ބަޔާނާއި އާސެނަލް އެއްވަރު، ރެއާލް މޮޅުވިއިރު، ކޯމޯ އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

Oct 22, 2026, 8:06 AM
ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޯމޯގެ ޕަޒް އުފާފާޅުކުރަނީ.

ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޯމޯގެ ޕަޒް އުފާފާޅުކުރަނީ.

މިއުނިކް (އޮކްޓޫބަރު 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި މޮޅުވެ، އިޓަލީގެ ކޯމޯ އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ. 

ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަތުން ރެއާލް މެޑްރިޑް މޮޅުވީ 4-1 އިންނެވެ. އަދި، ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގައި މުޅިން އަލަށް ކުޅެމުން އަންނަ ކޯމޯ އިން ވަނީ ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެފަ އެވެ. 

ރޭ އާސެނަލުން މެޗު ފަށައިގެން ކުރިމަތިލާން ޖެހުނީ ބުކާޔޯ ސަކާގެ އަނިޔާއާ އެވެ. އާސެނަލުން ވަނީ ސަކާގެ ބަދަލުގައި އެބެރޭޗީ އެޒޭ ކުޅެން އަރުވައިފަ އެވެ. އާސެނަލުން ލީޑުނެގީ އެޒޭ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްފަންސޯ ޑޭވިސް ވަނީ ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. 

Advertisement

ދެ ވަނަ ހާފުގައި ބަޔާނުން ލީޑުނެގީ، ހެރީ ކޭން ޖެހި ޕެނަލްޓީންެނެވެ. މި ޕެނަލްޓީ ދޭން ނިންމީ، ކޭންގެ ޝޮޓެއް، އާސެނަލްގެ އޭރިއާތެރެއިން އެ ޓީމުގެ ޖުރިއަން ޓިމްބާ އަތުގައި ޖެހުމުންނެވެ. ބަޔާނުން މޮޅުވާން ދަނިކޮށް، އާސެނަލަށް އެއްވަރުކޮށްދިނީ މެޗުގެ 82 ވަނަ މިނިޓްގައި ވިކްޓަ ޔޯކެރޭޝް ދިން ބޯޅައަކުން ޑެކްލަން ރައިސް އެވެ. 

ރެއާލަށް ލީޑުނަގައިދިން ލަނޑު ޖެހުމަށް ފަހު ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ.
ރެއާލަށް ލީޑުނަގައިދިން ލަނޑު ޖެހުމަށް ފަހު ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ.

ރެއާލުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެނާޑޯ ސިލްވާގެ ލަނޑުން ލީޑުނެގިއިރު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ އާޑާ ގުލާ ވައްދާލި ގޯލުން ލީޑުފުޅާކުރި އެވެ. ކީލިއަން އެމްބާޕޭ، ރެއާލްގެ ތިން ވަނަ ލަނޑު ޖަހާފައި ވަނިކޮށް، ޓިޑިއާމް ގޯމީސް ވަނީ ލައިޕްޒިގަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، ލައިޕްޒިގު ދޫކޮށް މި ފަހަރު ރެއާލާ ގުޅުނު ޔަން ޑިއޮމަންޑޭ ވަނީ ރެއާލަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. 

ކޯމޯ އިން ރޭ ޔުނައިޓެޑް ކައިރީގައި މެޗު ޑޮމިނޭޓްކޮށްގެން ކުޅެ، ނަތީޖާ ނެރުނެވެ. މި މެޗުގައި ކޯމޯ އަށް ކުޅޭ އާޖެންޓީނާގެ ތަރި ނިކޯ ޕަޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ، އަނެއް ލަނޑުތައް ޖެހީ، ޓަސޯސް ޑުވިކާސް އަދި ޖޭކަބް ރަމޯން އެވެ. މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖެހީ ޖޯޝުއާ ޒާކްޒީ އެވެ. ޒާކްޒީ ކުޅެން އެރީ ދެ ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސްގެ ބަދަލުގަ އެވެ. 

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެއް ކުުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި އިންޓަ މިލާނުން ވަނީ 1-0 އިން ޝަހުތަރު ޑޮނެސްކް ބަލިކޮށްފަ އެވެ. އިސްކޯގެ ޕެނަލްޓީން ރެއާލް ބެޓިސް އިން ވަނީ 1-0 އިން ފެޔަނޫޑް ބަލިކޮށްފަ އެވެ. އޮސްޓްރިއާގެ ލާސްކުން ވަނީ 3-2 އިން ސްޕޯޓިން ލިޒްބަން ބަލިކޮށް ޗެމްޕިއަންސް ލީގުގަައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. އަދި، ލިލް އަތުން ގަލަތަސަރާއި ވަނީ 4-2 އިން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox