އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

13 ވަނަ ގަރުނުގެ އިންޑޮނޭޝިޔާގެ ތާރީހީ ބަނދަރު ދައްކައިދޭ ކުރެހުމެއް.

13 ވަނަ ގަރުނުގެ އިންޑޮނޭޝިޔާގެ ތާރީހީ ބަނދަރު ދައްކައިދޭ ކުރެހުމެއް.

ޘުމާމާ ބިން އުޘާލް މުސްލިމުން އަސީރުކޮށްގެން ގެންގޮސް މަސްޖިދުއްނަބަވީގެ ތަނބެއްގައި ބަނދެ ހައްޔަރުކުރި އެވެ. މިހެން ހުއްޓާ މާތް ނަބިއްޔާ އޭނާގެ ކައިރިން ވަޑައިގަންނަވާ ކޮންމެ ފަހަރަކު އޭނާއާ ނުހަނު ރަނގަޅަށް މުއާމަލާތުކުރައްވަ އެވެ. އަދި އެކަލޭގެފާނުގެ ސަހާބީންނަށް އަމުރުކުރެއްވި އެވެ. އެންމެ މީރު ކާއެއްޗެއްސާއި ބޯ އެއްޗެހި އޭނާއަށް ދޭށެވެ. އޭގެ ތިން ދުވަސް ފަހުން މާތް ނަބިއްޔާ އެއްވެސް ޝަރުތެއް ވެސް ނެތި އޭނާ މިނިވަންކޮށް ދޫކޮށްލުމަށް އަމުރުކުރެއްވި އެވެ. އޭނާ ދޫކޮށްލުމުން މިސްކިތުން ނުކުމެގެން ގޮސް ފެން ހުރި ތަނެއް ހޯދައިގެން ފެންވަރައިގެން މިސްކިތަށް އެނބުރި އައިސް ދެންނެވި އެވެ.

"އޭ މުހައްމަދެވެ. ހަމަ ހުވަޔެވެ. ކަލޭގެފާނުގެ މޫނުފުޅަށްވުރެ އަހަރެން ރުޅިއަރާ ހަމަ އެކައްޗެއްވެސް މީގެ ކުރިން މި ބިންމަތީގައި ނުވެ އެވެ. މިހާރު ކަލޭގެފާނުގެ މޫނުފުޅަކީ އަހަރެން އެންމެ ލޯބިވާ މޫނުކަމުގައި ވެއްޖެ އެވެ." މިހެން ދަންނަވާފައި އޭނާ ޝަހާދަތް ކިޔާ އިސްލާމްވީ އެވެ. އޭނާއަކީ އޭނާގެ ގަބީލާގެ ބޮޑެއް ކަމުން އޭނާގެ ގަބީލާއާއި ޔަމާމާއޭ ކިޔުނު ސަރަހައްދު އެއްކޮށް އޭނާގެ ފަހަތުން އިސްލާމްވި އެވެ.

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މިދެންނެވުނު މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ މިސާލެއް ދަންނަވާނަމެވެ.

Advertisement

ތަތާރުން ބަގުދާދަށް އަރާ އެތަން ސުންނާފަތިކޮށް އެތަނުގައި އޮތް އިސްލާމީ ހިލާފަތު ވައްޓާލައި އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އަދި އެތަނުގައި އެތައް ލޭ އޮހޮރުވުމަކާއި އެތައް ފަސާދައެއް ހިންގުމަށްފަހު އެމީހުންގެ ތެރެއިން އެތައް ބަޔަކު އެތަނުގައި ވަޒަންވެރިވި އެވެ. ދުނިޔޭގައި އާންމުވެ ކަންހިނގަމުން ގޮސްފައި އޮތް އުސޫލަކީ އަދި މިއަދާ ހަމައަށްވެސް ވަމުން އަންނަ ގޮތަކީ ބަޔަކު މީހުންގެ މައްޗަށް ނަސްރެއް ހޯދާ ބަޔެއްގެ ނުފޫޒު ބަލިވާ މީހުންނަށް ފޯރުމެވެ. އެކަމަކު ބަގުދާދުގައި ވަޒަންވެރިވީ ތަތާރުންގެ ކަންތައް ހިނގާދިޔައީ އެޔާ އިދިކޮޅަށެވެ.

ތަތާރުންނާއި މުގޯލުން ބަގުދާދުގެ މުސްލިމް ރައްޔިތުންނާއެކުވެ މަސްހުނިވެ އުޅެން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ މުސްލިމުންގެ މަތިވެރި އަހުލާގުގެ އަސަރުތަކުން އެބައިމީހުންގެ ހިތް އިސްލާމްދީން ފަތަހަކޮށްފި އެވެ. މަޝްހޫރު ޖެންކީޒްޚާންގެ ކާފަ ދަރި އިސްލާމްވީ އެކަމުގެ ސަބަބުންނެވެ. އެޔާއެކު މުގޯލުންގެ އެތައް ލީޑަރުންނަކާއި އެތައް ޖަމާއަތެއް އިސްލާމްވި އެވެ.

މިކަހަލަ ކިތަންމެ މިސާލެކެވެ. މީލާދީން ހަތްވަނަ ގަރުނެވެ. އަރަބި މުސްލިމުންގެ ޖަމާއަތެއް ސިލޯނަށް ދިއުމުގެ މަގުމަތީގައި ކެރެލާގެ ކޮޑަންގައްލޫރުގައި މަޑުކުރި އެވެ. އެތާގެ ރަސްގެފާނު ޗޭރަމަން ޕެރުމާލް މި މީހުންނާ ބައްދަލުކުރި އެވެ. އެ މީހުންގެ ދިރިއުޅުމުގެ ސާދާކަމާއި، ރޭގަނޑު ކުރާ އަޅުކަމާއި، ތެދުވެރި ވާހަކަތަކުގެ ސަބަބުން ރަސްގެފާނުގެ ހިތްޕުޅަށް ވަރަށް ބޮޑު އަސަރެއް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން، ރަސްގެފާނު ރަސްކަން ދޫކުރައްވައި، މުސްލިމުންނާއެކު މައްކާއަށް ދަތުރުކުރައްވައި އިސްލާމްދީން ޤަބޫލުކުރެއްވި އެވެ. އިންޑިއާގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް ބިނާކުރެވުނީ މި ހާދިސާއަށްފަހު އެ ރަށުގަ އެވެ. އެ މިސްކިތުގެ ނަން އެވަނީ އެރަސްގެފާނުގެ ނަންފުޅަށް ނިސްބަތްކުރެވިފަ އެވެ.

މީލާދީން ތޭރަވަނަ ގަރުނުގައި އިންޑޮނޭޝިޔާގެ ސުމަޓްރާގައި ހިނގި ހާދިސާއެއް ދަންނަވާނަމެވެ. ގައިރު މުސްލިމް ވިޔަފާރިވެރިއަކަށް އޮޅިގެން މުސްލިމް ވިޔަފާރިވެރިއެއްގެ އަތަށް މާ ގިނައިން ފައިސާ ދެވުނީ އެވެ. މުސްލިމް މީހާ އެތައް މޭލެއްގެ ދުރަށް ދަތުރުކޮށް، އެ މީހާ ހޯދައިގެން އެ ފައިސާ އަނބުރާ ރައްދުކުރީ އެވެ. މިވާހަކައެއް ރަށު ތެރޭގައި މަޝްހޫރުވިއިރު ވެސް، މުސްލިމުންގެ އަދުލުވެރިކަމުގެ ވާހަކަ އެރަށު ތެރޭގައި ފެތުރިފައި އޮތީ ނިކަން ބޮޑަށެވެ. އެރަށު މީހުންގެ ބަޔެއްގެ މެދުގައި އަރާރުމެއް ހިނގިޔަސް ތަޅާފޮޅުމެއް ހިނގިޔަސް އިންސާފު ލިބޭތޯ ގޮސް އުޅެނީ މުސްލިމް ވިޔަފާރިވެރިންގެ ގާތަށެވެ. ސަބަބަކީ އެބައިމީހުން މޫނަށް ކަނދުރާ އަށް ނުބަލާ އަދި މުސްލިމެއް ގައިރު މުސްލިމެއް ފަރަގު ނުކޮށް ތެދުވެރިކަމާއެކު ހެކިބަސްދިނުމާއި ވަކިފަރާތަކަށް ނުޖެހި ގޮތް ނިންމައިދޭތީ އެވެ. އެތާގެ ރަސްގެފާނު މަރާހު ސިލޫ އިސްލާމްވެ، ސުލްޠާން މަލިކުއްޞާލިޙްގެ ނަންފުޅުން އެތަނުގައި އިސްލާމީ ވެރިކަމެއް ފެއްޓެވީ މި ސަބަބުތަކާ ހުރެ އެވެ.

ދާދި މިދާކަށް ދުވަހު ރާއްޖެ ވަޑައިގަތް އިއްޒަތްތެރި އަންވަރު އިބްރާހީމް ބޮޑު ވަޒީރުކަން ކުރައްވާ މެލޭޝިޔާއާއި އެސަރަހައްދުގައި ހިމެނޭ ސިންގަޕޫރުގައި ވެސް އޮތީ، މީލާދީން ފަނަރަވަނަ ގަރުނަށް އެޅުނުއިރުވެސް ހިންދޫ ދީނެވެ. މިހެން މިކަން އޮއްވައި، ޔަމަނު ކަރައިންނާއި އިންޑިއާގެ ގުޖުރާތުން އަންނަ މުސްލިމް ވިޔަފާރިވެރިން މިރަށްރަށުގެ ބާޒާރުތަކުގައި ވިޔަފާރިކުރަން ފެށި އެވެ. އިސާހިތަކު މި ވިޔަފާރިވެރިންނަށް އާންމުން މާބޮޑަށް އިތުބާރުކުރަން ފަށައިފި އެވެ. އެހެން އެކަން ވީ ސަބަބެއްކަމުގައި ވަނީ، މި މީހުން މުދާ ވިއްކުމުގެ ކުރިއަށް އެތަކެތީގައި ފޮރުވިފައި ހުންނަ އައިބުތައް ކަސްޓަމަރުންނަށް ކިޔައިދޭތީއާއި، މިނެކިރުމުގައި މަކަރު ނަހަދާކަމަށް އާންމުންނަށް ގަބޫލުކުރެވޭތީ އެވެ.

އެތަނުގެ ރަސްގެފާނަކަށް އޭރު ހުންނެވި ޕަރަމޭސްވަރާ އޭނާގެ ފަރާތުން މިކަމެއް ތަހުގީގުކުރުމަށް ޕޯޓް މާސްޓަރެއް ވެސް އައްޔަންކުރައްވައިން ބެއްލެވިއިރު، މުސްލިމް ވިޔަފާރިވެރިންގެ ހަމަ އަހުލާގު މާބޮޑަށް ވެސް ރަނގަޅު ކަމުގައި ބެލެވި މިކަމާ މި ރަސްގެފާނު މާބޮޑަކަށް ގަޔާވެވަޑައިގެން އޭގެ ސަބަބުތައް ދެނެވަޑައިގެން އަމިއްލަފުޅަށް އިސްލާމްދީން ގަބޫލުކުރައްވައި، އެމަނިކުފާނުގެ ނަންފުޅު ސުލްޠާން އިސްކަންދަރު ޝާހް އަށް ބަދަލުކުރައްވައި އެއީ އިސްލާމީ ދައުލަތެއްކަމުގައި ހެއްދެވި އެވެ.

މިވާހަކަތައް ތިޔަ އިއްޒަތްތެރި ކިޔުންތެރިޔާ ތިޔަ ވިދާޅުވީ އެވެ. އެހެރަ ފެންނަނީ މާތް ނަބިއްޔާ ޘުމާމަތު ބިން އުޘާލްގެ ހާދިސާއިން ފެށިގެން އެތައް ހާދިސާއަކުން އިތުރު އެކަލޭގެފާނުގެ ނަމޫނާ ދިރިއުޅުއްވުމުން މުސްލިމުން ދަސްކުރި ފިލާވަޅުތަކުގެ އަލީގައި ދުނިޔެއަށް އިސްލާމްދީން ފަތުރާ ފުޅާކުރި ފުރިހަމަ ތަސްވީރުތަކާއި މަންޒަރުތަކެވެ.

އަހަރެމެންނަކީ ވެސް މުސްލިމުންނެވެ. އަހަރެމެންގެ ވެރިންނަކީ އިސްލާމީ ވެރިންނެވެ. އަހަރެމެންގެ ވިޔަފާރިވެރިންނަކީ އިސްލާމީ ވިޔަފާރިވެރިންނެވެ. ދުއާއަކީ، ކާބަފައިން ފަދައިން އަހަރެމެންގެ ރީތި ދިރިއުޅުމާއި އޮމާން ގުޅުންތައް ފެނި އާޝޯޚުވެގެން ގައިރު މުސްލިމުން އަހަރެމެން އުޅޭ ގޮތަށް އުޅެންވެގެން އަހަރެމެންގެ ދީނަށް ވަންނާނެ ފަދަ ތަހުޒީބަކާއި ތަމައްދުނެއް ހުރި އަސާސްތަކެއްގެ މަތީގައި ދިވެހިންގެ ދިވެހި ރާއްޖެ ބިނާވެގެންދާނެ ގޮތެއް ވެގެންދިއުމެވެ. އެކަން މިންވަރުކުރައްވައި ދަރުމަކުރައްވާށި އެވެ! އާމީން.

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox