ރަސްމާލެ ވިއްކާލަނީ ޔަހޫދީން ވަޒަންވެރިކުރުވަން، މިއީ ދިވެހި ދައުލަތް ނެތިގެންދާފަދަ ނުރައްކާތެރި ފިޔަވަޅެއް: ޖަމީލް

Sep 28, 2026, 10:18 AM
ރަސްމާލެ ވިއްކާލުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތޮލިބް އާއި އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު. -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރަސްމާލެ ވިއްކާލުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތޮލިބް އާއި އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު. -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރަސްމާލޭގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދިވެހި ދައުލަތް ނެތިގެން ހިނގައިދާފަދަ ނުރައްކާތެރި ފިޔަވަޅެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުން ފަލަސްތީނުގެ ހައްގުގައި ތެދުވަމުންދާއިރު، ރާއްޖެއިން ޔަހޫދީންނަށް މަގުފަހިވާ ގޮތަށް މިފަދަ މުއާމަލާތްތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއީ ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ އާއި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށް ޖަމީލް އިންޒާރު ދެއްވި އެވެ. އަދި މިއީ ރާއްޖެ ދެކެ ލޯބިވާ ކޮންމެ ރައްޔިތަކު އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

"ރާއްޖެ ދެކެ ލޯބިވާ ކޮންމެ ރައްޔިތަކަށް މިއަށްވުރެ މިއަށްވުރެ ކަންބޮޑުވާ ކަމެއް ނޯންނާނެ އިނގޭތޯ. އަޅުގަނޑެއް މި ދައްކަނީކީ ތޯތޯ ވާހަކައެއް ނޫން. އަދި ފަހަރެއްގައި މި ދައްކާ ވާހަކަ މި ދައްކާ މިންވަރުން ރާއްޖޭގެ ރައްޔިތުންނަކަށް މިވަގުތު މީގައި ހުރި ހައްސާސްކަމާއި މީގައި ހުރި ނުރައްކާތެރިކަން އިޙުސާސް ނުވެދާނެ އިނގޭތޯ. އެހެންނަމަވެސް މި ނަގާ ފިޔަވަޅަކީ މި ރާއްޖެ އޮތުމާ ނެތުމުގެ ސުވާލެއް، މި ރާއްޖެ އޮތުމާ ނެތުމުގެ ސުވާލެއް އިނގޭތޯ. މިދައްކަނީ ތޯތޯ ވާހަކައެއް ނޫން،" ޖަމީލް ވިދާޅުވި އެވެ. 

ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި ރަސްމާލެ މަޝްރޫއުގެ ތެރެއިން ނުސީދާކޮށް ޔަހޫދީންނަށް ރާއްޖެއަށް ވަނުމުގެ މަގު މިހާރު ވަނީ ކޮށާ ނިންމާފަ އެވެ. މި މަސައްކަތުގައި އިސްކޮށް އުޅޭ އީގަލް ހިލްސް ކުންފުންޏާއި އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިޒްރޭލުގެ ވިޔަފާރިތަކާ ގާތް ގުޅުމެއް ބާއްވާ ފަރާތެއްކަން ފާހަގަކުރައްވަމުން، ޖަމީލް ވިދާޅުވީ ދުބާއީއަކީ އިޒްރޭލުން އެ މީހުންގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންކުރާ ޕްރޮކްސީއެއް ކަމަށެވެ. އަދި މުސްލިމު ނަމެއްގައި ތިބި ނަމަވެސް، މިފަދަ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދޫކުރުމަކީ ޔަހޫދީން ރާއްޖޭގައި ވަޒަންވެރިވުމަށް ހުޅުވައިދެވޭ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ތަނަށް ނުސީދާކޮށް ޔަހޫދީން ވަނުމަށްޓަކައި މި މަގުކޮށާ ނިމުނީ. އަދި މި ވާހަކައަކީ ހަދައިގެން ދައްކާ ވާހަކައެއް ވެސް ނޫން،" ޖަމީލް ވިދާޅުވި އެވެ. 

މި މުއާމަލާތުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަވަމުން ޖަމީލް ވިދާޅުވީ، މިއީ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ކަމެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި ވަޒަންވެރިވުމުގެ ހައްގު އޮންނަނީ ހަމައެކަނި މުސްލިމުންނަށް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން ބިން ގަންނަ ފަރާތްތަކަށް ޔަހޫދީންނަށް ނުވިއްކޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ސަރުކާރުން ދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަސްމާލެއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ބިމަކަށް ވާއިރު، އެ ބިން އެއްވެސް އަގަކާ ނުލައި ހިލޭ ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާވެސް ހިލާފު ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. މި މުއާމަލާތް ހިންގާފައިވަނީ އެއްވެސް ވާދަވެރި ބިޑަކަށް ނުގޮސް، ކެބިނެޓުގައި މަޝްވަރާނުކޮށް އަދި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުމެއް ނެތި ސިއްރުވެރި ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިން އަޑުނުއުފުލާތީ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، ބައެއް ސިޔާސީ ލީޑަރުންނަށް ސަރުކާރުން ބިންތަކާއި މަންފާތައް ދިނުމުން ހަނު ތިއްބަވާ ކަމަށް ވިދާޅުވެ، އެ ބޭފުޅުންނަށް ޖަމީލް ފާޑުވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox