ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ ޑީޖޭއޭގެ އެންމެ މަތީ ވެރިއަކަށް ޕީއެންސީގެ ވަކީލު ޝަމީމް އައްޔަނުކޮށްފި

ޑީޖޭއޭގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އައްޔަނުކުރި އާދަމް ޝަމީމް -- ފޮޓޯ: ސަން އޮންލައިން

ޑީޖޭއޭގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އައްޔަނުކުރި އާދަމް ޝަމީމް -- ފޮޓޯ: ސަން އޮންލައިން

ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުމަށް އުފައްދާފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަކީލު، އާދަމް ޝަމީމް އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.

ޝަމީމްއަކީ މީގެ ކުރިން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ޑީޖޭއޭގެ ވެރިއަކަށް އައްޔަނުކުރުމުގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ.

Advertisement

ޑީޖޭއޭގެ ވެރިއަކަށް ޝަމީމް އައްޔަނުކުރިއިރު، ސިވިލް ކޯޓުގެ ގާޒީކަމަށް ވެސް ޕީއެންސީއަށް ނިސްބަތްވާ މީހަކު އައްޔަނުކުރަން ޖޭއެސްސީން މަސައްކަތް ކުރި އެވެ.

ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަނުކުރަން ޖޭއެސްސީން ނިންމީ ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކޯޓުގެ އެކި އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮތް މުހައްމަދު ރާގިބު އަހުމަދު އެވެ.

ނަމަވެސް، އެކަމަށް ފާޑުކިޔުން އަމާޒުވުމުން، މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ކުޑަތަންވެފައި ވަނިކޮށް ޖޭއެސްސީން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

ޑީޖޭއޭގެ ވެރިޔާގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، އަމްޖަދު މުސްތަފާ މިދިޔަ އޭޕްރިލް 21، ގައި އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox