ރަސްމާލެ ވިއްކުމާ ދެކޮޅަށް ބާއްވާ އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

Nov 4, 2026, 5:10 PM
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިމްރާން ވާހަކަ ދައްކަވަނި

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިމްރާން ވާހަކަ ދައްކަވަނި

ރަސްމާލެ ވިއްކުމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތް" އިން ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން، 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހަށް ފަސްކޮށްފި އެވެ.

ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއްވުން ފަސްކުރީ މި ހަރަކާތާ އެމްޑީޕީން ގުޅުމުން، އިތުރަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

"މި ލިބުނު ވަގުތަކީ މިކަމަށް އިތުރަށް ތައްޔާރުވަން ލިބުނު ވަގުތު. ހާއްސަކޮށް އަތޮޅުތެރެއަށް ވަޑައިގަންނަވަން ތިއްބެވި ބޭފުޅުން އެ ކަމަށްޓަކައި ރަނގަޅަށް ތައްޔާރުވެގެން، ހަރަކާތްތައް އިތުރުކުރަމުން އެންމެން ގުޅެން ލިބުނު ވަގުތު،" އިމްރާން ވިދާޅުވިއެވެ.

މި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރަށް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވީ، އެއީ ރައީސް މުހައްމަދު މުއިއްޒުއަށް، ރަސްމާލެ ޔޫއޭއީގެ އީގަލް ހިލްސްއަށް ވިއްކާލުން އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ޔަގީންކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

ރަސްމާލެއާ ދެކޮޅު އެއްވުން ކުރިން ބާއްވަން ރާވާފައި އޮތީ ނޮވެމްބަރު 6، 2026 ވާ ހުކުރު ދުވަހު އެވެ. 

ރަސްމާލެ ވިއްކާލުމަށް ދެކޮޅުވާ މީހުން އިތުރުވަމުންދާތީ ސަރުކާރާއި އީގަލް ހިލްސްވެސް މިހާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައިކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރަށް މިކަމުން ފަހަތަށް ޖެހެން އޮތް އެންމެ ބޮޑު ހުރަހަކީ ވަކި ފަރާތަކާ ހަވާލުކުރެވިފައިވާ ފައިސާތަކެއްގެ މައްސަލަކަމަށް ތުހުމަތުކުރައްވައި، އެ ފައިސާ ދައްކާނެ ގޮތެއް ސަރުކާރުގެ އިސްވެރިން އަމިއްލަފުޅަށް ހޯއްދަވަން ޖެހޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

"އެ ބުނާ ބުރަދަ އަބްދުﷲ އާ ހަވާލުކުރެވިފައި ހުރި ނުވަތަ ދެވިފައި ހުރި އަދަދުގެ ސަބަބުން [ރަސްމާލެ ދޫކުރުން] ހުއްޓާލައިފި ނަމަ، އެ އަދަދު އަނބުރާ ދައްކާނެ ގޮތެއް ނެތުންކަން އެއީ މިއަދު ސަރުކާރަށް މި ކަމުގައި އޮތް އެންމެ ބޮޑު ދައްޗަކީ. އެހެންނަމަވެސް، އެކަން ނިންމާނީ އެ ބޭފުޅުން އަމިއްލަފުޅަށް. އެ އަދަދު ދައްކާނެ ގޮތެއް ހޯއްދަވާނީ ބައެއް ބޭބޭފުޅުންގެ ގެދޮރު ވިއްކާލައިގެންތޯ ނުވަތަ އެ ނޫން ގޮތަކަށްތޯ އެކަން ވިސްނާނީ އެ ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.

ދެން އުފެދޭ ސަރުކާރަކުން މި އެއްބަސްވުން ބާތިލްކުރާނެކަން ގައުމީ ހަރަކާތުން ކަށަވަރު ކުރާނެ ކަމަށާއި ރައްޔިތުންގެ ވިންދާ ދެކޮޅަށް އެއްބަސްވުމުގައި ސޮއިކޮށް ރަސްމާލެ ހަވާލުކޮށްފި ނަމަ އެގްރީމެންޓު ބާތިލުކުރުމުން އީގަލް ހިލްސްއަށް ލިބޭ ގެއްލުމަށް ބަދަލެއް ވެސް ނުދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox