ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

Nov 1, 2026, 9:21 AM
ރޭގެ މެޗުގައި ޕެނަލްޓީއެއް ޖެހުމަށް ފަހު ކޭން.

ރޭގެ މެޗުގައި ޕެނަލްޓީއެއް ޖެހުމަށް ފަހު ކޭން.

މިއުނިކް (ނޮވެމްބަރު 1) - ދާދި ފަހުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދި ހެރީ ކޭން އަތުން ޕެނަލްޓީ ނާކާމިޔާބުވި މެޗުގައި، ޖަރުމަނު ލީގުގައި ބަޔާން މިއުނިކް އާއި ބޮރޫޝިއާ ޑޯޓްމަންޑް 2-2 އިން އެއްވަރުވެއްޖެ އެވެ. 

ބަޔާން ދަނޑުގައި ކުޅުނު މެޗުގައި 34 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ޖޯބެ ބެލިންހަމް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލަައިނުގަންނާށެވެ. އޭގެ ހަތަރު މިނިޓް ފަހުން، ބަޔާނުން ލީޑުނެގީ އޮސްޓްރިއާގެ މިޑްފީލްޑަރު، ކޮންރަޑް ލައިމާ ޖެހި ގޯލުންނެވެ. 

އެއް ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި ބަޔާނަށް ދެ ވަނަ ހާފު ފަށައިގެން 11 މިނިޓް ތެރޭ ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ބޭނުން ނުކުރެވުނެވެ. އެ ގޮތުން، ބަޔާނަށް ލިބުނު ޕެނަލްޓީ އަކުން ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. 

ލީޑުފުޅާކުރަން ލިބުނު ފުރުސަތު ބަޔާނުން ނަގާލިއިރު، އޭގެ ނަތީޖާ ފެނުނީ ދެރަކޮށެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޑޯޓްމަންޑުން ވަނީ އެއްވަރުކޮށްފަ އެވެ. ކާނީ ޗުކުމުއޭކާ ދިން ބޯޅައަކުން މި ލަނޑު ޖެހީ، ސޭހޫ ގިރާސީ އެވެ. 

ޑޯޓްމަންޑުން އެއްވަަރުކުރިތާ ހަ މިނިޓް ފަހުން، ކޭން ދިން ބޯޅައަކުން ޑަޔޫ އުޕަމެކާނޯ ވަނީ ލަނޑެއް ޖަހައި ބަޔާނަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު، ބަޔާނަށް މި މެޗުން މޮޅުވެވޭގޮތްނުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަަކަށް ވެފައި ހުއްޓައި، ޑޯޓްމަންޑްގެ ފަބިއޯ ސިލްވާ ލަނޑެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދިނުމުންނެވެ. 

ބަޔާންގެ ހެޑް ކޯޗު، ވިންސެންޓް ކޮމްޕެނީ ނެތި އެ ޓީމުން ތިން ވަނަ މެޗެއް ކުޅެން ޖެހުނުއިރު، މި މެޗުގައި ވެސް އެ ޓީމަށް ކޯޗުކޮށްދިނީ، އެސިސްޓަންޓް ކޯޗު އާރޮން ޑެންކްސް އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު، ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޑޯޓްމަންޑާ އެއްވަރަށް އަށް މެޗުން 18 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox