އަކުން ޖެހި ގޯލެކެވެ. ރެއާލްގެ ތިން ވަަނަ ލަނޑު ޖެހީ އެމްބާޕޭ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. މިއީ، މި ފަހަރުގެ ލީގުގައި އެމްބާޕޭ ޖެހި 13 ވަނަ ގޯލެވެ. 

ރެއާލުން ހަތަރު ވަނަ ގޯލެއް ޖަަހަން ކުރި އެޓޭކެއްގައި، އެމްބާޕޭ ހުސްކޮށް ބޯޅަ ހިފައިގެން ދިޔަ ވަގުތެއްގައި އޭނާ އަށް ކުރި ފައުލަކާ ގުޅިގެން ވެލެންސިއާގެ ހޯސޭ ގާޔާ އަށް ވަނީ ރަތެއް ދައްކައިފަ އެވެ. ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި ވެލެންސިއާ އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 19 ވަނައިގަ އެވެ. ލީގުގައި ކުޅުނު 12 މެޗުން ވެލެންސިއާ މި ވަނީ ހަތް މެޗުން ބަލިވެފަ އެވެ. 

ރޭގެ މެޗު ނުވަ ވަނަ މިނިޓްގައި ވަނީ މެދުކަނޑާލައިފަ އެވެ. އެއީ، ދާދި ފަހުން މަރުވި ސްޕެއިނުގެ ދެ ވަނަ ޑިވިޝަންގެ ކްލަބް، ޓެނެރިފްގެ ފޯވާޑް، ޖީސުސް ޑި މިގުއެލްގެ ހަނދާން އާ ކުރުމުގެ ގޮތުން ގެނައި ސުކޫތެއްގައި ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އޮފިޝަލުން ބައިވެރިވުމަށްޓަކަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox