ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

"ތިއެއްޗެއްގައި ސޮއިކުރާ ތަނެއްގައި ތިމަން މަނިކުފާނު ނުވެސް އިންނަވާނަމޭ" ވިދާޅުވެ ނައިބުތުއްތު އެ މަޖިލިސް ދޫކުރައްވައި ނުކުންނެވި އެވެ. ނަތީޖާއެއްގެ ގޮތުން މަގާމުން ވަކިކުރެވި ނައިބުތުއްތު އަރުވާލެވުނެވެ.

"ތިއެއްޗެއްގައި ސޮއިކުރާ ތަނެއްގައި ތިމަން މަނިކުފާނު ނުވެސް އިންނަވާނަމޭ" ވިދާޅުވެ ނައިބުތުއްތު އެ މަޖިލިސް ދޫކުރައްވައި ނުކުންނެވި އެވެ. ނަތީޖާއެއްގެ ގޮތުން މަގާމުން ވަކިކުރެވި ނައިބުތުއްތު އަރުވާލެވުނެވެ.

"ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ އެ ކާފަރުންތަކާ ކުރިމަތިލައި ޝަހީދުވެދިއުންވެސް މާ ހެޔޮކަން ބޮޑެވެ." މިއީ 1887 ވަނަ އަހަރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (މަޝްހޫރު ނަމުންނަމަ ނައިބުތުއްތު) އޭރުގެ ދިވެހި ދައުލަތުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) އަށް އެރުވި ލަފާފުޅެވެ. މި ލަފާފުޅު އެރުވީ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަށް ދިއުމަށް އިނގިރޭސިންނާއެކު ހެދުނު އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ގޮތުންނެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ލަފާފުޅާ ދެކޮޅަށް އެއްބަސްވުމުގައި ރަސްގެފާނު ސޮއިއަޅުއްވައި، ދިވެހިރާއްޖެއަކީ އިނގިރޭސިންގެ އަޅުވެތި ގައުމަކަށް ހެއްދެވި އެވެ.

"ތިއެއްޗެއްގައި ސޮއިކުރާ ތަނެއްގައި ތިމަން މަނިކުފާނު ނުވެސް އިންނަވާނަމޭ" ވިދާޅުވެ ނައިބުތުއްތު އެ މަޖިލިސް ދޫކުރައްވައި ނުކުންނެވި އެވެ. ނަތީޖާއެއްގެ ގޮތުން މަގާމުން ވަކިކުރެވި ނައިބުތުއްތު އަރުވާލެވުނެވެ. ނައިބުތުއްތު މިވަރަކުން ދެކޮޅު ހެއްދެވި އެއްބަސްވުމުގައި ޒަޔަނިސްޓުންނަށް ދިވެހިރާއްޖޭގައި ވަޒަންވެރިވުން ހުއްދަކުރާ މާއްދާއެއް އެހެންނާ އިނގިރޭސިން އައިސް މިތަނުގައި ވަޒަންވެރިވާ ކަހަލަ މާއްދާއެއް އޮތީކީ ނޫނެވެ. އަދި ނައިބުތުއްތު އެ ފިޔަވަޅު އެޅުއްވީ އިނގިރޭސިންނަކީ ޔަހޫދީންނާ ގާތް ގުޅުމެއް އޮންނަ ބަޔަކަށް ވެގެންނެއް ވެސް ނޫނެވެ. އެހެންނަމަ އަދި ނައިބުތުއްތު ލައްކަ ވާހަކަ ވިދާޅުވީސްތާ އެވެ!

މިއެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގެ ފޮރިން ޕޮލިސީ އޮންނާންވީ އިނގިރޭސިންގެ ބާރުގެ ދަށުގަ އެވެ. އެކަން އެހެން އޮތަސް ދިވެހި ދައުލަތަކީ އޭގެ ޒާތުގައި އެތެރޭގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ މިނިވަން ދައުލަތެއްގެ ގޮތުގައި އޮވެ ދާޚިލީ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ލިބިދޭނެކަން އެއްބަސްވުން ކަށަވަރުކޮށްދެ އެވެ. މިހާރުގެ ދިވެހި ދީނީ ބައެއް ޖަމިއްޔާތަކުން އެބުނާ ކަހަލަ ކިތަންމެހާވެސް ރަނގަޅު ޝަރުތުތައް އެ އެއްބަސްވުމުގައި ހުއްޓެވެ.

ބޭރުގެ އެހެން ގައުމުތަކުގެ ނުރައްކާތަކުން ރާއްޖެ ހިމާޔަތްކުރުން މިއެއްބަސްވުމުގެ ދަށުން އިނގިރޭސިންނަށް ލާޒިމްކުރެ އެވެ. އަދި ކޮންމެ އަހަރަކުވެސް ސިލޯނުގައި ހުންނަ އިނގިރޭސި ގަވަރުނަރަށް ރާއްޖޭގެ ފަރާތުން ޚާއްޞަ ހަދިޔާތަކެއް ފޮނުވަންޖެހެ އެވެ. މީގެ ތެރޭގައި މުތާއި، ބޮލީގެ ބާވަތްތަކާއި ދިވެހި މަސައްކަތްތެރިކަމުގެ ތަކެތި ހިމެނެ އެވެ. ދިވެހިން އެހެން ގެއްލުންތަކުން ހިމާޔަތްކުރާވަރުގެ އުރައްޕެތް ހުރި އިނގިރޭސިންގެ ލަޝްކަރުން ދިވެހިން ހިމާޔަތްކުރަންޏާ އެވަރުގެ ހަދިޔާއެއް އަހަރަކު އެއްފަހަރު ދިނުމުގައި މައްސަލައެއް ނެތްތާ އެވެ؟

ނައިބުތުއްތު އެ ދުވަހު ކުރެއްވި ވަކާލާތު ނިސްބަތްކުރެއްވީ އިސްލާމްދީނަށް އެކަންޏެއް ނޫނެވެ. އިސްލާމްދީނުގެ އިތުރުން، އަމިއްލަވަންތަކަމާއި މިނިވަންކަމާއި މިނިވަނުންގެ ގޮތުގައި އަމިއްލައަށް ބާރުވެރިވުމުން ނުކުންނަ ނަތީޖާ މޮޅުވާނެކަމުގެ މައްޗަށެވެ.

ޝަރުތުތަކަކާއެކު ހުއްދަކަމަށް ވިދާޅުވެ މަގާމު ދެމެހެއްޓެވުމަށްވުރެ ނައިބުތުއްތު އިސްކުރެއްވީ ހައްގުކަމުގައި ދެކެވަޑައިގެންނެވި ގޮތެވެ. އޭގެ އަހަރުތަކެއް ފަހުން 1965 ވަނަ އަހަރުގެ ޖުލައި މަހުން ދުވަހެއްގައި، ދިވެހިން އިނގިރޭސިން އަތުން މިނިވަންވާން ނިންމި ނިންމުމުން އެނގެނީ، އެ ދުވަހުގެ ރަސްގެފާނުގެ ދުރުވިސްނުމަށްވުރެ ނައިބުތުއްތުގެ ދީނީ ސިކުނޑިން ދެއްވި ފަތުވާ ދިވެހިންނަށް މާބޮޑަށްވެސް ހެޔޮގޮތާއި ދުނިޔަވީ ކާމިޔާބުވެސް ކަށަވަރުކޮށްދޭކަމަށް ހުދު ދިވެހިން އޭގެ އަހަރުތަކެއް ފަހުން ގަބޫލުކުރިކަމެވެ.

ދުނިޔެ ދުށް ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަ ހިނގިއިރުވެސް ދިވެހިން ތިބީ އިނގިރޭސިންގެ ހިމާޔަތުގަ އެވެ. ހަނގުރާމައިގެ އުންޑަ އަރައިގެން ކަމަށް ނުވިޔަސް ދިވެހިންގެ އެތައް ބަޔަކު މަރުވެދިޔަ އެވެ. މުއްސަނދި އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮވެ ބޮޑުތަދާ ކުރިމަތިލައި ބަނޑުހައިހޫނުކަމުގަ އެވެ.

އިނގިރޭސިންނަކީ މިދެ ހަނގުރާމައިގައި ވެސް ނުހަނު އިސް ދައުރެއް އަދާކުރި ގައުމެއް ކަމަށްވެފައި، އިނގިރޭސިން އައްޑޫގައި ތިބުމުގެ ސަބަބުން، ޖަޕާނުގެ މަތިންދާބޯޓުތަކާއި ސަބްމެރިންތަކުގެ ޙަމަލާތައް ރާއްޖޭގެ ސަރަޙައްދަށް އަމާޒުވި އެވެ. އެގޮތުން އައްޑޫ ކަނޑުއޮޅީގައި އޮތް އިނގިރޭސި ތެޔޮ ބޯޓެއް ކަމަށްވާ "ބްރިޓިޝް ލޯޔަލްޓީ" އަށް ޖަޕާނުން ޓޯޕިޑޯ ޙަމަލާދީ ފައްތާލި އެވެ. ރައީސް މުޙައްމަދު އަމީން ސިފަކުރެއްވި ފަދައިން ރާއްޖެ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގަ އެވެ. ވިލާގަނޑުން ފެންނުފޭބިކަން އެއީ ނަސީބެވެ.

އެހެންވީމާ ރާއްޖޭގެ ސަރަހައްދަކުން ބައެއް ބޭރުގެ ބަޔަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ އެކަންކުރާއިރު، ހާއްސަ ވިސްނުންތަކެއް ބަހައްޓަންޖެހޭ ކަމަކެވެ. މިޒަމާނާއި އެ ޒަމާނާ ވެސް ތަފާތެވެ. މިޒަމާނުގައި ގައުމުތަކުން އަނެއް ގައުމުގެ މައްޗަށް ވެރިވެގަންނަ ގޮތާއި ބާރުފޯރުވާ ގޮތްވެސް ތަފާތެވެ. ހަމަމިފަދައިން މުސްލިމުންނަށް ނުވާ އެހެން ކޮންމެ ދީނެއްގެ ބަޔަކާއި، އިޒްރޭލުގެ އަނިޔާވެރި ޒަޔަނިސްޓުންނާވެސް ތަފާތެވެ.

ޒަޔަނިސްޓުންނަކީ އެމީހުން ތަނަކަށް ވެރިވާންވެއްޖެނަމަ، ވަރަށް މަކަރުވެރި ބޮޑެތި ރޭވުންތައް ރާވައި ހީލަތްތެރިކަމާއެކު އެތަނެއްގެ ބިމާއި މިނިވަންކަން ދަމައިގަންނަ ބަޔެކެވެ. މިއީ ތާރީހުން ސާފުކޮށް ފެންނާންހުރި ކަމެކެވެ. ނަވާރަސަތޭކަ ސާޅީސް އަށްވަނަ އަހަރާ ހަމައަށް އައިއިރުވެސް ފަލަސްތީނުން ބިން ގަތުމަކީ ގާނޫނީގޮތުން ޔަހޫދީންނަށް މަނާކޮށްފައި އޮތް ކަމެކެވެ. އެހެން އެކަން އޮއްވައި، ޔޫރަޕްގެ ޖަރުމަނު އަދި އިނގިރޭސި ވިލާތަށް ނިސްބަތްވާ ރައްޔިތުންގެ ނަންނަމުގައި އަދި ކުންފުނިތަކުގެ ނަމުގައި އެތަކެއް ބިމެއް އެމީހުން ގަތެވެ. ބައެއް ބިންތައް ގަންނަނީ ހޮސްޕިޓަލް، ސްކޫލް ނުވަތަ ޔަތީމުޚާނާ ހަދަން ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އެ ތަންތަން ބަދަލުކުރީ ޔަހޫދީން ވަޒަންވެރިވާ އަވަށްތަކަށެވެ.

ފަލަސްތީނުގެ ގިނަ އަދަދެއްގެ ދަނޑުވެރިންގެ ބިންތައް ފޭރިގަތުމަށް ވެސް އެމީހުން ހީލަތްތެރި އުކުޅުތަކެއް ބޭނުންކުރި އެވެ. އެގޮތުން ޓެކްސްދެއްކުމުން އެކެހެރިވުމަށް ރަޖިސްޓްރީނުކޮށް ހުރި ބިންތައް ބަލާފައި އެތަންތަން ލުބުނާނާއި ސޫރިޔާގެ ބައެއް ބޮޑެތި މުއްސަނދި އާއިލާތަކުގެ ނަންނަމުގައި ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔަ އެވެ. އެއަށްފަހު ލުބުނާނާއި ސޫރިޔާގެ ރައްޔިތުންގެ އަތުން ޔަހޫދީ ޖަމާއަތްތަކުން އެ ބިންތައް ގަތެވެ. މިގޮތަށް ފަލަސްތީނުގެ އެތައް ހާސް އޭކަރުގެ ބިން އެމީހުން ދަމައިގަތެވެ. ދަނޑުވެރިންނަށް ރޭކާލީ އެބައިމީހުން ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އައި ބިންތަކުން ނުކުތުމަށް ކޯޓު އަމުރު އައި ހިސާބުންނެވެ.

އިނގިރޭސިން ފަލަސްޠީނު ބަލަހައްޓަމުން ދިޔަ ދުވަސްވަރު، ޔަހޫދީ އައު އަވަށްތައް ހެދުން މަނާކުރެވުނެވެ. އެކަމާ ދެކޮޅަށް ޔަހޫދީން ނެރެދެއްކީ ޢުޘްމާނީ ޒަމާނުގެ ބޯދާ ޤާނޫނެވެ. އެ ޤާނޫނުގައި އޮންނަނީ ފާރެއްލައި، ފުރާޅެއް އަޅާފައިވާ އެއްވެސް އިމާރާތެއް ތަޅާލައިގެން ނުވާނެކަމަށެވެ. ދެން ޔަހޫދީން ކުރަންފެށި ކަމަކީ، ރޭގަނޑު ކުއްލިއަކަށް ބިމަކަށް ވަދެ، އެތައް ސަތޭކަ ބަޔަކު އެއްވެގެން ހެނދުނު އިރުއެރުމުގެ ކުރިން ލަކުޑި ފާރަކާއި ފާރަވެރިވާނެ ބުރުޖެއް ހަދާ ނިންމަނީ އެވެ. ހެނދުނު އިނގިރޭސި ސިފައިން އަންނައިރު އިމާރާތް ހުންނަނީ ނިމިފަ އެވެ. އެހެންކަމުން ޤާނޫނީ ގޮތުން އެ ނައްތާލެވޭކަށް ނޯވެ އެވެ.

އަހަރެމެން ހައިރާނެއް ނުވެ އެވެ. އެއީ ހޮނިހިރު ދުވަހު މަސްހިފުން މަނާކުރުމުން ހުކުރު ދުވަހު ވަށައިގެން އޮތްހާ ތަނަށް ދާއުކާފައި،  އާދީއްތަ ދުވަހު މަސްހިފި ބައިގަނޑު ނޫންތޯ އެވެ. އޭރެކޭ މިހާރެކޭ ޔަހޫދީން ހަމަ އެގޮތެވެ. ބަދަލުވީ ތަފާތުވީ މުސްލިމުންނެވެ. މުސްލިމުންގެ ވެރިންނެވެ.

ޔަހޫދީންނަކީ މިނޫންވެސް މިފަދަ ކިތަންމެ މަކަރުވެރި އޮޅުވާލުމުގެ ބަޔެކެވެ. ހާއްސަކޮށް އެކިއެކި ގައުމުތަކުން ބޮޑެތި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބޮޑެތި ބިންތައް ގަތުމުގައި ބައެއް ކުންފުނިތަކުގެ ލިޔުންތައް ފޯޖުކޮށް އުފެއްދުމާއި މަރުވެފައިވާ މީހުންގެ ނަން ބޭނުންކޮށް ވަގުސޮއިކުރުމާއި މިބާވަތުގެ ކަންކަމަކީ ވަރަށް އާންމުކޮށް އެމީހުން ކޮށްފައި ހުރި ކަންކަމުގެ ގޮތުގައި ތާރީހުން ފެންނާން ހުރި ކަންކަމެވެ.

ރަސްމާލެ ޕްރޮޖެކްޓު ދީފައިވާ ކުންފުނީގެ ބޮޑު މީހާ މުޙައްމަދު ޢަލީ އަލްޢައްބާރަކީ، އިޒްރޭލުގެ ޒަޔަނިސްޓުންނާ ކޮންފަދަ ގުޅުމެއް އޮތް ފަރާތެއްކަން އޭނާގެ ރަސްމީ ފޯރަމްތަކާއި އެކި ޕްލެޓްފޯމުތަކުގައި އަމިއްލައަށް ދައްކަވާފައިވާ ވާހަކަތަކުންވެސް އެހެރީ ހާމަޔަށް ފެންނާށެވެ! އިޒްރޭލުގެ ޒަޔަނިސްޓުންނަށް އޭނާގެ ހިތުގައި އޮންނަ ލޯބި އެއީ މީހަކަށް ވަންހަނާކޮށްގެން އޭނާ އުޅޭ އެއްޗެއް ނޫނެވެ.

ދުބާއީގައި އެންމެ ފުރަތަމަ ޔަހޫދީން އަޅުކަންކުރާ ސިއްރު އައްޑާއެއް އެޕާޓްމަންޓެއްގައި ތަރައްގީކޮށްދިނުމުގެ އަޑީގައިވެސް ހުރީ އަލްޢައްބާރެވެ. އަދި ރަސްމީކޮށް އެމިރޭޓްސްގައި އެންމެ ފުރަތަމައަށް ޔަހޫދީ ފައްޅިއެއް ހުޅުވުމުގެ އަޑީގައިވެސް ހުރީ އަލްޢައްބާރެވެ. އޭނާއަކީ އިސްލާމީ ވެށިތަކަށް ޒަޔަނިސްޓުން ވެއްދުމުގެ ހާއްސަ މޮޅު އުކުޅުތައް ހަފުށުން ދަނެގެންހުރި އެކަމުގެ ތަޖުރިބާކާރެކެވެ.

ޔަހޫދީންގެ މިތުރަކާ ގުޅިގެން ލައްކަ ފައިދާވެދާނެކަމަށް ދެކޭކަށް ހެޔޮ ނުވާނެ އެވެ. އެހެނީ ވިލާތުގެ ދޮން ކްރިސްތިޔަނުންނަށްވުރެ އެމީހުން އަހަރެމެންނަށް އެދޭނެ ހެވެއް ވަކި ނުއޮންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

އިސްރާ ސޫރަތުގެ 16 ވަނަ އާޔަތުގައިވެ އެވެ.

"ތިމަންކަލާނގެ ރަށެއް ހަލާކު ކުރެއްވުމަށް އިރާދަކުރައްވައިފިނަމަ، އެރަށެއްގެ ތަނަވަސްކަމާއި އަރާމުގައި އުޅޭމީހުންނަށް (ކިޔަމަންތެރިވުމަށް) ތިމަންކަލާނގެ އަމުރުކުރައްވަމު އެވެ. ދެން އެމީހުން އެރަށުގައި ނުކިޔަމަންތެރިވެ، ފާފަކުރެ އެވެ. އެހިނދު، އެރަށުގެ މައްޗަށް އަޒާބުގެ ބަސްފުޅު ކަނޑައެޅި ހައްގުވެދެ އެވެ. ދެން ތިމަންކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނައްތަވައިލައްވަމު އެވެ."

 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox