ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން ފަސްކޮށްފި

Oct 28, 2026, 7:36 PM
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފުއްގިރި މައްސަލައިގައި މިހާރު ޝަރީއަތްކުރީ ޔާމީނަށް އެކަނި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފުއްގިރި މައްސަލައިގައި މިހާރު ޝަރީއަތްކުރީ ޔާމީނަށް އެކަނި -- ފޮޓޯ: އަދަދު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މި އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ދެން ހުކުމް އިއްވާނެ ތާރީހެއް ކްރިމިނަލް ކޯޓުން އަދި ހާމައެއް ނުކުރެ އެވެ. 

ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެންދިޔަ މި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލީ މި މަހުގެ 13 ވަނަ ދުވަހު ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުންނެވެ. އެ ދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވީ މި މަހުގެ 29 ގައި (މާދަމާ) ހުކުމް އިއްވާނެ ކަމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރީ ޔާމީންގެ ސީދާ ނުފޫޒާއި އިރުޝާދުގެ ދަށުންނެވެ. އެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު އަދި 24.3 މިލިއަން ރުފިޔާ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ޔާމީންގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ. އަދި ސަންގެ ކުންފުނިތަކުގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ.

ނަމަވެސް އެ އެންމެންގެ މައްޗަށް އުފުލި ދައުވާތަކާއި ކުންފުންޏާ ދެކޮޅަށް ކުރި ދައުވާތައް ޕީޖީ އޮފީހުން ވަނީ އެކި މަރުހަލާތަކުގައި އަނބުރާ ގެންގޮސްފަ އެވެ.

ޔާމީންގެ ދިފާއީ ވަކީލުން ކޯޓުގައި ބުނީ، ދައުލަތުން މި މައްސަލައިގައި ހުށަހެޅި ހެކިބަހުގައި އެތައް ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި، ތުހުމަތުވި އެހެން ހުރިހާ އެންމެންގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، މި މުއާމަލާތުގައި ފައިސާ ދައުރުވި ކަމަށް ބުނާ ސަންގެ ދެ ކުންފުނި ވެސް ސަލާމަތްވެފައިވާއިރު، ހަމައެކަނި ޔާމީނަށް އަމާޒުކޮށް ޝަރީއަތް ހިންގުމަކީ ބޭއިންސާފެއް ކަމަށް ދިފާއުން ބުންޏެވެ. 

މިއީ ޔާމީންގެ މައްޗަށް އުފުލި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ހުކުމަކާ ހަމައަށް ދިޔަ ތިން ވަނަ މައްސަލަ އެވެ. މީގެ ކުރިން ގއ. ވޮޑަމުލާ އަދި ވ. އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުން އެމަނިކުފާނު ޖަލަށް ލުމަށް ކުރި ހުކުމްތައް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ ބާތިލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox