ފަނޑިޔާރުން
144 ލިޔުން
ހަބަރުމަރުގެ ހުކުމާ މިހާރު ދެކޮޅުކަމަށް ޔާމީން ވިދާޅުވެއްޖެ
ރާއްޖޭގެ ފަނޑިޔާރުންގެ ކިބައިގައި އަދުލުވެރިކަމެއް ނެތުމުން، މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރިން ކުރެއްވި ތާއީދު އަނބުރާ ގެންދަވައި އެކަމާ މިހާރު ދެކޮޅު ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވެސް ފާޑުވިދާޅުވި އެވެ.
ހަބަރުތިން ރައީސުން ސަރުކާރު އިސްލާހުކުރަން ގޮވާލައްވައިފި
ރާއްޖޭގެ ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރު އިސްލާހުކުރުމަށް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ގައުމުގެ އިގްތިސާދީ ހާލަތު ދަށަށްގޮސް، ކޮރަޕްޝަނާއި އިސްރާފު އިތުރުވަމުންދާތީ ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
