ޓްރެއިނިންގައި ހުއްޓައި ހާލު ދެރަވި ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

Oct 23, 2026, 10:46 PM
ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ.

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ.

މިއުނިކް (އޮކްޓޫބަރު 23) - ބަޔާން މިއުނިކްގެ ދެ ވަނަ ޓީމުގެ ޓްރެއިނިންގައި ހުއްޓައި، ސިއްހީ ހާލަތު ދަށްވި، އެ ކްލަބްގެ ކޯޗު، ވިންސެންޓް ކޮމްޕެނީ، އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ. 

ވައިރަލް ރޯގާއެއް ޖެހިގެން މި ހަފްތާގައި ފަރުވާ ހޯދަމުން އައި، ބެލްޖިއަމްގެ ކޮމްޕެނީ އަށް، ޗެމްޕިއަންސް ލީގުގައި އާސެނަލާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގެ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރެއް ނުވެވުނެވެ. އެކަމަކު، ބުދަ ދުވަހުގެރޭ އާސެނަލާއި ބަޔާން 2-2 އިން އެއްވަރުވި މެޗުގައި، ޓީމުގެ ބެންޗުގައި ކޮމްޕެނީ ޓީމަށް އިރުޝާދުދޭން ބައިވެރިވި އެވެ. 

ބަޔާންގެ ދެ ވަނަ ޓީމުގެ ޓްރެއިނިން އަށް މިއަދު ގޮސް ހުއްޓައި، ކޮމްޕެނީގެ ހާލު ގޯސްވެގެން ވަގުތުން އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ބަޔާނުން ބުނީ، ކޮމްޕެނީ އަށް މި ވަގުތު ސިއްހީ ފަރުވާ ބޭނުންވާތީވެ، ހޮސްޕިޓަލްގައި މެޑިކަލް އޮބްސަވޭޝަނެއްގައި ބާއްވާފައިވާ ކަމަށެވެ. އަދި، މި ވަގުތަށް ބަޔާންގެ ހުރިހާ ޓްރެއިނިންގެ ކަމެއް ކުރިއަށްގެންދާނީ ކޮމްޕެނީގެ ކޯޗިން ސްޓާފުން ކަމަށާއި އެންމެ މުހިންމު ކަމަކީ ކޮމްޕެނީ އަށް އެންމެ ރަނގަޅު ފަރުވާ އެއް ދިނުން ކަމަށް ބަޔާނުން ވަނީ ނެރުނު ބަޔާނެއްގައި ބުނެފަ އެވެ. 

ބަޔާނުން ދެން އެންމެ އަވަހަށް ކުޅޭނެ މެޗަކީ އާދިއްތަ ދުވަހު ޖަރުމަނު ލީގުގައި، ފްރައިބާގާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި ބަޔާނަށް އިރުޝާދުދޭނެ ކަމަށް ބެލެވެނީ ކޮމްޕެނީގެ އެސިސްޓަންޓް ކޯޗު، އާރޮން ޑެންކްސް އެވެ. އޭނާ ވަނީ އާސެނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުވުމުގައި ކޮމްޕެނީގެ ބަދަލުގައި ބައިވެރިވެފަ އެވެ. 

އިނގިރޭސި ކްލަބް. ބާންލީގެ ކޯޗަކަށް ހުރެފައި، މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ، ބަޔާންގެ ކޯޗުކަމާ ހަވާލުވިއިރު، ގިނަ ބަޔެއްގެ އިތުބާރު އޭނާ އަށް ނެތެވެ. އަދި، ބަޔާނާ އެކު، ކޮމްޕެނީ، ސޮއިކުރި ފުރަތަމަ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް އޮތް ނަމަވެސް، މިދިިޔަ އަހަރު ބަޔާނުން ވަނީ ކޮމްޕެނީގެ ކޮންޓްރެކްޓް 2029 ގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

ކަކާ، 17 އަަހަރުން ދަށު ޓީމާ އެކު ޗެލެންޖިން މަސައްކަތަކަށް

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާ (ކަކާ) ހަވާލުވެ، އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ފަރިތަކުރުންތަކާއި އެކުވެރިކަމުގެ މެޗުތަކެއް ވަނީ ކުރިއަށް ގެންގޮސްފައި. މާޒިޔާގެ ޒުވާން ޓީމަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކަކާގެ އަމާޒަކީ، އަންނަ މަހު ތައިލެންޑުގައި ރާއްޖެއަށް އުންމީދީ ނަތީޖާއެއް ހޯދައިދިނުން.

Newsletter

Get the latest news delivered straight to your inbox