ރަސްމާލެ ޑީލުން ރާއްޖޭގެ އަމިއްލަވަންތަކަން ގާނޫނީ ގޮތުން ނިމުމަކަށް އަންނާނެ: ޖަމީލު

ކުރީގެ ނައިބުރައީސް ޖަމީލް: ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތުދޭން ބައިނަލްްއަގުވާމީ ގޮތުން ލާޒިމުކުރާނެ -- ފޮޓޯ: އަދަދު

ކުރީގެ ނައިބުރައީސް ޖަމީލް: ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތުދޭން ބައިނަލްްއަގުވާމީ ގޮތުން ލާޒިމުކުރާނެ -- ފޮޓޯ: އަދަދު

ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާއެކު ރާއްޖޭގެ އަމިއްލަވަންތަކަން ގާނޫނީ ގޮތުން ނިމުމަކަށް އަންނާނެ ކަމަށް ކުރީގެ ނައިބު ރައިސް މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޖަމީލް ވިދާޅުވީ ރަސްމާލެ ޑީލުގައި ސޮއިކުރާ ހިސާބުން ރާއްޖޭގައި ދީނީ މިނިވަންކަން ނޯންނާނެ ކަމަށް ނުވަތަ ފައްޅި ނޭޅޭނެ ކަމަށް ނުބުނެވޭނެ ކަމަށާއި އެތަނުގައި އެހެން ގައުމެއްގެ ބަޔަކު ވަޒަންވެރިވާއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެމީހުންނަށް އެކަންކަން މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.  

"މި އެގްރިމެންޓުގައި ސޮއިކުރާ ހިސާބަކީ ހަމަ ބަރާބަރު ގާނޫނީ ގޮތުން ލީގަލީ ދިވެހިރާއްޖޭގެ ފީޗާސް ނިމުމަކަށް އަންނަ ދުވަސް. ލީގަލީ. ހަމަ ގާނޫނީ ގޮތުން ދިވެހިރާއްޖެ ނިމުމަކަށް އަންނާނެ. އެ އަންނަނީ އެ ހިސާބުން ރާއްޖޭގެ ސަރުކާރަކަށް ނުބުނެވޭނެ މިތާނގައި މިސާލަކަށް ދީނީ މިވެނި މިނިވަންކަމެއް ނޯންނާނެއޭ. މިތާނގައި ފައްޅިތައް ނޭޅޭނެއޭ،" ޖަމީލް ވިދާޅުވި އެވެ. 

"މިތާނގައި މިސާލަކަށް ސާމޯއާ ދެން ހުރި އެއްބަސްވުމުން ޕްރެކްޓިސް ނުކުރެވޭނެ. މިތާނގައި ގޭ ރައިޓްސް ނޯންނާނެ. އޮންނާނެ. އެއީ އެ މީހުންނާ އެކީގައި އެ މީހުންނަށް ވިއްކަނީ 99 އަހަރަށް. ބައިނަލްއަގުވާމީ ގާނޫނުތައް ލާޒިމުކުރާނެ އެ ބަޔަކު ދިރިއުޅޭ ތަނެއްގައި އެ ބަޔަކަށް އެއް ކަންތައްތައް ކުރަން. އެ ބަޔެއްގެ ވޯޝިޕް ކުރާ ތަންތަން، އަޅުކަންކުރާ ތަންތަން އޮންނާނެ."

ރާއްޖެ އުފެދުނީ އަމިއްލަ ތަނެއްގެ ގޮތުގައި ވަކި ސިފަތަކަކާ އެކުގައިކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ބައެއް ގައުމުތައް އުފެދިފައިވަނީ ތަފާތު އެކި ސިފަތަކާއެކު ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮތީ އެއް ނަސްލަކާއި، އެއް ދީނަކާއި، އެއް ބަހެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަސްލު ދިވެހިރާއްޖެ މި އުފެދެނީ ދިވެހިން އަމިއްލަ ތަނެއްގެ ގޮތުގައި ދިވެހިންގެ ވަކި ސިފަތަކާ އެކީގައި. އެކި މީހުން ގައުމު އުފައްދަނީ އެކި ގޮތަށް. އެހެންވީމާ ދިވެހިން ބުނީ ދިވެހިރާއްޖެއަކީ މިސާލަކަށް އެއް ނަސްލެއް، އެއް ބަހެއް އިނގޭތޯ، އެއް ދީނެއް. މިހެން އޮންނަ ކެރެކްޓާ މިއީ ތިމަންނަމެންގެ ގައުމޭ. އެ ގޮތަށް އަޅުގަނޑުމެންނަށް ކަނޑައެޅިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ. 

ޖަމީލް ވިދާޅުވީ މެލޭޝިއާ، ސިންގަޕޫރުފަދަ ގައުމުތަކަށް މިނިވަންކަން ލިބުނުއިރު އެތާގައި އެކި ނަސްލުތަކުގެ މީހުން ތިބުމުން އެ މީހުންނަށް ބައިނަލްއަގުވާމީ ގާނޫނުން ބައެއް ހައްގުތައް ކަށަވަރުކޮށްދޭން ޖެހުނު ކަމަށެވެ. އެގޮތުން އެކި ދީންތަކަށް އެ ގައުމުތަކުގައި ފުރުސަތު ދެވިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި މި މަހުގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox