ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހިންގަމުންދިޔަ ކެފޭއެއްގައި ކަމަށެވެ. އެ ހާދިސާގައި ޖުމުލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުކަމަށް ފުލުހުން ބުންޏެވެ.
"މި ހާދިސާގައި ޖުމުލަ ފަސް މީހަކަށޤ އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ،" ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި، ނޭނގެ އެވެ. ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.












