އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ހުށަހެޅި ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ނުދީ ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ފަނޑިޔާރު ސުއޫދު، ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު. ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ސުއޫދު އިސްތިއުފާ ދެއްވުމުން އަނެއް ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި އެ ދެ ބޭފުޅުން މަޖިލީހުން ވަނީ ވަކިކޮށްފަ. -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ފަނޑިޔާރު ސުއޫދު، ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު. ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ސުއޫދު އިސްތިއުފާ ދެއްވުމުން އަނެއް ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި އެ ދެ ބޭފުޅުން މަޖިލީހުން ވަނީ ވަކިކޮށްފަ. -- ފޮޓޯ: ރައީސް އޮފީސް

އެއްވެސް އަސާސެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރުމުގެ ފުރުސަތު ނުދީ ބޭރުކޮށްލައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުންގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ކަނޑައަޅައި، ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމުމާ ގުޅިގެން، އެ ފަނޑިޔާރުން މަގާމުން ވަކިކުރީ އެއްވެސް އަސާސެއް ނެތިކަން އެނގޭ ކަމަށެވެ. 

އެހެންކަމުން، އެ މައްސަލައިގައި ޖޭއެސްސީގެ މެންބަރުން ޖަވާބުދާރީ ކުރުވުމަށް އެ ގަރާރުގައި ގޮވާލައިފައިވެ އެވެ.

Advertisement

އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ ވެރިކަންކުރާ ޕީއެންސީގެ 28 މެންބަރުންގެ ވޯޓާއެކު އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ވޯޓުދެއްވީ ހަތް މެންބަރުންނެވެ.

މަޖިލީހަށް ކުޑޫ ގަރާރެއް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ޖިނާއީ ދައުވާއެއް ނުކުރުމަށް ނިމިގެންދިޔަ ސެޕްޓެމްބަރު 30 ގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

ގަރާރުގައި، ޕީޖީ އޮފީހުގެ ނިންމުމަށް އިޝާރާތްކޮށް ބުނެފައިވަނީ، "އެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާ" ކަމަށެވެ.

 އަދި މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ސަބަބުން ޖޭއެސްސީން ޒިންމާދާރުވާންޖެހޭނެކަން ފާހަގަކުރައްވައި ގަރާރުގައި އިތުރަށް ބުނެފައިވަނީ، "ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައިކަމަށް ވުމާއެކު، އެކަމުގެ ޒިންމާ ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އުފުލައި، އެ ކަމަށް ޖަވާބުދާރީވާންޖެހޭނެ" ކަމަށެވެ.  

ފަނޑިޔާރުން ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ  މަގާމުން ވަކިކުރީ ޖޭއެސްސީގެ ލަފަޔާއެކު މެއި 14، 2025 ގައި ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ.

ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށްފަހު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާކަމަށް ބެލެވެން ނެތުމުން، ސެޕްޓެންބަރު 30، 2026 ގައި ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ފައިލްކޮށްފަ އެވެ.

އަޒްމިރަލްދާ އާއި މަހާޒު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު، ޖޭއެސްސީން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ނިންމައި، އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށެވެ. 

މި މައްސަލައިގައި ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒު އާއި ބަންދާރަ ނައިބު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ. އެހެންވެ، ޖޭއެސްސީ މައްސަލަ ކުރިއަށް ގެންގޮސް މަޖިލީހުން ވަކިކުރީ އަޒްމިރަލްދާ އާއި މަހާޒު އެވެ. 

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ ހ. ގައި، ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާ އުސޫލުތަކުން ބޭރުނެވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ މާއްދާގެ ށ. ގައި ފަނޑިޔާރުކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންކަމަށް ބަޔާންކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox