ޑިއާޒަށް ހެޓްރިކެއް، ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

Oct 17, 2026, 11:27 PM
ބަޔާންގެ ލުއިސް ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ބަޔާންގެ ލުއިސް ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މިއުނިކް (އޮކްޓޫބަރު 17) - ޖަރުމަނު ލީގުގައި މިރޭ އާރްބީ ލައިޕްޒިގު އަތުން 6-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، ބަޔާން މިއުނިކުން ޖަރުމަނު ބުންޑަސްލީގާގެ ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ. 

ލީގުގައި މިދިޔަ ހަފްތާގައި އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ބަޔާނުން ނަގާލީ އޮއުގްސްބާގާ އެއްވަރުވެގެންނެވެ. އެކަމަކު، މި ހަފްތާގައި ބަޔާނުން މި ވަނީ ތާވަލުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަ އަށް ހިފައިފަ އެެވެ. 

ކުރިން އެއް ވަނަ މަގާމުގައި އޮތް، ބޮރޫޝިއާ ޑޯޓްމަންޑުން މިރޭ ކުޅުނު މެޗުގައި ވަނީ ޔޫނިއަން ބާލިންއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ބަޔާނުން އެއް ވަނަ އަށް އެރީ ޑޯޓްމަންޑާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ހެޑް ޓު ހެޑްގެ ތަފާތުން ކުރި ލިބޭތީ އެވެ. ބަޔާނާއި ޑޯޓްމަންޑަށް ވެސް ހަ މެޗުން ލިބުނީ 14 ޕޮއިންޓެވެ. ބަޔާންގެ ފައިދާ ގޯލު 18 އޮތްއިރު، ޑޯޓްމަންޑަށް ލިބެނީ، ހަތެކެވެ. 

Advertisement

ބަޔާން ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި އަކީ ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް އެވެ. ޑިއާޒް ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. މިރޭގެ މެޗާ ހަމައަށް ޑިއާޒް މި ސީޒަނުގައި ޖެހީ އެންމެ ދެ ގޯލެވެ. އެކަމަކު، މި މެޗުގައި ހެޓްރިކެއް ހެދި އެވެ. 

މި ފަހަރުގެ ސީޒަން އާދައިގެ ފޯމެއްގައި ފެށި ޑިއާޒަށް މި މެޗުގައި ދެއްކުނު ކުޅުމާ އެކު ގެއްލިފައިވާ ކޮންފިޑެންސްގައި އަލުން ކުޅެލަން ފުރުސަތު ފަހިވާނެ އެވެ. މިއީ، ބަޔާނަށް ބަދަލުވި ފަހުން ޑިއާޒްގެ ދެ ވަަނަ ހެޓްރިކް އެވެ. އޭނާ ވަނީ މި އަހަރު ފެބްރުއަރީ މަހު، ހޮފެންހައިމް ކޮޅަށް ވެސް ހެޓްރިކެއް ހަދައިފަ އެެވެ. 

ލައިޕްޒިގު ކޮޅަށް މިރޭ ބަޔާނުން އަނެއް ލަނޑުތައް ޖެހީ، ހެރީ ކޭން އާއި އަލެކްސަންޑަ ޕަވްލޮވިޗް އަދި މައިކަލް އޮލީސޭ އެވެ. 

ލައިޕްޒިގުން މެޗުގައި ލަނޑެއް ޖެހޭތޯ ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، 19 އަހަރުގެ މިޑްފީލްޑަރު، އަންޑްރިޖާ މެކްސިމޯވިޗް އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox