ނޫސްވެރިއަކަށް މަލާމާތް ކުރެއްވުމުން "ކިބުރުވެރި" މުއިއްޒަށް ފާޑުކިޔުން އަމާޒުވެއްޖެ

Sep 2, 2026, 9:16 AM
ނޫސްވެރިޔާ މުޒައްޔިން، ރައީސް މުއިއްޒުއާ ސުވާލެއް ކުރައްވަނީ: މުޒައްޔިނަށް ކުޑައިމީސްވާ ގޮތަށް ރައީސް ވަނީ ވާހަކަ ދައްކަވާފައި -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިޔާ މުޒައްޔިން، ރައީސް މުއިއްޒުއާ ސުވާލެއް ކުރައްވަނީ: މުޒައްޔިނަށް ކުޑައިމީސްވާ ގޮތަށް ރައީސް ވަނީ ވާހަކަ ދައްކަވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒުއާ ސުވާލު ކުރި ނޫސްވެރިއަކަށް އެމަނިކުފާނު މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަވާފައިވާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ. 

މަލާމާތުގެ ރާގަކަށް ރައީސް ވާހަކަ ދެއްކެވީ "ދައުރު" ނޫހުގެ މުޒައްޔިން ނާޒިމް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކުން މައްސަލަ އިތުރަށް ގޯސްވާތީ އެކަމާ ސުވާލު ކުރުމުން މުއިއްޒު ނޫސްވެރިޔާއަށް ކުޑައިމީސްވާ ގޮތަށް ރައްދު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ. 

މިހާރު ޕީޕަލްސް ނެޝަނަލް ފްރަންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ޖަމީލް އެ މައްސަލައިގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުއިއްޒު މީގެ ކުރިން އުޅުއްވި އާދައިގެ ދިރިއުޅުން ހަނދާނަށް ގެންނަވައިފަ އެވެ. 

"މަނިކުފާނުވެސް އުފަންވީ އާދައިގެ އާއިލާއަކަށެވެ. ވަށަފަރަށް ނިސްބަތްވާ އަތޮޅުތެރޭ އާންމު މީހެއްގެ ގޮތުގަ. ބޮޑުވީ މަންމަޔާ ބައްޕަ ވަކިވެ އެކަހެރި ނިކަމެތި މާހައުލެއްގަ. ދިރިއުޅުނީ އިއްޔެއާ ޖެހެންދެން ކުލި ދައްކައިގެން ވަރަށް އާދައިގެ ދިރިއުޅުމެއްގަ. އިންތިހާބުތެރޭ ބޭނުންކުރީ ބާވެ އިންދިރާސްވާން ކައިރިވެފައިވާ ބޫޓާއި ހެދުންތައް،" ޖަމީލް ވިދާޅުވި އެވެ. 

ރައްޔިތުން މުއިއްޒަށް ދޭ މުސާރަ އާއި އިނާޔަތްތަކުގެ ސަބަބުން ތަފާތު ދިރިއުޅުމެއް ލިބިވަޑައިގެންނެވި ނަމަވެސް ހަގީގީ ބާރުވެރިންނަނީ ރައްޔިތުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. 

"ވީއިރު، މިއަދު ރައްޔިތުން ހަވާލުކުރި މަގާމާއި މުސާރައިގެ ސަބަބުން ތަފާތު ދިރިއުޅުމެއް ލިބުނުކަން ހަނދާން ނައްތާނުލާށެވެ. ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި އޮތީ ރާއްޖޭގެ ހަގީގަތް. މަނިކުފާނު ބޮޑާވެ ކިނބުރުވެރި ނުވޭ! ހަގީގީ ބާރުވެރިންނަކީ އާންމު މީހުން. އެމީހުން ނިކަމެތިކޮށް ލަދު ނުގަންނަވާ،" ޖަމީލް ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން، ރައްޔިތުން މިހާރު މުއިއްޒު ސިފަ ކުރަނީ "ޒަމާނަކުން އައި ކިބުރުވެރިއެއްގެ" ގޮތުގައި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. 

"މިއަދު މީހުން [ރައްޔިތުން] މަނިކުފާނު ސިފަކުރަނީ ޒަމާނަކުން އައި ކިނބުރުވެރި ރާއްޖެ މިހާތަނަށް ނުދެކޭ މުތުލަގަށް ދޮގުހަދާ ވެރިޔެއްގެ ގޮތަށް. ވިސްނަންވީ ދާދިއަވަހަށް ޔަގީން ކަމާއެކު ނިމެންދާ ތި ވެރިކަމަށްފަހު، އާންމު މީހެއްގެ ގޮތުގައި އުޅެންޖެހޭނެ ހާލަތާމެދު ނޫންތޯ؟،" ޖަމީލް ވިދާޅުވި އެވެ.

 ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔާ މުޒައްޔިން ސުވާލު ކުރުމުން މުއިއްޒު ވަނީ ރައްދުގައި ނޫސްވެރިޔާއާ ސުވާލު ކުރައްވައިފަ އެވެ. މުއިއްޒު ފުރަތަމަ އެއްސެވީ މުޒައްޔިން "ކޮން ގައުމެއްގައި ތޯ ތި އުޅުއްވަނީ" އެވެ. 

އެހެން ސުވާލެއްގައި، ކޮންމެ ހަފުތާއެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލު ނުކުރައްވަނީ ކީއްވެތޯ މުޒައްޔިން އެހުމުން މުއިއްޒު ވަނީ "ކޮންމެ ހަފުތާއަކު ވެސް މީޑިއާއާ" ބައްދަލު ކުރައްވާ ކަމަށް ވިދާޅުވެ ދޮގު ހައްދަވައިފަ އެވެ. 

އެހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ދޮގު ހެއްދެވުމުން މުޒައްޔިންގެ މޫނަށްވީ ގޮތުން، "ހައިރާންފުޅުވެވަޑައިގެން އިންނަވާނެ ކަމެއް ނެތް" ކަމަށް ވިދާޅުވެ، އަނެއްކާ ވެސް އޭނާއަށް ކުޑައިމީސްވާ ގޮތަށް މުއިއްޒު ވާހަކަ ދެއްކެވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox