ރަސްމާލެ ވިއްކާލަށް މުއިއްޒަކަށް ނުނިންމޭނެ، ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ވިއްކާލަން ރައީސް މުހައްމަދު މުއިއްޒަށް ނުނިންމޭނެ ކަމަށާއި އެކަން ކުރަން ދާންޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރަސްމާލެއިން އެއްބައި ވިއްކާލަން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާނަމަ އެކަމާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުން އެކަމާ މެދު ދެކޭ ގޮތް ބެލުމަށް ވޯޓެއްވެސް ނަގަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިޔަކަށް ހުންނަ ބޭފުޅާއަކީ ހުރިހާ ކަމެއް ކުރުމުގެ އިހްތިޔާރު އޮންނަ ބޭފުޅެއް ނޫން ކަމަށެވެ. 

"ރައީސަކަށް ހުންނަ މީހަކަށް އޮންނަ ހައްގެއް ނޫނޭ މިއީކީ [ރަސްމާލެ ވިއްކާލުން]. ރައީސް މަޝްވަރާކުރަންޖެހޭ މިކަހަލަ ކަންތައްތަކުގައި ބޮޑެތި މަޝްވަރާތަކެއް. މަޖިލީހުގައި މަޝްވަރާ ކުރަންޖެހޭ. ކެބިނެޓުގައި މަޝްވަރާކުރަންޖެހޭ. ނުވިތާކަށް މިވަރު ކަމެއްގައި، މި ވިއްކާލަނީކީ އަނބިދަރިންގެ ގެއެއް ނޫން،" ޔާމީން ވިދާޅުވި އެވެ. 

"އަމިއްލަ ތަރިކައެއް ނޫން. މި ވިއްކަނީ ދިވެހި ރައްޔިތުންގެ މުސްތަގުބަލު. އެހެންވެއްޖެއްޔާ މި ޖެހޭ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ރެފެރެންޑަމް ވޯޓަކަށް މިކަން ކުރަން. އެނގޭތޯ. ރައްޔިތުންގެ ރެފެރެންޑަމް ވޯޓަކަށް ދާން ޖެހޭ މިކަން ކުރަން. އެކަން ނުކޮށް މިއީ ހީވަނީ ވެރިކަމަށް އާދެވުނީމަ، ވެރިކަމުގައި ހުންނަ މީހަކަށް އޮވެއޭ މި ހުރިހާ އިހްތިޔާރު." 

ޔާމީން ވިދާޅުވީ ރަސްމާލެއިން ވިއްކާ ޕްރޮޕަޓީތަކުގެ އެގްރިމަންޓް މުއްދަތު ހަމަވުމުން އަނބުރާ ސަރުކާރަށް ވިއްކަން ޖެހޭނެ ކަމަށް ސަރުކާރުން ބުންޏަސް، އެ ޕްރޮޕަޓީތައް ގަތުމުގެ މާލީ ގާބިލުކަން ސަރުކާރުގެ ނުހުންނާނެ ކަމަށެވެ. 

ރަސްމާލެއިން އީގަލް ހިލްސްއަށް ދޫކޮށްލާ ބައި އަނބުރާ ސަރުކާރަށް ހޯދުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޖީއެމްއާރްވެސް އަނބުރާ ހޯދުނީ ވަރަށް އުނދަގުލުން ކަމަށެވެ.

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox