ބަޔާނުން ރިސްކެއް ނުނަގާނެ، ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން

Oct 24, 2026, 4:49 PM
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ: އޭނާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން.

ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ: އޭނާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން.

މިއުނިކް (އޮކްޓޫބަރު 24) - ބަޔާން މިއުނިކްގެ ދެ ވަނަ ޓީމުގެ ޓްރެއިނިންގައި ހުއްޓައި، ސިއްހީ ހާލަތު ދަށްވެގެން، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އެ ކްލަބްގެ ކޯޗު، ވިންސެންޓް ކޮމްޕެނީ އަލުން ޓީމުގެ ހަރަކާތްތަކުން ފެންނާނީ އެއްކޮށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި އެވެ. 

ވައިރަލް ރޯގާއެއް ޖެހިގެން މި ހަފްތާގައި ފަރުވާ ހޯދަމުން އައި، ބެލްޖިއަމްގެ ކޮމްޕެނީ އަށް، ޗެމްޕިއަންސް ލީގުގައި އާސެނަލާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގެ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރެއް ނުވެވުނެވެ. އެކަމަކު، ބުދަ ދުވަހުގެރޭ އާސެނަލާއި ބަޔާން 2-2 އިން އެއްވަރުވި މެޗުގައި، ޓީމުގެ ބެންޗުގައި ކޮމްޕެނީ ޓީމަށް އިރުޝާދުދޭން ބައިވެރިވި އެވެ. 

ޓްރެއިނިންގައި ހުއްޓައި ހާލު ދެރަވި ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ބަޔާންގެ ދެ ވަނަ ޓީމުގެ ޓްރެއިނިން އަށް އިއްޔެ ގޮސް ހުއްޓައި، ކޮމްޕެނީގެ ހާލު ގޯސްވެގެން ވަގުތުން އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ބަޔާނުން ބުނީ، ކޮމްޕެނީ އަށް މި ވަގުތު ސިއްހީ ފަރުވާ ބޭނުންވާތީވެ، ހޮސްޕިޓަލްގައި މެޑިކަލް އޮބްސަވޭޝަނެއްގައި ބާއްވާފައިވާ ކަމަށެވެ. އަދި، މި ވަގުތަށް ބަޔާންގެ ހުރިހާ ޓްރެއިނިންގެ ކަމެއް ކުރިއަށްގެންދާނީ ކޮމްޕެނީގެ ކޯޗިން ސްޓާފުން ކަމަށާއި އެންމެ މުހިންމު ކަމަކީ ކޮމްޕެނީ އަށް އެންމެ ރަނގަޅު ފަރުވާ އެއް ދިނުން ކަމަށް ބަޔާނުން ވަނީ ނެރުނު ބަޔާނެއްގައި ބުނެފަ އެވެ. 

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އެބާލް ބުނީ، މި ވަގުތު ދެވޭނެ އެންމެ ފަހުގެ މައުލޫމާތަކީ ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި، ގިނަ ޓެސްޓްތަކެއް ހަދައި، ކޮމްޕެނީ އަށް ދިމާވި ކަންތައް އެއްކޮށް ސާފުވަންދެން، އޭނާ އަށް ފަރުވާދޭނީ ހޮސްޕިޓަލްގައި ބާއްވައިގެން ކަމަށް އެބާލް ވަނީ ބުނެފަ އެވެ. 

"ދިރިއުޅުމުގައި އެންމެ މުހިންމީ ސިއްހަތު، ފުޓްބޯޅަ އަންނާނީ އެ އަށް ފަހު. އެންމެ މުހިންމު ކަމަކީ މި ވަގުތު އެއްވެސް އިތުރު ކަމަކާ ނުވިސްނައި، އޭނާ ފިޓްވުން. އޭނާ ބަޔާނާ ގުޅޭނީ އެއްކޮށް ފިޓްވެގެން. މި ވަގުުތު ބޭނުންވަނީ އެންމެންގެ އެއްބާރުލުން،" އެބާލް ބުންޏެވެ. 

ބަޔާނުން ދެން އެންމެ އަވަހަށް ކުޅޭނެ މެޗަކީ މާދަމާ ޖަރުމަނު ލީގުގައި، ފްރައިބާގާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި ބަޔާނަށް އިރުޝާދުދޭނެ ކަމަށް ބެލެވެނީ ކޮމްޕެނީގެ އެސިސްޓަންޓް ކޯޗު، އާރޮން ޑެންކްސް އެވެ. ބަޔާނުން، ފްރެއިބާގް މެޗު ފަސްކުރަން ހުށަހެޅި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން، އެބާލް ބުނީ، ކޮމްޕެނީ ވެސް އެންމެ ބޮޑަށް ބޭނުންވާނީ ބަޔާނުން ތާވަލާ އެއްގޮތަށް މެޗުތައް ކުޅެ، ކާމިޔާބު ހޯދަމުން ދިއުން ކަމަށެވެ. 

އިނގިރޭސި ކްލަބް. ބާންލީގެ ކޯޗަކަށް ހުރެފައި، މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ، ބަޔާންގެ ކޯޗުކަމާ ހަވާލުވިއިރު، ގިނަ ބަޔެއްގެ އިތުބާރު އޭނާ އަށް ނެތެވެ. އަދި، ބަޔާނާ އެކު، ކޮމްޕެނީ، ސޮއިކުރި ފުރަތަމަ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް އޮތް ނަމަވެސް، މިދިިޔަ އަހަރު ބަޔާނުން ވަނީ ކޮމްޕެނީގެ ކޮންޓްރެކްޓް 2029 ގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox