ފުނަދޫ ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި، ދުމުގެ އަސަރުކުރި 18 މީހަކަށް ފަރުވާ ދެނީ

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު، އެ ރަށުގެ ބޮޑު ބަޔަކަށް ވަނީ ދުންގަނޑު ފެތުރިފައި -- ފޮޓޯ: އެންޑީއެމްއޭ

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު، އެ ރަށުގެ ބޮޑު ބަޔަކަށް ވަނީ ދުންގަނޑު ފެތުރިފައި -- ފޮޓޯ: އެންޑީއެމްއޭ

ށ. ފުނަދޫގައި މިއަދު ހެނދުނު 8:00 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ރަސްމީ އެކްސް އެކައުންޓުގައި ދާދި ދެންމެއަކު އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އެ ހާދިސާގައި އެއް ގެ އަނދައި ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި، އިތުރު ތިން ގެއަކަށް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އަލިފާން ރޯވީ ފުނަދޫގައި ހުންނަ ހަމައެކަނި ޕެޓްރޯލް ޝެޑުގަ އެވެ. އެއީ އެ ރަށުގައި އަމިއްލަ ބަޔަކު ހިންގާ ވިޔަފާރި އެކެވެ.

އެ ހާދިސާއާ ގުޅޭ މައުލޫމާތު ދެއްވަމުން، ފުނަދޫ ކައުންސިލްގެ ރައީސް، މުހައްމަދު އާދިލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ދުމުގެ ސަބަބުން ގެއްލުން ލިބުނު 18 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ނުވޭ، 18 ވަރަކަށް މީހުންނަށް ފަރުވާ ދެނީ، ދުމުގެ އަސަރު ކޮށްގެން،" އާދިލް ވިދާޅުވި އެވެ.

ރޯވީ ށ. ފުނަދޫގައި އޮޕަރޭޓްކުރާ ހަމައެކަނި ޝެޑުގައި، ބޮޑެތި ގެއްލުންތަކެއް ލިބުނު

ށ. ފުނަދޫގައި ހުންނަ ހަމައެކަނި ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ކައިރީގައި ހުރި ތިން ގުދަނަކާއި ގެއަކަށް ބޮޑެތި ގެއްލުންތަކެއްވި. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް، ރަށުގެ ހަމައެކަނި ޝެޑު އަނދައި ހުލިވުމުން ރަށުން ޕެޓްރޯލް ލިބުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައި.

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ޕެޓްރޯލް ޝެޑާ ޖެހިގެން ހުރި ހަތަރު ވޯކްޝޮޕް އަނދައިގެން ގޮސްފައިވާކަމަށް އާދިލް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފުނަދޫގައި އޮޕަރޭޓްކުރާ ހަމައެކަނި ޕެޓްރޯލް ޝެޑް އަނދައި ހުލިވުމުން ޕެޓްރޯލް ލިބޭނެ ގޮތްތައް ސަރުކާރާ މަޝްވަރާކޮށްގެން ބަލަމުންދާނެ ކަމަށެވެ. 

އެންޑީއެމްއޭއިން ބުނީ އަލިފާން ރޯވި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގޭގެއަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ. އޭގެއިތުރުން އެ ރަށު އެއާޕޯޓުގައި އޮޕަރޭޓްކުރާ ފަޔާ ލޮރީވެސް އަލިފާން ނިއްވުމަށް ދަނީ ބޭނުން ކުރަމުންނެވެ. 

ގާތްގަނޑަކަށް 3،500 އެއްހާ މީހުން ދިރިއުޅޭ ފުނަދޫ ފަތްމިނި ޕެޓްރޯލް ޝެޑް ހުންނަނީ ބަނދަރު ސަރަހައްދުގަ އެވެ. މީހުން ދިރިއުޅޭ ގެތަކާއި ގުދަންތައް ހުންނަނީ ޝެޑާ ގާތްގަނޑަކަށް 60 ފޫޓް ދުރުގަ އެވެ. 

ޕެޓްރޯލް ޝެޑު އަނދައި ހުލިވުމުން ފުނަދޫ ވަނީ ޕެޓްރޯލަށް ޖެހިފަ އެވެ. އެ ރަށުގައި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ ވެހިކަލާއި ތިން މަސް ދޯނީގެ އިތުރުން އެހެނިހެން 50 ވަރަކަށް ކަނޑު އުޅަނދު އޮޕަރޭޓްކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox