ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފަސް ސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވެ؟

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފަސް ސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވެ؟

މީލާދީން 1917 ވަނަ އަހަރު އިނގިރޭސިން އިރާގު ފަތަހަކުރުމަށް ހިންގި އޮޕަރޭޝަނުގައި އިނގިރޭސިންގެ ޖެނެރަލް ސްޓޭންލީ މޯޑްއާއި ބަގުދާދުގެ ބަކަރިގޮވިއަކާ ދެމެދު ހިނގާދިޔަ ހާދިސާއަކީ އިބުރަތުން ފުރިގެންވާ މިއަދަށް ދިވެހިރާއްޖެއަށް ވަރަށް މުނާސަބު ވާހަކައެކެވެ. ޖެނެރަލް ސްޓޭންލީ މި ބަކަރިގޮވިއާ ދިމާވީ އޭނާގެ ބަކަރިކޮށި ކައިރިންނެވެ. ފުރިފައިވާ ބަކަރިކޮށީގައި ފުރާ ބަކަރިތައް އޮތްއިރު، އެތަކެއްޗަށް ފާރަވެރިވެ އެތަކެއްޗަށް އައިސްދާނެ ހަމަލާއަކުން ދިފާއުވުމަށް ވަރުގަދަ ފަލަ ބޮޑު ކުއްތާއެއް ވަށައިގެން ފާރަވެރިވާ ގޮތުގައި ބާއްވާފައި އޮތެވެ.

ޖެނެރަލް އޭނާގެ ތަރުޖަމާނުގެ އެހީގައި ބަކަރިގޮވިއަށް ހުށަހަޅަނީ އޭނާގެ ކުއްތާ ކަތިލުމަށެވެ. އޭރަށް ސްޓާލިންގ ޕައުންޑްގެ އެއް ޕައުންޑް ދޭނެކަމަށް ބުނެ އެވެ. އެއް ޕައުންޑަކީ ވެސް އިރާގު ކަރައިގެ އެފަދަ ރައްޔިތަކަށް އޭރަށް ބަލާއިރު ހަމަ ވަރަށް ބޮޑު އަދަދެކެވެ. ނަމަވެސް އަނެއްކޮޅުން ބަލާއިރު، ކުއްތާއަކީ ބަކަރިގޮވީގެ އެންމެ މުހިންމު މަސައްކަތްތެރިޔާ އެވެ. ބަކަރިތަކަށް ފާރަވެރިވުމާއި ބަކަރިއަކަށް އެހެން އެއްޗެއްގެ ފުށުން އަތުވެދާނެ ނުރައްކާތަކަށް ފާރަވެރިވެ ބަކަރިތަކުގެ ހިމާޔަތުގައި ހުންނަ ބަކަރި ގޮވީގެ ހިތްވަރުގަދަ ފަހުލަވާނެވެ.

ނަމަވެސް ލާރީގެ ދަހިވެތިކަމުގައި ބަލާކަށް ނުހުރެ، ބަކަރިގޮވި އޭނާގެ މުޅި ދަނޑުވެރިކަމުގެ ފާރަވެރިޔާ ރަހުމްކުޑަކަމާއެކު ޖެނެރަލްގެ ފައިބުޑަށް ކަތިލައިފި އެވެ. ސްޓާލިންގ ޕައުންޑެއްގެ ދަހިވެތިކަމުގަ އެވެ. ދެން ޖެނެރަލް ބުންޏެވެ. އޭގެ ކެހެރިގަނޑުވެސް ނޮޅޯލާށެވެ. އޭރަށް ދެ ޕައުންޑް ދޭނަމެވެ. ލާރީގެ ދަހިވެތިކަމުގައި ހުރި ބަކަރިގޮވި އޭނާއަށް އެ ކުއްތާ ކޮށްދިން އަގުހުރި ހިދުމަތަށް ބެލުމެއް ނެތި އެސޮރުގެ ކެހެރިގަނޑުވެސް ދަމާ ކަހާލައިފި އެވެ. ޖެނެރަލް ބުންޏެވެ. ކުދި ކުދި ބުރިވަރުތަކަކަށް ކުއްތާ ކުދިކުދިކޮށް ކޮށާލާށެވެ. އޭރަށް ތިންވަނަ ޕައުންޑް ދޭނަމެވެ. ބަކަރިގޮވި އެކަން ވެސް ކޮށްފި އެވެ.

Advertisement

ދެން ޖެނެރަލް އެނބުރި ދާން ފެށުމުން ބަކަރިގޮވި ހަޅޭލަވައިގެންފައި ބުންޏެވެ. އަދި އެއް ޕައުންޑް ދީބަލާށެވެ! އަހަރެން ކާއެއްޗެއް ގަނެލަންށެވެ. ޖެނެރަލް ފަސްއެނބުރިފައި ބުންޏެވެ. ހަމަހިލާ ނުދޭނަމެވެ. އަހަރެން ބަލާލަން ބޭނުންވީ ކަލޭމެންގެ މިޒާޖާއި ތަބީއަތެވެ. ވިސްނާގޮތާއި އަގުލިއްޔާތެވެ. ލާރިފައިސާގެ ބޭނުމުގައި ކަލޭ ތިޔަ ކަތިލައި ހަންނޮޅައި ކުދިކުދިކޮށްލީ ކަލެޔަށް އެންމެ ވަފާތެރި އެންމެ ބޭނުންތެރި ކަލޭގެ މުޅި މިލްކިއްޔާތުގެ ފާރަވެރިޔާ އެވެ.

އެއަށްފަހު ޖެނެރަލްގެ ކައިރީގައި ތިބި ބްރިޓިޝް އާރމީގެ މީހުންނަށް އޭނާ ބުންޏެވެ. މިތާނގައި ގިނައީ ޕައުންޑަކަށް ވިކޭ މިކަހަލަ ގޮފަޅުން ކަމަށްވަންޏާ ކަލޭމެން ޖެހިލުންވާންޖެހޭ ހަމަ އެއްކަމެއް ވެސް ނެތެވެ.

މިއަދުގެ ގައުމުގެ ހާލަތާއި މި ވާހަކައިގެ ހާދިސާ ގުޅުވާނީ އަޅުގަނޑެއް ނޫނެވެ. މި ލިޔުން ކިޔާ މީހާ އެވެ. އިސްލާމްދީނަށްވުރެ އަގުބޮޑު އެހެން ނިއުމަތެއް ދިވެހިންނަކަށް ލިބިފައިނުވެ އެވެ. އަދި ދިވެހި ބިމަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅުމަށް ލިބިފައިއޮތް ޔަހޫދީންގެ ބާރުނުފޯރާ ގޮތަށް މިއަދާ ހަމައަށް ވެސް ހަމަޖެހިގެން ދިވެހިން ދިރިއުޅެން ލިބިފައި އޮތް ބިމަކަށް ވުމަށްވުރެ ވަކީން ބޮޑު ނިއުމަތެއް ޔަހޫދީންގެ ބާރު ދުނިޔޭގެ އެތަން މިތަނުގައި އޮތް މިޒަމާނުގައި ލިބިފައި އޮވެދާނެތޯ އެވެ.

އެފަދަ ބޮޑު ނިއުމަތަށް ބެލުމެއް ނެތި ޑޮލަރުކޮޅަކަށް ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވެ؟

އަލްއަންފާލް ސޫރަތުގެ 27 ވަނަ އާޔަތެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!" އަލްބަޤަރާ ސޫރަތުގެ 16 ވަނަ އާޔަތަށް ވެސް ވިސްނާފިކުރު ހިންގަވާށެވެ! "އެމީހުންނަކީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. ފަހެ، އެމީހުންގެ އެ ވިޔަފާރިޔަކުން، އެމީހުންނަކަށް ފައިދާއެއް ނުވި އެވެ. އަދި އެމީހުންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެ އެވެ."

އާލްޢިމްރާން ސޫރަތުގެ 77 ވަނަ އާޔަތް ވެސް ބައްލަވާށެވެ! "ހަމަކަށަވަރުން، ﷲ ގެ ޢަހުދާއި، އެމީހުންގެ ހުވާތަކަށް ކުޑައަގަކުން މަންފާހޯދާ މީހުންނަކީ އާޚިރަތުގައި އެމީހުންނަށް އެއްވެސް ނަސީބެއް ނެތްބަޔެކެވެ. އަދި ޤިޔާމަތް ދުވަހުން ﷲ އެމީހުންނަކަށް ބަސް ވަޙީއެއް ނުކުރައްވާނެ އެވެ. އަދި، އެމީހުންނަކަށް ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެ އެވެ. އަދި، (ފާފައިން) އެމީހުން ތާހިރެއް ނުކުރައްވާނެ އެވެ. އަދި، އެމީހުންނަށް ވޭންދެނިވި އަޒާބު ހުށްޓެވެ."

އަލްމާއިދާ ސޫރަތުގެ 51 ވަނަ އާޔަތުގައިވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަސޯރާއިން އެއީ އެކުވެރިން ކަމުގައި ނުބަލާށެވެ! އެމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެ އެވެ."

ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ ހަދީސެއްގެ މާނައިގައިވެ އެވެ. "ކަޅުފޮއި ރޭގަނޑެއްގެ އަނދިރިގަނޑުތަކެއް ފަދަ ފިތުނަތައް އައުމުގެ ކުރިން ތިޔަބައިމީހުން ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ! (އެ ފިތުނަތަކުގެ ސަބަބުން) އެމީހަކު ހެނދުނު މުއުމިނެއްގެ ގޮތުގައި ހުރެފައި ހަވީރުވާއިރު ކާފިރަކަށް ވެދާނެ އެވެ. އެހެންނާ ހަވީރު މުއުމިނެއްގެ ގޮތުގައި ހުރެފައި ހެނދުނުވާއިރު ކާފަރަކަށް ވެދާނެ އެވެ. އެމީހަކު ދުނިޔޭގެ މާއްދީ ކުޑަކުޑަ މަންފާއެއްގެ ބަދަލުގައި އޭނާގެ ދީން ވިއްކާލާނެއެވެ."

އެހެން ހަދީސެއްގެ މާނައިގައިވެ އެވެ. "ރައްޔިތުންގެ ކަންކަން ބެލެހެއްޓުން ﷲ ހަވާލުކުރައްވާފައިވާ އަޅަކު، އޭނާ މަރުވާއިރު އޭނާގެ ރައްޔިތުންނަށް އޮޅުވާލައި ޚިޔާނާތްތެރިވެފައިވާ ހާލުގައި މަރުވެއްޖެނަމަ، ﷲ އޭނާގެ މައްޗަށް ސުވަރުގެ ހަރާމްކުރައްވާނެ އެވެ."

އަދި އިތުރު ބަސްފުޅެއްގައިވެ އެވެ. "ކޮންމެ ޚިޔާނާތްތެރިއަކަށްމެ (ނުވަތަ ވަޢުދު އުވާލާ ކޮންމެ މީހަކަށްމެ) ޤިޔާމަތް ދުވަހުން ދިދައެއް ދެއްވޭނެ އެވެ. އަދި އޭނާ ވީ ޚިޔާނާތުގެ (ބޮޑުމިނުގެ) މިންވަރަށް އެ ދިދަ އުފުލޭނެ އެވެ. ދަންނާށެވެ! އާންމު ރައްޔިތުންގެ ވެރިޔަކު ވާ ޚިޔާނާތަށްވުރެ ބޮޑު ޚިޔާނާތެއް ނުވެ އެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

Newsletter

Get the latest news delivered straight to your inbox